logo
Bank of Maldives

Bank of Maldives

ޚަބަރު

ފެނަކަ ސައީދުގެ މައްސަލަ ހައިކޯޓުން ބަލައިގެންފި

އައިޝަތު ނަޝާ
10 ޖެނުއަރީ 2026 - 15:38
ފެނަކަ ސައީދުގެ މައްސަލަ ހައިކޯޓުން ބަލައިގެންފި

ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު (އެމްޑީ) އަހުމަދު ސައީދުއަށް އިއްވި ހުކުމްގެ މައްސަލަ ހައިކޯޓުން ބަލައިގެންފިއެވެ.

ސައީދު ހަތަރު އަހަރަށް ޖަލަށްލާން ހުކުމް ކޮށްފައިވަނީ 2018 ވަނަ އަހަރު ފެނަކަ ކޯޕަރޭޝަނާއި ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވި އެއްބަސްވުމުގެ ދަށުން ބްލޭޒަންގެ ފަރާތުން މަސައްކަތް ފުރިހަމަ ކޮށްފައިނުވަނީސް އަދި މަސައްކަތް ނިންމިކަން ކަށަވަރުކުރުމެއް ނެތި، އެ މަސައްކަތަށްވާ ފައިސާ އެ ކުންފުންޏަށް ދޫކޮށް ނާޖާއިޒު މަންފާ ހޯދައި ދިން މައްސަލައިގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ މައްސަލައިގައި ސައީދުގެ މައްޗަށް ކުރީ ގާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން، ރަސްމީ ހައިިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާއެވެ. މި ކުށުގެ އަސާސީ އަދަބަކީ އެއް އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށްލުމެވެ.

އެ މައްސަލަ އިސްތިއުނާފު ކުރަން ހައިކޯޓަށް ހުށަހެޅީ މިދިޔަ ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހެވެ. އެ މައްސަލަ މިހާރު ހައިކޯޓުގައި ވަނީ ރަޖިސްޓްރީ ކުރެވިފައެވެ.

ކްރިމިނަލް ކޯޓުގައި އޮތް ސައީދަށް ހުކުމް ކުރުމުގެ މަޖިލީހުގައި އިސްގާޒީ، އާދަމް މުހައްމަދު ވިދާޅުވީ، އަސާސީ އަދަބަކީ 1 އަހަރާ 7 މަހާއި 6 ދުވަހަށް ޖަލަށްލުން ކަމަށާއި، އަދަބު މަތިވާ ޙާލަތެއް ނެތް ކަމަށް ދައުލަތުން ބުނި ނަމަވެސް، ޤާޟީ އަށް ލިބޭ އިޚްތިޔާރުގެ ދަށުން އަދަބުގެ ދަރަޖަ މަތިކުރާ މާއްދާއަށް ޙަވާލާދީ ޤާނޫނުގައި ކަނޑައަޅާފައިވާ އެންމެ ހަރުކަށި އަދަބު ކަމުގައިވާ 4 އަހަރުގެ ޖަލު އަދަބު ކަނޑައަޅަންޖެހޭ ކަމަށެވެ.

ސައީދަށް ތުހުމަތުވާ އިތުރު މައްސަލައެއް ވެސް ކޯޓުގައި އެބައޮތެވެ. އެއީ، ފެނަކައިން އައިސްޕްލާންޓް ގަތުމުގައި ކޮރަޕްޝަން ހިމެނޭ ގޮތަށް މުއާމަލާތް ކުރި މައްސަލައިގައި އޭނާގެ މައްޗަށް އުފުލި ދައުވާއެވެ.

އައިސްޕްލާންޓް ފެނަކައަށް ގަތުމަށް 2023 ވަނަ އަހަރު ބޯޑުގެ 18 ވަނަ އާންމު ބައްދަލުވުމުގައި ނިންމުން ނިންމައިފައި ވަނީ، އެ މަޝްރޫއަކީ ކުންފުންޏަށް ގެއްލުންހުރި 'އިންޓާނަލް ރޭޓް އޮފް ރިޓާން' އަދި 'ނެޓް ޕްރެޒެންޓް ވެލިއު' ވަރަށް ބޮޑަށް ނެގެޓިވް ކަމަށް ފާހަގަކޮށްފައިވާ ގެއްލުންހުރި މަޝްރޫއެއްކަން ސައީދަށް އެނގިފައި ވަނިކޮށް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވަނީ ބުނެފައެވެ.

އެ މައްސަލައިގައި ވެސް ސައީދުގެ މައްޗަށް ވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އުފުލާފައެވެ. އެ މައްސަލަ ވެސް ކޯޓުގައި މިހާރު އެބަ ހިނގައެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފެނަކަ ސައީދުގެ މައްސަލަ ހައިކޯޓުން ބަލައިގެންފިޚަބަރު | ދުވަހެއް ކުރިންފެނަކަ ސައީދުގެ ޖަލު ހުކުމް އިސްތިއުނާފުކޮށްފި ޚަބަރު | 19 ދުވަސް ކުރިންހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފިޚަބަރު | މަހެއް ކުރިންހައިކޯޓުގެ ފަނޑިޔާރު ނިޔާޒު ރިޓަޔާކުރައްވައިފިޚަބަރު | މަހެއް ކުރިން