ރާއްޖެ-ލަންކާ ގުޅުން ބަދަހިކުރަން މަސައްކަތްކުރާނަން - ލަންކާގެ އާ ރައީސް


23 ސެޕްޓެމްބަރު 2024 - 11:11
ރާއްޖެ އާއި ސްރިލަންކާގެ ދެމެދުގައި އޮތް ތާރީހީ ގުޅުން އިތުރަށް ބަދަހިކުރަން މަސައްކަތް ކުރައްވާނެ ކަމަށް، ލަންކާގެ އާ ރައީސް އަނޫރާ ކުމާރާ ޑިސެނަޔަކަ ވިދާޅުވެއްޖެ އެވެ.
ލަންކާގައި ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން ޑިސެނަޔަކަ އަށް މަރުހަބާ ދަންނަވާ ރައީސް ޑރ. މުހައްމަދު ފޮނުއްވި މަރުހަބާގެ މެސެޖާއި ގުޅިގެން ވިދާޅުވީ ޑިސެނަޔަކަ ވިދާޅުވީ ރާއްޖެ އާއި ލަންކާގެ ދެމެދުގައި އޮތް ތާރީހީ ގުޅުން ބަދަހިކުރަން ރައީސް މުއިއްޒާއެކު މަސައްކަތް ކުރައްވާނެ ކަމަށެވެ.
ޑިސަނަޔަކަ ،55، ލަންކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވީ ޕްރިފެރެންޝަލް ވޯޓުތަކާއެކު ޖުމްލަ 5.74 މިލިއަން ވޯޓުންނެވެ. އޭނައާ އެންމެ ގާތުން ވާދަ ކުރެއްވި އިދިކޮޅު ލީޑަރު ސަޖިތު ޕްރެމަދާސާ އަށް ލިބިވަޑައިގެންނެވީ 4.5 މިލިއަން ވޯޓެވެ.
ޕީޕަލަސް ލިބަރޭޝަން ޕާޓީ (ޖޭވީޕީ) އަށް ނިސްބަތްވާ ޑިސެނެޔަކަ އަކީ ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުކަން ވެސް ދިގު މުއްތަކަށް ކުރައްވާފައިވާ އަދި ކުރިން މިނިސްޓަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ. އޭގެ ކުރިން އޭނާ އެގްރިކަލްޗަ، ލޭންޑް އެންޑް ލައިވްސްޓޮކް މިނިސްޓަރުކަމުގެ މަގާމު އަދާކުރެއްވި އެވެ. އެއީ 2000-2004 އަށެވެ.
ލަންކާގެ ރައީސްގެ މަގާމުގައި އެންމެ ފަހުން ހުންނެވީ އާދީއްތަ ދުވަހުގެ އިންތިހާބުގައި ވެސް ވާދަކުރެއްވި ރަނިލް ވިކްރަމަސިންހަ އެވެ.