logo
Bank of Maldives

Bank of Maldives

ޚަބަރު

އާރަށް ކުއްޔަށް ދިން މައްސަލައިގެ އައު ހެކިތަކާ ގުޅޭ އަޑުއެހުންތައް ނިންމާލައިފި

އައިމިނަތު މޫސާ
29 ސެޕްޓެމްބަރު 2025 - 12:03
ކުރީގެ ރައީސް އަބްދުﷲ ޔާމީން -- ފޮޓޯ/ އައްޑޫ ލައިވް
ކުރީގެ ރައީސް އަބްދުﷲ ޔާމީން -- ފޮޓޯ/ އައްޑޫ ލައިވް

ވ. އާރަށް ކުއްޔަށް ދިނުމުގައި ހިންގި ހިޔާނާތުގެ ޝަރީއަތުގެ މައްސަލައިގައި އައު ހެކިތަކާ ގުޅިގެން ދައުލަތުން ހުށަހެޅި އިސްތިއުނާފު މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުގައި މިއަދު ނިންމާލައިފިއެވެ.

އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅޭ މައްސަލައިގައި ޔާމީނަށް އިއްވި 11 އަހަރުގެ ހުކުމް ބާތިލުކޮށް އެ މައްސަލަ އަލުން ބަލަން ކްރިމިނަލް ކޯޓަށް ހައި ކޯޓަށް ވަނީ އަންގާފަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ މައްސަލައިގެ ޝަރީއަތްތައް މިހާރު ދަށު ކޯޓުގައި ފަށާފައިވާއިރު، މި މައްސަލަ އަލުން ބަލާއިރު ރިއާޔަތްކުރަން ޖެހޭ ކަންތައްތަކެއް ހައި ކޯޓުގެ ހުކުމުގައި ކަނޑައަޅާފައިވެ އެެވެ. އޭގެ ތެރެއިން އެއް ކަމަކީ، ދައުލަތުން ހުށަހެޅި އާ ހެކިތައް ބަލައިގެންފައި ވަނީ އިޖުރާއަތާ ހިލާފަށް ކަމުން އެ ހެކި އެއްފަރާތްކޮށް މައްސަލާގައި ގޮތެއް ނިންމުމެވެ.

ހައި ކޯޓުގެ ހުކުމުގެ މި ބައި ބާތިލުކޮށްދިނުމަށް އެދި ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފް މައްސަލައިގެ އަޑުއެހުންތައް މިދިޔަ ޖެނުއަރީ މަސްތެރޭ ވަނީ ނިންމާލާފަ އެވެ. 

އަޑުއެހުންތައް ނިންމާލާފައި އޮތް މި މައްސަލައިގެ އިތުރު އަޑުއެހުމެއް މިއަދު ބޭއްވީ އިޖުރާއަތު ފުރިހަމަ ކުރުމަށެވެ. މިއަދުގެ އަޑުއެހުމުގައި އިސްތިއުނާފީ ނުކުތާތަކާމެދު ދެ ފަރާތުން ހުލާސާގޮތެއްގައި ވާހަކަދައްކާފައިވާއިރު ފަނޑިޔާރުން ސާފުކުރަން ބޭނުންވާ ބައެއް ކަންކަން ވެސް ސާފުކޮށްފައި ވެއެވެ. ދެން މި މައްސަލައިގައި އޮންނާނީ ހުކުމް ކުރުމެވެ.

ސުޕްރީމް ކޯޓުގެ އާ ބެންޗުގައި މި މައްސަލަ ބެއްލެވީ ފަނޑިޔާރު ޝުޖޫންގެ އިތުރުން ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް އާއި ފަނޑިޔާރު ޢަބްދުﷲ ހަމީދެވެ.

