logo
Bank of Maldives

Bank of Maldives

ޚަބަރު

ޝަހީދުގެ ނަން ނެގުމުން ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

އައިމިނަތު މޫސާ
5 އޯގަސްޓު 2025 - 06:49
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖޭގެ ހައިކޯޓު

ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލައިފިއެވެ.

ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމު ހުސްވެފައިވަނީ އެ ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި ތިއްބެވި އަލްއުސްތާޛު ޢަބްދުﷲ ޙަމީދާއި އަލްއުސްތާޛު މުޙައްމަދު ސަލީމް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރެއްވުމާ ގުޅިގެންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމު ހުސްވުމާއިގުޅިގެން އެ މަޤާމަށް ކުރިމަތިލެއްވި 18 ބޭފުޅުންގެ ތެރެއިން އަލްއުސްތާޛު ޢަބްދުﷲ ޖަމީލު މޫސާ އާއި ސަރުކާރުގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުޙައްމަދު ޝަހީދު އައްޔަންކުރަން ޖޭއެސްސީން ނިންމެވިއެވެ.

ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަކުރުމަށް ނިންމާފައިވާ ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުޙައްމަދު ޝަހީދު ފަނޑިޔާރުކަމާ ހަވާލުވުމަށް އުޒުރުވެރިވާކަން ހާމަކޮށް އެކަން ޖޭއެސްސީއަށް ވަނީ އަންގާފައެވެ.

ޖޭއެސްސީގެ ރައީސް ހުސެއިން ރިޒާއަށް އެޑްރެސްކުރައްވައި ޝަހީދު ފޮނުއްވި ސިޓީގެ ކޮޕީއެއް މެންދުރަށް ލިބިފައިވާއިރު ސިޓީގައިވަނީ އާދީއްތަ ދުވަހުގެ ރޭ ބޭއްވި ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށާއި އަދި މަޤާމާއި ޙަވާލުވުމަށް ޢުޒުރުވެރިވާކަމަށެވެ.

މަގާމާ ހަވާޅުވުމަށް އުޒުރުވެރިވި ސަބަބެއްގެ ގޮތުގައި ވިދާޅުވެފައިވަނީ މަޤާމަށް ކުރިމަތިލުމުގެ ކުރިން މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ނައިބު ވަޒީރު ކަމުގެ މަޤާމު އަދާކޮށްފައިވާތީ، ސިޔާސީ މީހެއްގެ ގޮތުގައި ރައްޔިތުންގެ ތެރެއިން ބަޔަކު އޭނާ ސިފަކޮށް އަދި އޭނާ މި މަޤާމާއި ޙަވާލުވެއްޖެނަމަ، ޖުޑީޝަރީގެ މިނިވަންކަމާއި މުސްތަޤިއްލުކަން ގެއްލިދާނެކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރާތީއާއި އަދި ފަނޑިޔާރުންގެ ނަޒާހާތްތެރިކަމާމެދު ރައްޔިތުންގެ މެދުގައި ސުވާލު އުފައްދަފާނެ އެއްވެސް ޖާގައެއް ނުދިނުމުގެގޮތުން ކަމަށެވެ.

ހައިކޯޓުގެ ފަނޑިޔާރަކަށް އަލްއުސްތާޛު ޢަބްދުﷲ ޖަމީލު މޫސާ އާދީއްތަ ދުވަހުގެ ރޭ ވަނީ އައްޔަންކުރައްވާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރީކޯ މޫސަގެ ކުންފުނީގެ ތިން ރަށް ވިއްކާލަން ދިން ހުއްދަ ހައި ކޯޓުން ބާތިލްކޮށްފިޚަބަރު | 9 ގަޑިއިރު ކުރިންޖޭއެސްސީގެ ނައިބު ރައީސަކަށް އެ ކޮމިޝަންގެ މެމްބަރު ޔަޒްމީދުޚަބަރު | 9 ގަޑިއިރު ކުރިންފެމިލީ ކޯޓުގެ ޤާޒީގެ މަގާމަށް ދެ ބޭފުޅަކު އައްޔަންކުރައްވައިފިޚަބަރު | 3 ދުވަސް ކުރިންއާރަށް ކުއްޔަށް ދިން މައްސަލައިގެ އައު ހެކިތަކާ ގުޅޭ އަޑުއެހުންތައް ނިންމާލައިފިޚަބަރު | 24 ދުވަސް ކުރިން