logo
Bank of Maldives

Bank of Maldives

ޚަބަރު

ވަގުރުކު އަޅައިގެން ރަށުތެރެއަށް ވިއްކާތީ، މާފަރު ކައުންސިލުން ކަންބޮޑުވެއްޖެ

އަޙްމަދު ޒަލީފް
4 އޯގަސްޓު 2025 - 15:08
ވަގުރުކު އަޅައިގެން ރަށުތެރެއަށް ވިއްކާތީ، މާފަރު ކައުންސިލުން ކަންބޮޑުވެއްޖެ

މާފަރުގައި ހުރި ރުއްރުކުން ވަގަށް ކުރުނބާ އަޅާ، އެތަކެތި ރަށުތެރެއަށް ވިއްކާތީ އެރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން ކައުންސިލުން އާއްމުކޮށްފައިވާ އެންގުމެއްގައި ބުނެފައިވަނީ، ހުއްދަ ހޯދުމެއް ނެތި ރުއްރުކުން ކުރުނބާ އަޅާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށާއި އަދި އެތަކެތި ގަތުމަކީވެސް މަނާކަމެއް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

IMG_8613.jpeg

މީގެ އިތުރުން މާފަރުގެ ވަލު ސަރަހައްދުގައި ހެދިފައި އެއްވެސް މިދިލި ގަހަކުން ދޮންމަދު ބިނުމަކީވެސް މަނާ ކަމެއް ކަމަށް އެ ކައުންސިލުން މީގެ ކުރިން އިއުލާންކޮށްފައިވެއެވެ.

މިދިލި ގަސްތަކުގައި އަޅާ މަދު ހޮވައިގެން ވިއްކުމަކީ ގިނަ ބަޔަކު އާމްދަނީ ހޯދުމުގެ ގޮތުން ކުރަމުން އަންނަ ކަމެއް ކަމަށްވާތީ، މަދު ހޮވުމަށް ޚާއްޞަކޮށްފައިވާ ވަގުތުތައް ފިޔަވާ އެހެން ވަގުތު ތަކުގައި ވަލަށް ވަދެ މަދު ބިނުމަކީ މަނާކަމެއްކަމަށް ކައުންސިލުން ވަނީ އަންގާފައެވެ.

މާފަރު ނޫނަސް މިހާރަކަށް އައިސް ބައެއް ރަށްރަށުގައި މިފަދަ އިއުލާންތައް ކުރާތީ ފެނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވަގުރުކު އަޅައިގެން ރަށުތެރެއަށް ވިއްކާތީ، މާފަރު ކައުންސިލުން ކަންބޮޑުވެއްޖެ ޚަބަރު | 2 މަސް ކުރިންރައްޔިތުން އެދުނު ބަދަލާއެކު މާފަރު ހެލްތް ސެންޓަރުގެ ޖާގަ އިތުރުކޮށް އަލުން ހަވާލުކޮށްފި ޚަބަރު | 3 މަސް ކުރިންމާފަރު ހިއްކި ބިމުގައި ރިވެޓްމެންޓް ޖަހަނީ ޚަބަރު | 5 މަސް ކުރިން