ދައުލަތުން ފާހަގަކުރި ގޮތުގައި، ދިފާއީ ހެކިންގެ ތެދު ދޮގު ސާބިތުކުރުމަށްޓަކައި ހުށަހެޅި މި އައު ހެކިތަކަކީ މުހިންމު ލިޔުންތަކެކެވެ. އީވައިސީގެ ޔައުމިއްޔާތަކާއި، އަހުމަދު ނަރީޝްގެ ހާޒިރީ ރިޕޯޓު ފަދަ ހެކިތައް މި އައު ހެކިތަކުގެ ތެރޭގައި ހިމެނެއެވެ. ޝަރީއަތް ފަށާ ފަހުންވެސް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން އާ ހެކި ހުށަހެޅުމަކީ ހުއްދަ ކަމެއްކަން ދައުލަތުން ފާހަގަކުރިއެވެ. އަދި ހެކިބަސްތަކުގައި ހަގީގަތާ ހިލާފު ވާހަކަތައް ހުރި ކަމަށް ބުނެ، މިހާރުވެސް ދިފާއީ ފަރާތަށް ބަހުސްކުރުމުގެ ފުރުސަތު ދެވިދާނެ ކަމަށް ދައުލަތުން ބުނެފައިވެއެވެ.

ރައްދުގައި ޔާމީންގެ ވަކީލުން މިއަދު ވެސް ފާހަގަކުރީ ދައުލަތުން ސުޕްރީމް ކޯޓަށް އައިސްގެން ކުރަން އުޅޭ ކަމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ވަކި މަރުހަލާއެއްގައި ކުރަން އޮތް ކަމެއް އޭރުނުކޮށް މާ ފަހުގެ މަރުހަލާއެއްގައި އެކަން ކުރަން ގާނޫނުގައި ހުޅުވައިދީފައި ނުވާ ދޮރެއް ހުޅުވުން ކަމަށާއި، އެއީ ކުރެވޭނެ ކަމެއް ނޫން ކަމެވެ.

ޔާމީންގެ މައްޗަށް ރިޝްވަތު ދިނުމާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ، އަދި ޔޫސުފް ނައީމްގެ މައްޗަށް ރިޝްވަތު ދިނުމުގެ ކުށް ކްރިމިނަލް ކޯޓުން 25 ޑިސެމްބަރު 2022 ގައި ސާބިތު ކުރިއެވެ. މި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ހައިކޯޓުން 18 އެޕްރީލް 2024 ގައި ވަނީ މައްސަލަ އަލުން ބެލުމަށް ކްރިމިނަލް ކޯޓަށް ފޮނުވާފައެވެ. ނަމަވެސް ހައިކޯޓުން އެންގީ، ދައުލަތުން ހުށަހެޅި އައު ހެކިތައް (ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 135 ވަނަ މާއްދާގެ ދަށުން) އެއްފަރާތް ކުރުމަށެވެ. އެއީ އެ ހެކިތައް ބަލައިގަތުމުގެ އިޖުރާއަތް ރަނގަޅު ނޫންކަމަށް ބުނެއެވެ.

އާރަށު މައްސަލައިގެ އިތުރުން ރ. ފުއްގިރި މައްސަލާގައި ވެސް ޔާމީންގެ މައްޗަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާކުރެ އެވެ. އެ މައްސަލާގެ ޝަރީއަތް ވެސް މިހާރު ދަނީ ކުރިއަށެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރީކޯ މޫސަގެ ކުންފުނީގެ ތިން ރަށް ވިއްކާލަން ދިން ހުއްދަ ހައި ކޯޓުން ބާތިލްކޮށްފިޚަބަރު | ދުވަހެއް ކުރިންއާރަށް ކުއްޔަށް ދިން މައްސަލައިގެ އައު ހެކިތަކާ ގުޅޭ އަޑުއެހުންތައް ނިންމާލައިފިޚަބަރު | 25 ދުވަސް ކުރިންހައި ކޯޓުގެ ފަނޑިޔާރު ކަމަށް 14 ބޭފުޅަކު ކުރިމަތިލައްވައިފިޚަބަރު | 2 މަސް ކުރިންޣަނީ އުއްތަމަފަނޑިޔާރަކަށް އައްޔަންކުރަން މަޖިލީހުން ފާސްކޮށްފިޚަބަރު | 3 މަސް ކުރިން