logo
Bank of Maldives

Bank of Maldives

ޚަބަރު

ރީކޯ މޫސަގެ ކުންފުނީގެ ތިން ރަށް ވިއްކާލަން ދިން ހުއްދަ ހައި ކޯޓުން ބާތިލްކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
23 އޮކްޓޯބަރު 2025 - 11:03
ރީކޯ މޫސައާއި ކުރީގެ ރައީސް އިބޫ، އިބޫގެ ވެރިކަމުގައި މޫސަގެ ކުންފުނިތަކަށް ބޮޑެތި ލުއިތައް ދިން، ފޮޓޯ: ސޯޝަލް މީޑިއާ
ރީކޯ މޫސައާއި ކުރީގެ ރައީސް އިބޫ، އިބޫގެ ވެރިކަމުގައި މޫސަގެ ކުންފުނިތަކަށް ބޮޑެތި ލުއިތައް ދިން، ފޮޓޯ: ސޯޝަލް މީޑިއާ

މިލިއަން ޑޮލަރުގެ ލޯނެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ނުދެއްކިގެން، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކުގެ މަސްލަހަތު އޮންނަ ހެވީލޯޑް ކުންފުނީގެ ތިން ރަށެއް ވިއްކާލަން ސިވިލް ކޯޓުން ބީއެމްއެލްއަށް ދީފައިވާ ހުއްދަ، ހައި ކޯޓުން ބާތިލްކޮށްފިއެވެ.

މި ރަށްތައް ވިއްކާލުމަށް ސިވިލް ކޯޓުން ހުއްދަ ދިނުމުގައި މަދަނީ އިޖުރާއަތުގެ ގަވާއިދާ ހިލާފުވެފައިވާ ކަމަށް ހައި ކޯޓުން ވަނީ ނިންމާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހެވީލޯޑް ކުންފުނިން ބީއެމްއެލްއަށް ދައްކަންޖެހޭ 11 މިލިއަން ޑޮލަރު (170 މިލިއަން ރުފިޔާ) ގެ ލޯނެއް ނުދެއްކުމުގެ ސަބަބުން، ބީއެމްއެލްއިން އެ ރަށްތައް ވިއްކާލުމަށް ސިވިލް ކޯޓުގައި އެދުނެވެ. އެ ބޭންކުގެ އެދުމަށް، މި ރަށްރަށް ވިއްކާލުމުގެ ހުއްދަ ސިވިލް ކޯޓުން ދިނުމުން، ބީއެމްއެލްއިން މިދިޔަ އަހަރު ނޮވެމްބަރު މަހު މި ރަށްރަށް ވިއްކާލަން އިއުލާންކުރިއެވެ.

ނަމަވެސް، ހެވީލޯޑުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކުރުމުން، ރަށްތައް ވިއްކާލުން މަޑުޖައްސާލަން ހައި ކޯޓުން ވަގުތީ އަމުރެއް ވެސް ނެރެފައިވެއެވެ.

ހައި ކޯޓުން ހުކުމްކުރި ގޮތުގައި، ރަހުނުގެ ގޮތުގައި ހިފަހައްޓާފައިވާ ރަށްތައް ވިއްކާލުމުގެ ހުއްދަ ދިނުމުގައި ސިވިލް ކޯޓުން އެ ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދާ ހިލާފުވެފައިވެއެވެ. އެއީ، ރަހުނުގެ އަގު ކަނޑައަޅާފައިވަނީ ހަމައެކަނި ބީއެމްއެލްއިން ހުށަހެޅި އަގަށް ބަލައިގެން ކަމަށްވާތީއެވެ. ހަސްމުންގެ އެއްވެސް އިހުމާލެއް ނެތި، ޝަރުއީ އަގު ކޮމިޓީން މުދާ އަގުކުރުމުގައި ލަސްތަކެއްވާ ނަމަ، ކޯޓުން ކުރަންޖެހޭ ކަމަކީ އެ މަސައްކަތް އަވަސް ކުރުވުން ކަމަށް ހައި ކޯޓުން ފާހަގަކުރިއެވެ. ހަސްމުންގެ އިހުމާލެއް ނެތް ހާލަތުގައި މަދަނީ އިޖުރާއަތު ފުރިހަމަ ކުރުމެއް ނެތި ރަހުނު ވިއްކާލުމުގެ ހުއްދަ ދިނުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ހައި ކޯޓުގެ ހުކުމުގައި ބުނެފައިވެއެވެ.

ބީއެމްއެލްއިން ވިއްކާލަން އިއުލާންކުރި ރަށްތަކަކީ ލ. ފަރެސް އައިލެންޑް، ކުޑަ ފަރެސް އައިލެންޑް، އަދި ބޮޑުހުރާ އައިލެންޑެވެ. އޭގެތެރެއިން ފަރެސް އާއި ކުޑަފަރެހަކީ މިހާރު ރަހާ ރިސޯޓް ހިންގަމުންދާ ދެ ރަށެވެ. ބޮޑުހުރާއަކީ ދަނޑުވެރިކަމަށް ދޫކޮށްފައި އޮންނަ ރަށެކެވެ. މި ރަށްރަށުގެ ހެޑް ލީޒް ހަމަވަނީ 2064 ވަނަ އަހަރުއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރީކޯ މޫސަގެ ކުންފުނީގެ ތިން ރަށް ވިއްކާލަން ދިން ހުއްދަ ހައި ކޯޓުން ބާތިލްކޮށްފިޚަބަރު | ދުވަހެއް ކުރިންއާރަށް ކުއްޔަށް ދިން މައްސަލައިގެ އައު ހެކިތަކާ ގުޅޭ އަޑުއެހުންތައް ނިންމާލައިފިޚަބަރު | 25 ދުވަސް ކުރިންހައި ކޯޓުގެ ފަނޑިޔާރު ކަމަށް 14 ބޭފުޅަކު ކުރިމަތިލައްވައިފިޚަބަރު | 2 މަސް ކުރިންޝަހީދުގެ ނަން ނެގުމުން ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިޚަބަރު | 3 މަސް ކުރިން