logo
Bank of Maldives

Bank of Maldives

ޚަބަރު

ރައްޔިތުން އެދުނު ބަދަލާއެކު މާފަރު ހެލްތް ސެންޓަރުގެ ޖާގަ އިތުރުކޮށް އަލުން ހަވާލުކޮށްފި

އަޙްމަދު ޒަލީފް
24 ޖުލައި 2025 - 11:33
ރައްޔިތުން އެދުނު ބަދަލާއެކު މާފަރު ހެލްތް ސެންޓަރުގެ ޖާގަ އިތުރުކޮށް އަލުން ހަވާލުކޮށްފި

ނ. މާފަރު ރައްޔިތުން އެދުނުގޮތަށް ސިއްޙީ މަރުކަޒުގެ ބެޑް ކެޕޭސިޓީ 21 އަށް ބަދަލުކުރުމަށް ނިންމާ އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. 

މާފަރު ސިއްޙީ މަރުކަޒުގެ މިހާރުގެ ބެޑް ކެޕޭސިޓީއަކީ 3 އެކެވެ. އެހެންކަމުން ސިއްޙީ މަރުކަޒު އަޕްގްރޭޑް ކުރުމަށްޓަކައި މިމަހުގެ 20 ވަނަ ދުވަހު ފެނަކައާ ހަވާލުކުރިއެވެ. އޭރު ހަވާލުކޮށްފައިވަނީ 4 އެނދުގެ ވޯޑެއް ތަރައްޤީކުރުމަށެވެ. އެހެންނަމަވެސް އެރަށުގެ ރައްޔިތުން ވަނީ ބެޑް ކެޕޭސިޓީ އިތުރުކޮށްދިނުމަށް އެދިފައެވެ.

މިކަމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ސިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމެވެ. އަދި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ނަޖާޙެވެ. 

މާފަރު ސިއްޙީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ ދަށުން ނާސް ސްޓޭޝަނާއި މީޓިންގ ހޯލާއި ޕަބްލިކް ހެލްތު ޔުނިޓް ތަރައްޤީކުރުމުގެ އިތުރުން ޕޯޓިކޯ ޤާއިމްކުރާނެކަމަށް ސިއްޙީ ވުޒާރާއިން ވިދާޅުވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނ. މާފަރަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ވަނީ އެރަށުގެ ރައްޔިތުން އެދުނު ގޮތަށް މާފަރު ސިއްޙީ މަރުކަޒުގެ ބެޑް ކެޕޭސިޓީ އިތުރުކޮށްދެއްވާނެކަމަށް އިޢުލާން ކުރައްވާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިލަންދޫ ހޮސްޕިޓަލުގެ އަމަލީ މަސައްކަތާއެކު ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައިފިޚަބަރު | 4 ދުވަސް ކުރިންމައިންގެ ފަރާތުން ޖެހޭ ބޮޑު ތިން ބައްޔެއް ނައްތާލި ފުރަތަމަ ގައުމަކަށް ރާއްޖެޚަބަރު | 6 ދުވަސް ކުރިން''ރާއްޖޭގައި ވެސް ހިތުގެ ބަލިފަދަ ގައިންގަޔަށް ނާރާ ބަލިތައް ނިސްބަތުން ގިނަ''ޚަބަރު | 20 ދުވަސް ކުރިންމިއަހަރުގެ ފުރަތަމަ ތިންމަހުގައި ޖުމްލަ 1،435 ކުދިން އުފަންވިޚަބަރު | 2 މަސް ކުރިން