logoEN
ޚަބަރު

ރައްޔިތުން މާޔޫސްކޮށްނުލެއްވުމަށް ސީޕީ ޝުޖާއު އެދިލައްވައިފި

ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު// ފޮޓޯ: ޕޮލިސް މީޑިއާ

ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު// ފޮޓޯ: ޕޮލިސް މީޑިއާ

އާމިނަތު ސަފާއާމިނަތު ސަފާ

03 އޮކްޓޯބަރު 2024 - 07:35

ރައްޔިތަކު ފުލުހުން ކައިރިއަށް ކަމަކު އަތުވެއްޖެނަމަ މާޔޫސްކޮށްނުލެއްވުމަށް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު އެދިވަޑައިގެންފިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މިކަމަށް އެދިވަޑައިގަތީ ހއ. އަތޮޅަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ދިއްދޫ، ކެލާ އަދި އުތީމަށް ޒިޔާރަތްކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

މި ޒިޔާރަތުގައި އެރަށްރަށުގެ ކައުންސިލް މެމްބަރުންނާއި ވިމެން ޑިވެލޮޕްމަންޓް ކޮމިޓީ އަދި އެރަށްރަށުގައި މަސައްކަތްކުރާ ފުލުހުންނާ ބައްދަލުކުރެއްވިއެވެ.

ފުލުހުންނާއެކު ކުރިއަށް ގެންދިޔަ ބައްދަލުވުންތަކުގައި ކޮމިޝަނަރ ވަނީ ރައްޔިތުން ބޭނުމެއްޖެހިގެން ފުލުހުން ކައިރިއަށް އައިސްފިނަމަ ރައްޔިތުން މާޔޫސްކޮށް ނުލެއްވުމަށް އިރުޝާދު ދެއްވާފައެވެ. މީގެ އިތުރުން ރައްޔިތުންނާ ބައްދަލުވެ، އެފަރާތްތަކުގެ ކަންބޮޑުވުންތައް އޮޅުންފިލުވައި، ރައްޔިތުންނާ ގާތުން ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމަށް ވެސް އެދިލެއްވިއެވެ.

ކޮމިޝަނަރ ޝުޖާއު ވަނީ ރަށްރަށުގެ ތަރައްގީގެ މަސައްކަތްތަކުގައި ފުލުހުންގެ ދައުރު މުހިންމުކަން ވެސް ފާހަގަކުރައްވާފައެވެ. މި ދަތުރުފުޅަކީ ހއ. އަތޮޅުގެ އެކި ރަށްރަށަށް ކުރައްވާ ދަތުރުފުޅެއް ކަމަށްވާއިރު، މީގެ ކުރިން ދިއްދޫއާއި ކެލާއަށް ވަނީ ޒިޔާރަތްކުރައްވާފައެވެ. މިއަދު ހއ. އަތޮޅުގެ އިތުރު ރަށްރަށަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވެއެވެ.

މި ދަތުރުފުޅުގެ މައިގަނޑު މަގުސަދަކީ ރަށްރަށުގެ ކުށުގެ ހާލަތާއި ރައްޔިތުންގެ ކަންބޮޑުވުންތައް ދެނެގަނެ، އެކަންކަން ހައްލުކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމެވެ.

ކޮމެންޓް

871x217_placeholder