logo
MPL

MPL

ޚަބަރު

ސަރުކާރުގެ އަމާޒަކީ ނަފްސާނީ ޞިއްޙަތުގެ ޚިދުމަތް ހަރުދަނާކޮށް ޙައްޤުތައް ޙިމާޔަތްކުރުން: މުޞްޠަފާ

އާދަމް ލަޔާން ކުރިކް ރިޒާއާދަމް ލަޔާން ކުރިކް ރިޒާ
24 ނޮވެމްބަރު 2026 - 07:21
ސަރުކާރުގެ އަމާޒަކީ ނަފްސާނީ ޞިއްޙަތުގެ ޚިދުމަތް ހަރުދަނާކޮށް ޙައްޤުތައް ޙިމާޔަތްކުރުން: މުޞްޠަފާ

 ނަފްސާނީ ޞިއްޙަތުގެ ބިލުން ދައްކުވައިދެނީ ރާއްޖޭގައި ނަފްސާނީ ޞިއްޙަތުގެ ޚިދުމަތްތައް ހަރުދަނާކުރުމަށް ސަރުކާރުން ދޭ މުހިންމުކަން ކަމަށް މާޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު މުޞްޠަފާ ޙުސައިން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން މެންބަރު މުޞްޠަފާ ޙުސައިން ފާހަގަކުރެއްވި ގޮތުގައި، ހުށަހެޅިފައިވާ މި ޤާނޫނުގެ މައިގަނޑު އެއް މަޤްޞަދަކީ ނަފްސާނީ ޞިއްޙަތުގެ މައްސަލަތަކަށް ޤާނޫނީ ހައިސިއްޔަތު ހޯދައިދިނުމާއި، ނަފްސާނީ ބަލިތައް ތަޙައްމަލުކުރާ ފަރާތްތަކަށް ޙައްޤުވާ ޙިމާޔަތާއި ބަލައިގަތުން ކަށަވަރުކުރުމެވެ.

Ad by Hajj Corporation

Ad by Hajj Corporation

މުޞްޠަފާ ވިދާޅުވީ، ނަފްސާނީ ޞިއްޙަތުގެ މައްސަލަތަކާ ގުޅޭގޮތުން ދިރާސާތައް ކުރުމާއި، މިފަދަ މައްސަލަތަކަށް ޢާންމުން ހޭލުންތެރިކުރުވުމަކީ ވެސް މި ބިލު ހުށަހެޅުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމުގައެވެ.

މި ހުށަހެޅުނު ޤާނޫނުގެ އަމާޒަކީ، ރާއްޖޭގައި ނަފްސާނީ ޞިއްޙަތާ މެދު ދެކޭގޮތް ބަދަލުކޮށް ނަފްސާނީ ބަލިމީހުންގެ ޙައްޤުތަކާއި އެފަރާތްތަކުގެ ޙިމާޔަތަށް ރިއާޔަތްކުރާ ޤާނޫނީ އޮނިގަނޑެއް އެކުލަވައިލުން ކަމަށް މުޞްޠަފާ ވިދާޅުވިއެވެ.

މި ބިލު މައިގަނޑު ގޮތެއްގައި އަމާޒުކުރަނީ ނަފްސާނީ ޞިއްޙަތުގެ ޚިދުމަތްތައް ރަނގަޅުކުރުމަށާއި، ފަރުވާ ދިނުމުގެ މިންގަނޑުތައް ކަނޑައެޅުމަށާއި، އަދި ނަފްސާނީ ޞިއްޙަތުގެ ފަރުވާ ހޯދާ ފަރާތްތަކަށް އެކަށީގެންވާ ރައްކާތެރިކަން ކަށަވަރުކުރުމަށެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސަރުކާރުގެ އަމާޒަކީ ނަފްސާނީ ޞިއްޙަތުގެ ޚިދުމަތް ހަރުދަނާކޮށް ޙައްޤުތައް ޙިމާޔަތްކުރުން: މުޞްޠަފާ ޚަބަރު | 39 މިނިޓު ކުރިންނަފްސާނީ ބަލިމީހުންގެ ހައްގުތައް ރައްކާތެރިކުރަން އައު ގާނޫނެއްގެ މަސައްކަތް ފަށައިފިޚަބަރު | ދުވަހެއް ކުރިންއަންނަ އަހަރަށް ލަފާކުރާ ބަޖެޓަށް 23 އިސްލާހެއް، ތަޅުމުގައި ބަހުސް ފަށައިފިޚަބަރު | ދުވަހެއް ކުރިންމަޖިލީހުގެ ބައެއް ކޮމީޓީތަކަށް ބަދަލު ގެނެސްފިޚަބަރު | ދުވަހެއް ކުރިން