logo
Bank of Maldives

Bank of Maldives

ޚަބަރު

ރާއްޖޭގެ ޖުޑިޝަރީން ޢަރަބި އިސްލާމީ ޤައުމެއްގެ ޖުޑިޝަރީއާއެކު ސޮއި ކުރެވުނު ފުރަތަމަ ފަހުމުނާމާ ސައުދީއާއެކު

އާމިނަތު ޝަފާ
23 ނޮވެމްބަރު 2025 - 11:27
ރާއްޖޭގެ ޖުޑިޝަރީން ޢަރަބި އިސްލާމީ ޤައުމެއްގެ ޖުޑިޝަރީއާއެކު ސޮއި ކުރެވުނު ފުރަތަމަ ފަހުމުނާމާ ސައުދީއާއެކު

ރާއްޖޭގެ ޖުޑިޝަރީން ޢަރަބި އިސްލާމީ ޤައުމެއްގެ ޖުޑިޝަރީއާއެކު ސޮއި ކުރެވުނު ފުރަތަމަ ފަހުމުނާމާ ސައުދީއާއެކު ސޮއިކޮށްފިއެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި ސަޢުދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް ޖަސްޓިސް އާ ދެމެދު، ދެ ޤައުމުގައި އެއްބާރުލުން އިތުރުކޮށް ދާއިރާ ކުރިއެރުވުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފައިވަނީ ސަޢުދީ ޢަރަބިއްޔާގެ ރިޔާޟްގައެވެ. ރާއްޖޭގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު އަދި މިނިސްޓްރީ އޮފް ޖަސްޓިސް ޑރ. ވާލިދް އަލް ސަމާނީއެވެ. މި ފަހުމުނާމާގެ މުއްދަތަކީ ފަސް އަހަރު ދުވަހެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސަޢުދީ ޢަރަބިއްޔާގެ ރިޔާޟުގައި ކުރިއަށްދާ އިންޓަރނޭޝަނަލް ޖުޑީޝަލް ކޮންފަރަންސްގެ ހަވާސާގައި ސޮއި ކުރެއްވި މި ފަހުމުނާމާ އަކީ ދިވެހިރާއްޖޭގެ ޖުޑިޝަރީން ޢަރަބި އިސްލާމީ ޤައުމެއްގެ ޖުޑިޝަރީއާ ދެމެދު ސޮއި ކުރެވުނު ފުރަތަމަ ފަހުމުނާމާއެވެ.

މިފަހުމުނާމާގެ ސަބަބުން، ދެ ޤައުމުގެ ދޭތެރޭގައި ތިރީގައިމިވާ ދާއިރާތަކުން އެއްބާރުލުން ދެވިގެންދާނެކަމަށް ސުޕްރީމް ކޯޓުން މައުލޫމާތުދެއެވެ.

ޝަރުޢީ ނިޒާމުތަކާއި ގުޅުންހުރި ޤާނޫނީ އަދި އިދާރީ އުސޫލުތައް ހަރުދަނާކުރުން.

ފަނޑިޔާރުންނާއި ޝަރުޢީ ދާއިރާގައި މަސައްކަތްކުރާ މީހުންގެ ޕްރޮފެޝަނަލް ޤާބިލުކަމާއި ހުނަރުތައް ތަރައްޤީކޮށް ކުރިއެރުވުން.

ޝަރުޢީ މަސައްކަތްތައް ކުރުމުގެ އުސޫލުތަކާއި ނިޒާމުތައް ހަރުދަނާކުރުން.

ދާއިރާއާގުޅޭ މަޢުލޫމާތާއި، ތަޖުރިބާ އަދި ބައިނަލްއަޤްވާމީ ބެސްޓް ޕްރެކްޓިސްތަކާގުޅޭ މަޢުލޫމާތު ބަދަލުކުރުން.

ތަޖުރިބާކާރުންނާއި ފަންނީ މާހިރުންގެ ދެމެދުގައި ޒިޔާރަތްތައް ބަދަލުކުރުމާއި އެ ފަރާތްތަކުގެ ހުނަރާއި ތަޖުރިބާ ހިއްސާކުރުން.

ޢިލްމީ އަދި ފަންނީ ކޮންފަރެންސްތަކާއި، ސެމިނަރތަކާއި މަޝްވަރާ ބައްދަލުވުންތަކާއި ތަމްރީނު ޕްރޮގްރާމްތައް އަދި މަސައްކަތު ބައްދަލުވުންތައް އިންތިޒާމުކޮށް ބޭއްވުން

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފެނަކަ ސައީދުގެ މައްސަލަ ހައިކޯޓުން ބަލައިގެންފިޚަބަރު | 2 ދުވަސް ކުރިންފެނަކަ ސައީދުގެ ޖަލު ހުކުމް އިސްތިއުނާފުކޮށްފި ޚަބަރު | 20 ދުވަސް ކުރިންހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފިޚަބަރު | މަހެއް ކުރިންހައިކޯޓުގެ ފަނޑިޔާރު ނިޔާޒު ރިޓަޔާކުރައްވައިފިޚަބަރު | މަހެއް ކުރިން