logo
E-Platinum
ޚަބަރު

މާފަރު ހިއްކި ބިމުގައި ރިވެޓްމެންޓް ޖަހަނީ

އަޙްމަދު ޒަލީފް
12 މޭ 2025 - 13:45
މާފަރު ހިއްކި ބިމުގައި ރިވެޓްމެންޓް ޖަހަނީ

ނ.މާފަރުގައި އަލަށް ހިއްކާފައިވާ ބިން ގިރަމުންދާތީ، އެ ސަރަހައްދުގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް މިއަހަރު ފައްޓަވާނެ ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވީ، މިކަމާ ގުޅިގެން މާފަރު ރައްޔިތުންގެ ކަންބޮޑުވުންތައް ފާޅުކޮށް، މަނަދޫ ދާއިރާގެ މެމްބަރު ޙުސްނީ މުބާރިކް މިނިސްޓަރާ ކުރެއްވި ސުވާލުގެ ޖަވާބު ދެއްވަމުންނެވެ.

"ޝޯ ޕްރޮޓެކްޝަން ނުހިމަނާ ހަމައެކަނި ވެލި އަޅާލާގޮތަށް ހިންގާފައި ހުރި މަޝްރޫޢުތައް އެބަހުރި. އޭގެތެރޭގައި އަޅުގަނޑު ހަނދާނަށް އެބައާދޭ ކޮލަމާފުށިވެސް. އަދިވެސް އެހެން ރަށްތައް އެބަހުރި. އެ ޕްރޮޖެކްޓްގެ ތެރޭގައި ޝޯ ޕްރޮޓެކްޝަން ހިމެނިފައިނުވާތީވެ ސަރުކާރުން ޖެހޭނީ އާ މަޝްރޫޢެއް ފޯމިއުލޭޓްކޮށްގެނ ޝޯ ޕްރޮޓެކްޝަން ޖެހުމުގެ މަސައްކަތް ކުރިއަށް ގެންދަން" މިނިސްޓަރ ވިދާޅުވިއެވެ.

IMG_6864.jpeg

މާފަރުގައި ހިއްކާފައި އޮތް ބިން

މާފަރުގައި އަލަށް ހިއްކި ބިމުން ބޮޑުބައެއް ގިރަމުން އަންނައިރު، ރަށުގެ ރައްޔިތުން އަންނަނީ މިކަމާ ކަންބޮޑުވުން ފާޅުކުރަމުން އަންނަ އިރު، މިކަމާ ގުޅޭގޮތުން މިނިސްޓަރ އިތުރަށް ވިދާޅުވީ، މާފަރު ބިން ހިއްކުމުގެ ޕްރޮޖެކްޓްގެ ތެރޭގައި ޝޯ ޕްރޮޓެކްޝަން ހިމެނިފައިނުވާ ކަމަށާއި، އެހެންކަމުން ސަރުކާރުން ޖެހޭނީ އާ މަޝްރޫޢެއް ފޯމިއުލޭޓްކޮށްގެން ޝޯ ޕްރޮޓެކްޝަން ޖެހުމުގެ މަސައްކަތް ކުރިއަށް ގެންދަން ކަމަށެވެ.

"އެހެންވީމަ އެ މަސައްކަތް މިހާރު އަޅުގަނޑުމެން ކުރިއަށް އެބަ ގެންދަން. މިއަހަރުގެ ތެރޭގައި އިދާރަކުރެއްވިއްޔާ އަޅުގަނޑުމެން ކުރިއަށް ގެންދާނަން. ކުރިއަށްގެންދާއިރުގައި އަޅުގަނޑުމެން ސަރުކާރުން އިޢުލާންކޮށްފައި އޮތް އިތުރު 5 ހެކްޓަރުއޭގެ ތެރެއަށް އެޑްކޮށްގެން ކުރިއަށްގެންދާނެ ވާހަކަ ދަންނަވަން." މިނިސްޓަރ ވިދާޅުވިއެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައްޔިތުން އެދުނު ބަދަލާއެކު މާފަރު ހެލްތް ސެންޓަރުގެ ޖާގަ އިތުރުކޮށް އަލުން ހަވާލުކޮށްފި ޚަބަރު | 8 ދުވަސް ކުރިންމާފަރު ހިއްކި ބިމުގައި ރިވެޓްމެންޓް ޖަހަނީ ޚަބަރު | 3 މަސް ކުރިން