logo
Bank of Maldives

Bank of Maldives

ޚަބަރު

އެޗްއާރްސީއެމްގެ މެންބަރު ކަމަށް އިތުރު ތިން ބޭފުޅެއްގެ ނަން

ޝަހްޒާ މުހައްމަދު
19 އޯގަސްޓު 2025 - 05:25
އެޗްއާރްސީއެމްގެ މެންބަރު ކަމަށް އިތުރު ތިން ބޭފުޅެއްގެ ނަން

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ މެންބަރު ކަމަށް އިތުރު ތިން ބޭފުޅެއްގެ ނަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.

ރައީސް މުއިއްޒު މަޖިލީހަށް ފޮނުއްވި ސިޓީގައި ވަނީ އެޗްއާރްސީއެމްގެ މެންބަރު ކަމަށް އިއުލާނު ކުރުމުން އިޖާބަ ދެއްވި ބޭފުޅުންގެ ތެރެއިން ރައީސަށް ފެނިވަޑައިގަންނަވާ ތިން ބޭފުޅެއްގެ ނަން އިސްކަންދޭ ތަރުތީބުން ހުށަހަޅުއްވާފަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސް މުއިއްޒު ހުށަހެޅުއްވި ނަންތަކަކީ، އަހުމަދު މަޤުސޫމް ، ސީބްރީޒް، ސ. ހުޅުދޫ، އަމިރާ ނައީމް ، ހ. ގުރުސް އަދި ފާތިމަތު ނަފްއަތު އަބްދުލްވައްހާބު ދަފްތަރު. ނަންބަރު ދރ 712 އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ މި މައްސަލަ ދިރާސާކުރަން ކޮމިޓީއަށް ފޮނުވާފަ އެވެ.

އެޗްއާރްސީއެމްއަށް ދެ މެންބަރަކު އައްޔަންކުރަން ޖެހޭތީ ދެ ބޭފުޅެއްގެ ނަން ރައީސް މުއިއްޒު މަޖިލީހަށް މި މަހު ހުށަހެޅުއްވި އެވެ. އެ ބޭފުޅުންނަކީ މުހައްމަދު ފާރިސް ޠާހާ ، ހ. ސޯސަން އާއި މުހައްމަދު ޝަފީގު މަހްމޫދު ، މ. ޕޮޕީ އެވެ.

ޖަލްސާގައި ވަނީ އެޗްއާރްސީއެމްގެ މެންބަރު ކަމަށް މުހައްމަދު ޝަފީގު މަމްދޫހު އައްޔަންކުރަން ފާސްކޮށްފަ އެވެ.

މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން ޝަފީގާއި ތޯހާއާއި އިންޓަވިއު ކުރުމަށްފަހު ރުހުން ހޯދަން މަޖިލީހުގެ ތަޅުމަށް ކޮމިޓީން ފޮނުވީ ހަމައެކަނި ޝަފީގުގެ ނަމެވެ.
އެޗްއާރްސީއެމްއަށް ދެ މެންބަރަކު ނަގަނީ އެ ކޮމިޝަންގެ މެންބަރުންގެ ގޮތުގައި މިހާރު ތިއްބެވި ކޮމިޝަންގެ ނައިބް ރައީސް މޫމިނާ ވަހީދާއި މެންބަރު އާމިނަތު ޝިފާތު އަބްދުލްރައްޒާގުގެ ދައުރު ހަމަވާތީ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވިސްލްބްލޯވާ ދުވަސް ފާހަގަކުރުމަށް އެޗްއާރުސީއެމުން ބާއްވާ ވީޑިއޯ މުބާރާތުގެ މުއްދަތު އިތުރުކޮށްފިޚަބަރު | 5 ގަޑިއިރު ކުރިންހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ޢަބްދުﷲ ޞާދިޤް ކާމިޔާބު ކުރައްވައިފިޚަބަރު | 7 ދުވަސް ކުރިންބައި އިލެކްޝަންގެ ވޯޓުލުން ކުރިއަށްދަނީ އަމާންކަމާއެކު: އީސީޚަބަރު | 7 ދުވަސް ކުރިންހިތަދޫ ބައި-އިލެކްޝަން، އެޗްއާރްސީއެމް އިން މޮނިޓަރ ކުރާނެޚަބަރު | 7 ދުވަސް ކުރިން