logo
MPL

MPL

ޚަބަރު

ނޯތު ހާބަރަށް ގެންނަ ބަދަލުތަކާއެކު އޮޑިވެރިންގެ ތަކުލީފްތަކަށް ނިމުން އަންނާނެ

އަޙްމަދު ޒަލީފް
4 އޯގަސްޓު 2025 - 06:52
ނޯތު ހާބަރަށް ގެންނަ ބަދަލުތަކާއެކު އޮޑިވެރިންގެ ތަކުލީފްތަކަށް ނިމުން އަންނާނެ

މާލެ ނޯތު ހާބަރަށް ގެންނަ ބަދަލުތަކާއިއެކު އެ ސަރަހައްދުން ތެލާއި އައިސް ލިބޭނެ އިންތިޒާމުތައް ހަމަޖައްސަވާނެކަމަށް މޯލްޑިވްސް ޕޯރޓްސް ލިމިޓެޑް، އެމްޕީއެލްއިން ވިދާޅުވެއްޖެއެވެ.

މާލޭ ނޯތު ހާބަރު ސަރަޙައްދު ބޮޑުކުރުމާއިއެކު އެމްޕީއެލްއިން ދަނީ އަލަށް އިތުރުވި ސަރަހައްދު ބޮޑުކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި އެތަނަށް ގެންނަންޖެހޭ ބަދަލުތަކާއި ޚިދުމަތްތައް ދަނީ ގެންނަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މަސްމާރުކޭޓު ސަރަހައްދާއި އެ ސަރަހައްދުގެ ކުރިމަތީގައި އޮންނަ ލޯކަލް މާރުކޭޓުގެ ހުރަސްތޮށްޓާ ހަމައަށް ހިމެނޭހެން މިހާރު މާލޭގެ ވިޔަފާރި ބަނދަރާއި ނޯތު ހާބަރު ސަރަހައްދު ބަލަހައްޓަމުން ދަނީ އެމްޕީއެލުންނެވެ. މި ސަރަހައްދު އެމްޕީއެލްއަށް ދީފައިވަނީ މިދިޔަ ޖޫންމަހުގެ ތެރޭގައެވެ.

ދައުލަތުގެ މީޑިޔާއިން ގެނެސްދިން ރާއްޖެ މިއަދު ޕްރޮގްރާމްގައި އެމްޕީއެލްގެ ނޯތު ހާބަރު ހިންގުމާއި ހަވާލުވެ ހުންނެވި އެކުންފުނީގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރ އަޙުމަދު ހަމްދުﷲ ރަޝީދު ވިދާޅުވީ، ނޯތު ހާބަރު ސަރަހައްދުން މަސްވެރިންނަށާއި އޮޑިފަހަރުތަކަށް ބޭނުންވާ އިތުރު ޚިދުމަތްތައް ދިނުމަށް އެ ކުންފުނިން ތައްޔާރުވަމުން އަންނަކަމަށެވެ.

އެގޮތުން އެ ސަރަހައްދުން މަސްވެރިންނަށް އައިސްލިބޭނެ އިންތިޒާމް ހަމަޖައްސާނެކަމަށް އޭނާ ވިދާޅުވިއެވެ.

އެ ސަރަހައްދު ތަރައްޤީކޮށް ވަކި އިންތިޒާމުތަކެއްގެ ތެރެއިން އަންނަ މަހުން ފެށިގެން ޚިދުމަތް ދޭން ފަށާނެކަމަށް އެމްޕީއެލްއިން ވިދާޅުވިއެވެ. މާލޭ އުތުރުފަރާތު ބަނދަރުގެ މަސްމާރުކޭޓާއި ހަމައަށް އޮތް ސަރަހައްދު ތަރުތީބުކޮށް، އެ ސަރަޙައްދުގައި 99 އުޅަނދު އަޅާނެ ޖާގަ ތަނަވަސްކޮށްފައިވާކަމަށް އެމްޕީއެލްއިން ވަނީ ވިދާޅުވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްޕީއެލް އިން މިދިޔަ ހަފުތާ އެކަނި، ދެހާހާ ގާތްކުރާ އަދަދަކަށް މުދާ ކްލިއާ ކޮށްފިޚަބަރު | 3 ދުވަސް ކުރިންއެފްސީއެލް ކޮންޓޭނަރ ކްލިއަރކުރުމުގެ ޚިދުމަތް ތިލަފުށި ކާގޯ ޓަރމިނަލަށް ބަދަލުކޮށްފިޚަބަރު | 9 ދުވަސް ކުރިންމާލޭ ވިޔަފާރި ބަނދަރުން ސެޕްޓެމްބަރުގައި 1.7 ލައްކަ ޓަނުގެ މުދާ ކްލިއާކޮށްފިޚަބަރު | 19 ދުވަސް ކުރިންއެމްޕީއެލްއިން ސެޕްޓެމްބަރު މަހު އެއްލައްކަ ހަތްދިހަ އަށްހާހަށްވުރެ ގިނަ މުދާ ކްލިއަކުރިޚަބަރު | 19 ދުވަސް ކުރިން