އަންހެނުންނަށް ފުރުސަތު ފަހިކޮށް ދިނުމަކީ އަމާޒެއް - ސީޕީ


23 ސެޕްޓެމްބަރު 2024 - 12:22
އަންހެނުންނަށް ކުރިއަށް ދިއުމަށް ފުރުސަތުތައް ފަހިކޮށްދިނުމަކީ ފުލުހުންގެ މުއައްސަސާގެ އަމާޒެއް ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެއްޖެ އެވެ.
ފުލުހުންގެ ޚިދުމަތުގެ އަންހެން މުވައްޒަފުންގެ ގާލާ ނައިޓްގައި ވާހަކަދައްކަމުން ކޮމިޝަނާރ ޝުޖާއު ވިދާޅުވީ ފުލުހުންގެ ޚިދުމަތުގައި ހުރިހާ ދާއިރާއެއްގައި އަންހެން މުވައްޒަފުން މަސައްކަތް ކުރަމުންދިޔުމަކީ ފަހުރުވެރިވާންޖެހޭ ކަމެއްކަމަށާއި މީގެ ކުރިން އެޑްމިނިސްޓްރޭޓިވް މަސައްކަތްތައް ކުރަމުން އައި އަންހެން މުވައްޒަފުން މިއަދު މި ޚިދުމަތުގެ އެކި ބަހާތަކުގައި މަސައްކަތްކުރުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
މި ހަފުލާގައި، މޯލްޑިވްސް ވިމެން އިން ޕޮލިސިންގގެ އެކި ހަރަކާތްތަކުގައި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި ފަރާތްތަކުގެ އަގުވަޒަންކޮށް ހަނދާނީ ފިލާ ދީފައިވެއެވެ. އެގޮތުން، އައިލެންޑް ޕާފިއުމްބަރ، ޝިޔާމް ވޯލްޑް، ޖުމައިރާ މޯލްޑިްވްސް، ރަޔާ ބައި އެޓްމޮސްފިއަރގެ ފަރާތުން ވެދެއްވި އެހީތެރިކަން ފާހަގަކޮށް ހަނދާނީ ފިލާ ދީފައިވެއެވެ. އަދި މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ކޮމިޓީއަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ޑިޕާޓްމަންޓުތަކާއި އެހެނިހެން މުވައްޒަފުންނަށް ވެސް ހަނދާނީ ލިޔުން ދީފައިވެއެވެ.
އަދި އަންހެން މުވައްޒަފުންގެ ތެރެއިން ގުރުއަތުން ހޮވުނު ތިން ފަރާތަކަށް އައިލެންޑް ޕާފިއުމްބަރގެ 750 ރުފިޔާގެ ގިފްޓް ވައުޗަރ އަދި ގުރުއަތުން ހޮވުނު އިތުރު ހަތް ފަރާތަކަށް އައިލެންޑް ޕާފިއުމްބަރގެ ފަރާތުން ސެންޓު ހަދިޔާކޮށްފައިވެއެވެ. ލައިވް މިއުޒިކާއެކު ކުރިއަށް ގެންދިޔަ މި ހަފުލާގައި ކޭކު ފެޅުމާއެކު ޑިނަރއެއް ކުރިއަށް ގެންގޮސްފައިވެއެވެ.
އިތުރު ލިޔުންތައް

ރައްޔިތުން މާޔޫސްކޮށްނުލެއްވުމަށް ސީޕީ ޝުޖާއު އެދިލައްވައިފި
7 މަސް ކުރިން
ސައިބާ ކުށްތަކާ ދެކޮޅަށް ކުރާ މަސައްކަތުގައި ކާމިޔާބީތަކެއް ވަނީ ލިބިފައި: ސީޕީ
7 މަސް ކުރިން-1729660041332.webp&w=3840&q=75)
ހުށަހަޅާ މައްސަލައަށް ވާނުވާ ނޭނގޭ މައްސަލަ ހައްލުކުރަނީ
6 މަސް ކުރިން