logoEN
ޚަބަރު

ރައްޔިތުން ބޭނުންވާ ވަރަށް ފުލުހުންގެ ހިދުމަތް ދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ: ސީޕީ ޝުޖާއު

އާމިނަތު ސަފާއާމިނަތު ސަފާ

22 ނޮވެމްބަރު 2024 - 06:36

ރައްޔިތުން ބޭނުންވާ ވަރަށް ފުލުހުންގެ ހިދުމަތް ދިނުމަށް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވިދާޅުވެއްޖެއެވެ.

ސީޕީ މިފަަދައިން ވިދާޅުވީ ނެޝަނަލް ކޮލެޖް އޮޕް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުން ހިންގި ބައެއް ކޯސްތައް ނިންމި ދަރިވަރުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވިދާޅުވީ، އެކި ދާއިރާތަކުން ތަމްރީނު އުނގެނުމުގެ ފުރުސަތު ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯއެންފޯސްމަންޓުން މިހާރު ފަހިވެފައިވާކަމަށެވެ. އަދި ގްރޭޑު 10 ނިންމައި ފުލުހުންގެ ޚިދުމަތާ ގުޅުމަށްފަހު މާސްޓާސް ޑިގްރީއާ ހަމައަށް ތައުލީމު ހާސިލުކޮށްފައިވާ އެތައް އޮފިސަރުންނެއް މިހާރުވެސް ފުލުހުންގެ ޚިދުމަތުގައި ތިބިކަން ފާހަގަކުރެއްވިއެވެ.ސީޕީވަނީ ފުލުހުންގެ ޚިދުމަތުގެ ތެރެއިން ޒުވާނުން ކުރިއަށްދާން ބޭނުންވާ ދާއިރާއަކުން މަތީ ތައުލީމު ހޯދުމުގެ ފުރުސަތު ހޯދުމަށް އެދިވަޑައިގެންފައެވެ.

"ކޮންމެ ދާއިރައަކުން މަސައްކަތްކުރިއަސް ކަށަވަރުވެގެންދާނީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން. ރައްޔިތުން ބޭނުންވާ ވަރަށް ފުލުހުންގެ ހިދުމަތް ދިނުމަށް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ. "

undefined

މި ރަސްމިއްޔާތުގައި، ނެޝަނަލް ކޮލެޖް އޮޕް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުން ހިންގި ހަތަރު ކޯހަކުން 297 ދަރިވަރުން ދަސްވެނިވެފައި ވެއެވެ. އެއީ ޑިޕްލޮމާ އިން ކްރިމިނަލް އިންވެސްޓިގޭޝަން ކޯހުގެ 208 ދަރިވަރުންނާއި، ޑިޕްލޮމާ އިން ސެކިއުރިޓީ އެންޑް ރިސްކު މެނޭޖްމަންޓް ކޯހުގެ 27 ދަރިވަރުންނާއި، މާސްޓާސް އިން ލީޑަރޝިޕް އެންޑް މެނޭޖްމަންޓް (ޕޮލިސިންގ އެންޑް ސެކިއުރިޓީ) ކޯހުގެ 37 ދަރިވަރުންގެ އިތުރުން ޑިޕްލޮމާ އިން ފޮރެންސިކް އިންވެސްޓިގޭޝަން ކޯހުގެ 25 ދަރިވަރުންނެވެ.

ކޮމެންޓް

871x217_placeholder