އަންނަ އަހަރަށް ލަފާކުރާ ބަޖެޓަށް 23 އިސްލާހެއް، ތަޅުމުގައި ބަހުސް ފަށައިފި
23 ނޮވެމްބަރު 2026 - 08:05

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި 59.7 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓުގެ ބަހުސް ފަށައިފިއެވެ.
ބަޖެޓު ދިރާސާކުރި ކޮމިޓީގެ ނައިބު މުޤައްރިރު، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޢަލީ ފަޒާދު ތަޅުމަށް ހުށަހެޅުއްވި މި ރިޕޯޓަށް 23 އިސްލާހެއް ހުށަހަޅާފައިވާކަން މަޖިލީހުގެ ރިޔާސަތުން އިއުލާނުކުރެއްވިއެވެ. އާންމު ކޮމިޓީން ނިންމާފައިވާ ގޮތުގެ މަތިން، މި މަރުހަލާގައި ބަހުސް ކުރުމަށް ކޮންމެ މެންބަރަކަށްވެސް ދެއްވަނީ 7 މިނިޓުގެ ފުރުސަތެކެވެ.
.png&w=750&q=75)
Ad by Hajj Corporation
މި ބަހުސްގައި ވާހަކަދެއްކެވި ސަރުކާރަށް ތާއީދުކުރައްވާ މެންބަރުން ވަނީ ބަޖެޓަށް ތައުރީފު ކުރައްވާފައެވެ. އަދި މިއީ ރަށްރަށުގެ ތަރައްޤީއާއި ރައްޔިތުންގެ ބޭނުންތަކަށް އިސްކަންދީފައިވާ އުންމީދީ ބަޖެޓެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އެގޮތުން މިލަންދޫ ދާއިރާގެ މެމްބަރު ހަސަން މުފީދު ވިދާޅުވީ ވަކި ރަށެއް ބާކީނުކޮށް އެކުލަވާލާފައިވާ މި ބަޖެޓަކީ ސިއްހީ އަދި އިޖުތިމާއީ ރައްކާތެރިކަމަށް ބޮޑު ހޭދައެއް ކުރާ އުންމީދީ ބަޖެޓެއް ކަމަށެވެ. އަދި އިގްތިސާދީ ސިނާއީ ކުރިއެރުމަށް 9.6 ބިލިއަން ރުފިޔާ އަދި މަސްވެރިކަމަށް 657 މިލިއަން ރުފިޔާ ކަނޑައަޅާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ ވިދާޅުވިގޮތުގައި ބަޖެޓުގައި ގޯސްކަމެއް ނެތް ކަމަށާއި، މި އަހަރަށްވުރެ 2027 ވަނަ އަހަރު ރައްޔިތުންނަށް ލިބޭ ފައިދާ މި ބަޖެޓުގެ ސަބަބުން އިތުރުވާނެ ކަމަށެވެ.
ހޯރަފުށީ ދާއިރާގެ މެމްބަރު އަލީ މޫސާ ވިދާޅުވީ ރަށްރަށުގައި ފެށިފައިވާ ޕީއެސްއައިޕީ މަޝްރޫއުތައް ނިންމައި، ރައްޔިތުންގެ އާންމު ބޭނުންތައް ފުއްދައިދިނުމަށް މި ބަޖެޓުގައި ޚާއްޞަ އިސްކަމެއް ދީފައިވާ ކަމަށެވެ.
އަންނަ އަހަރުގެ ބަޖެޓުގައި އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 43.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާއިރު، މިއީ މި އަހަރަށްވުރެ 1.4 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

-01.jpg&w=3840&q=75)
