އަމާޒަކީ، ވީހާވެސް ގިނަ ރައްޔިތުންނަށް ލުއިފަސޭހަ ގޮތެއްގައި ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުން: މުއްތަލިބު
24 ނޮވެމްބަރު 2026 - 13:10

ސަރުކާރުގެ މައިގަނޑު އަމާޒަކީ، ވީހާވެސް ގިނަ ރައްޔިތުންނަށް ލުއިފަސޭހަ ގޮތެއްގައި ބޯހިޔާވަހިކަން ކަށަވަރުކޮށްދީ، އަމިއްލަ ގެދޮރުވެރިކަމުގެ ހުވަފެން ހަގީގަތަކަށް ހަދައިދިނުން ކަމަށް ހައުސިންގް މިނިސްޓަރު ޑރ. ޢަބްދުالله މުޢްޠަލިބު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޑރ. މުޢުޠަލިބު ވިދާޅުވީ، ބަޖެޓުން ބޮޑު ޚަރަދެއް ނުކޮށް ލޯނު ސްކީމުތައް މެދުވެރިކޮށް ހިންގާ ހައުސިން މަޝްރޫއުތަކުން ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ވަރަށް ބޮޑެތި ފުރުސަތުތަކެއް ފަހިކޮށްދީފައިވާ ކަމަށެވެ. މިނިސްޓަރ ވިދާޅުވި ކްރިއޭޓިވް ގޮތްތައް ހޯދައިގެން ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސިޔާސަތުތަކަށް ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފައެވެ.
.png&w=750&q=75)
Ad by Hajj Corporation
މި ސިޔާސަތުތަކުގެ ބަދަލުތަކާއެކު ވީހާވެސް ގިނަ ރައްޔިތުންނަށް ލުއިފަސޭހަ ގޮތެއްގައި ބޯހިޔާވަހިކަން ކަށަވަރުކޮށްދީ، އަމިއްލަ ގެދޮރުވެރިކަމުގެ ހުވަފެން ހަގީގަތަކަށް ހަދައިދިނުމަށް ގިނަ ފުރުސަތުތަކެއް ފަހިވެފައިވާ ކަމަށް ވެސް މިނިސްޓަރަރު ވިދާޅުވި އެވެ. މީގެ އިތުރުން، ކުރިއަށް އޮތް ތަނުގައިވެސް މާލީ އިދާރާތަކާ ގުޅިގެން މިފަދަ އިތުރު ފުރުސަތުތައް ފަހިކޮށްދިނުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާނެ ކަމުގެ ޔަގީންކަން ވެސް މިނިސްޓަރު ވަނީ ދެއްވާފަ އެވެ.

-01.jpg&w=3840&q=75)
