logo
Bank of Maldives

Bank of Maldives

ޚަބަރު

ފެނަކަ ސައީދުގެ ޖަލު ހުކުމް އިސްތިއުނާފުކޮށްފި

އާމިނަތު ޝަފާ
23 ޑިސެމްބަރު 2025 - 05:36
ފެނަކަ ސައީދުގެ ޖަލު ހުކުމް އިސްތިއުނާފުކޮށްފި

ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދުގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވެ އޭނާ 4 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.

ސައީދުގެ މައްޗަށް ކޮރަޕްޝަނުގެ ކުށް ސާބިތުވެ ޖަލަށްލާން ހުކުމްކޮށްފައިވަނީ މިދިޔަ ސެޕްޓެމްބަރުމަހުގެ ތެރޭގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރިނަމަވެސް ކޯޓަށް އެ މައްސަލަ ބަލައިގަތުމާމެދު އެ ކޯޓުން އަދި ވަކިގޮތެއް ނުނިންމައެވެ.

ސައީދުގެ މައްޗަށް ހުކުމްކުރީ ފެނަކަ އާއި ބްލޭޒަން އިންކް ކުންފުންޏާ އެކު 2019ގައި ހެދި އެއްބަސްވުމެއްގެ ދަށުން ބްލޭޒަން އިން ކުރަން ޖެހޭ މަސައްކަތް ނިންމިކަން ޔަގީންނުކޮށް މަސައްކަތަށްވާ ފައިސާ ދޫކުރި މައްސަލައެއްގެ ދައުވާއަށެވެ.

މި މައްސަލައިގައި ސައީދުގެ މައްޗަށް އުފުލާފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއެވެ.

ފެނަކައަށް 9 ލައްކައަށް ވުރެ ގިނަ ރުފިޔާއިން ގެއްލުންވިކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ކްރިމިނަލްކޯޓުން ހުކުމްކުރީ ސައީދު 4 އަހަރަށް ޖަލަށް ލުމަށެވެ.

ކުށުގެ އަސާސީ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލުހުކުމެކެވެ. ނަމަވެސް ކުށުގެ ދަރަޖަތައް އިތުރުކޮށް ކޯޓުން ވަނީ އަދަބު 4 އަހަރަށް މަތިކޮށްފަ އެވެ.

ސައީދުގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވެފައިވަނީ އޮޑިޓާ ޖެނެރަލްގެ އޮފީހުން ފެނަކައާ ގުޅޭ ގޮތުން އެކުލަވައިލި ޚާއްސަ އޮޑިޓް ރިޕޯޓާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުމާއި ނުރުހުން އޭނާއަށް އަމާޒުވެފައި އޮއްވައެވެ. އެހެންވިޔަސް ސައީދު ވަނީ އެ ތުހުމަތުތައް ދޮގުކުރައްވާފައެވެ. އޭނާ ވިދާޅުވީ، އޮޑިޓް ރިޕޯޓު ގޯސް ކަމަށާއި ހުރިހާ ކަމެއް ވެސް ކޮށްފައިވާނީ އުސޫލުތަކުގެ ތެރެއިން ކަމަށެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފެނަކަ ސައީދުގެ ޖަލު ހުކުމް އިސްތިއުނާފުކޮށްފި ޚަބަރު | 2 ގަޑިއިރު ކުރިންހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފިޚަބަރު | 9 ދުވަސް ކުރިންހައިކޯޓުގެ ފަނޑިޔާރު ނިޔާޒު ރިޓަޔާކުރައްވައިފިޚަބަރު | 14 ދުވަސް ކުރިންރާއްޖޭގެ ޖުޑިޝަރީން ޢަރަބި އިސްލާމީ ޤައުމެއްގެ ޖުޑިޝަރީއާއެކު ސޮއި ކުރެވުނު ފުރަތަމަ ފަހުމުނާމާ ސައުދީއާއެކު ޚަބަރު | މަހެއް ކުރިން