logo
MPL

MPL

ޚަބަރު

މަޖިލީހުގެ ބައެއް ކޮމީޓީތަކަށް ބަދަލު ގެނެސްފި

އައިޝަތު އިނާޝާ
23 ނޮވެމްބަރު 2026 - 06:07
މަޖިލީހުގެ ބައެއް ކޮމީޓީތަކަށް ބަދަލު ގެނެސްފި

ރައްޔިތުންގެ މަޖިލީހުގެ ބައެއް ކޮމިޓީތަކުގައި ޕީއެންސީ ތަމްސީލުކުރައްވާ މެންބަރުންނަށް ބަދަލުތަކެއް ގެނެސްފިއެވެ.

މަޖިލީހުގެ ރިޔާސަތުން އިއުލާނުކުރި ގޮތުގައި މި ބަދަލުތަކުގެ ދަށުން، ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީގައި ކުރިން އިންނެވި ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙުގެ ބަދަލުގައި ވިލިނގިލި ދާއިރާގެ މެންބަރު ޢާޒިމް ޢަބްދުލްޢަޒީޒް ވަނީ އެ ކޮމިޓީއަށް ހަމަޖައްސަވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ އިތުރުން، ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށްވެސް ވަނީ ދެ ބަދަލެއް ގެނެސްފައެވެ. އެގޮތުން އެ ކޮމިޓީގައި ތިއްބެވި ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން މަރުޒޫޤާއި، ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ޙިލްމީގެ ބަދަލުގައި، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޢަލީ ފަޒާދާއި މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤު ވަނީ އެ ކޮމިޓީއަށް އައްޔަންކުރައްވާފައެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަޖިލީހުގެ ބައެއް ކޮމީޓީތަކަށް ބަދަލު ގެނެސްފިޚަބަރު | ގަޑިއިރެއް ކުރިންރިއަލް އެސްޓޭޓް ބިލަށް އާއްމުން ހިޔާލު ހުށަހަޅަން ދެ ހަފުތާގެ މުހުލަތެއް ދިނުމަށް ފާސްކޮށްފިޚަބަރު | 4 ދުވަސް ކުރިންބަޖެޓަށް އެއްވެސް އުނިއިތުރެއް ނުގެނެސް، ބަޖެޓު ކޮމިޓީން ފާސްކޮށްފިޚަބަރު | 4 ދުވަސް ކުރިންއިސްރާއީލް ޕާސްޕޯޓް މަނާކުރުން: އެއްވެސް އެހެން ޕާސްޕޯޓަކުންވެސް ރާއްޖެއަށް ނުވަދެވޭނެހެން ޤާނޫނު ހަރުދަނާކުރަނީ - މެންބަރު މުޙައްމަދު މުޞްޠަފާ އިބްރާހީމްޚަބަރު | 5 ދުވަސް ކުރިން