logo
ޚަބަރު

އަންނަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ކާމިޔާބު ނުވާނެކަން އެމްޑީޕީއަށް ޔަގީންވޭ: ފަލާހް

މުހައްމަދު މޫސާމުހައްމަދު މޫސާ
6 އޯގަސްޓު 2025 - 15:41
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ކާމިޔާބު ނުވާނެކަން އެމްޑީޕީއަށް ޔަގީންވޭ: ފަލާހް

އަންނަ ލޯކަލް ކައުންސިލްތަކުގެއިންތިޚާބު ކާމިޔާބު ނުވާނެކަން އެމްޑީޕީއަށް ޔަގީންވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް މިއަދު ވިދާޅުވެއްޖެއެވެ.

ފަލާހް މިހެން ވިދާޅުވީ، މިއަދުގެ މަޖިލީހުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ޙުސައިން މަޖިލީހަށް ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ ރިޕޯޓަށް ވާހަކަ ދައްކަަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފަލާހް ވަނީ ކައުންސިލްތަކަށް ވިޔަފާރިކުރެވޭތީ ކަންމަތީ ފިހާރަތައް ހިންގަން ފެށައިފިނަމަ، އެރަށެއްގައި ހުރި ކުދި ފިހާރަތައް ބަނގުރޫޓްވުން އެއީ އެންމެ ރަނގަޅުގޮތްތޯ ސުވާލުކުރަށްވާފައެވެ.

''ޙަޤީޤަތުގައި ކައުންސިލް ތަކަށް، މިސާލަކަށް ފެށިއްޔޯ އެ 15 ލައްކަ ރުފިޔާއިން ނުވަތަ 2 މިލިއަން ރުފިޔާއިން އެ ބޭފުޅުންނަށް ވިޔަފާރިކުރެވޭތީ ކަންމަތީ ފިހާރައެއްގެމަސައްކަތް، ފަށައިގެން އެ ރަށުގައި ހުރި ދިހަވަރަކަށް ކުދި ފިހާރަތައް ބަނގުރޫޓްވުންތޯ މޮޅީ؟ ކައުންސިލުން 2 މިލިއަން ރުފިޔާ ދީގެން ކުންފުންޏެއް ހަދައިގެން ވިޔަފާރިކުރުންތޯ މޮޅީ؟ އެހެންވީމާ، މިހުރިހާ ނަޒަރަކުން ވިސްނަން އެބަ ޖެހޭ، އެމ.ްޑ.ީޕީއަށް އެބަ ޔަގީންވޭ އެ ބޭފުޅުންނަށް މިއަންނަ ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބު ނުވާނެކަން، ދެން ކޮން ސަކަރާތެއް ޖަހަންތޯ މި އުޅެނީ'' ފަލާހް ވިދާޅުވިއެވެ.

ފަލާހް ވިދާޅުވީ ކައުންސިލްތަކުން ބަޔާން ނެރެމުން އަންނަނީ އެހެންވެ، އެމްޑީޕީ އަޑީގައިތިބެ ކައުންސިލްތަކަށް ގުޅައިގެން ކަމަށެވެ.

''ކޮންކަހަލަ ނުބައި ޖަރީމާތަކެއް ހިންގަންތޯ ރައްޔިތުންނަށް ގުޅައިގެން ނަސޭހަތްދެނީ، އެކި ކައުންސިލްތަކަށް ބަޔާން ނެރެން، ލާރި ވެސް އެބަ ފޮނުވައޭ ބައެއް ކައުންސިލް ތަކަށް އެމްޑ.ީޕީން، ބަޔާން ނެރެދެން ކިޔާފަ، އަޅުގަނޑަށް އެނގޭތީ މި ދެންނެވީ، ގާތްގަނޑަކަށް ވިއްސަކަށް ފަންސަވީހަކަށް ކައުންސިލުން އަޅުގަނޑަށް އިއްޔެ ވެސް ގުޅުއްވާފައި ބުނީ އެމްޑީޕީން އެބަ ލާރި ހުށަހަޅައޭ މިއާ ދެކޮޅަށް ބަޔާން ނެރެދޭށޭ ކިޔާފައި'' ފަލާހް ވިދާޅުވިއެވެ.

ފަލާހް ވިދާޅުވީ، ކޮންމެފަދަ ކަމެއްވެސް އެމްޑީޕީން ކޮށްފާނެކަމަށާއި، އެކަމާއި ރައްޔިތުން ވިސްނަން ޖެހޭ ކަމަށެވެ.

Hajj Corpooration

Hajj Corpooration

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތެލަސީމިއާ ކޮންޓްރޯލްކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު އަނބުރާ މަޖިލީހަށް ޚަބަރު | 4 ގަޑިއިރު ކުރިންއުމުރުން 75 އަހަރުވަންދެން ވަޒީފާގައި ދެމިހުރެވޭ ބިލު މަޖިލީހަށްޚަބަރު | 2 ދުވަސް ކުރިންއެޗްއާރްސީއެމްގެ މެންބަރު ކަމަށް އިތުރު ތިން ބޭފުޅެއްގެ ނަންޚަބަރު | 2 ދުވަސް ކުރިންމީޑިއާ ބިލުން މީޑިއާތަކަށް ފުރިހަމަ ބާރާއި ޙައްޤުތައް ކަށަވަރުކޮށްދޭނެ: ހަންނާނުޚަބަރު | 2 ދުވަސް ކުރިން