logo
Bank of Maldives

Bank of Maldives

ޚަބަރު

ފުވައްމުލަކު ދަނޑުވެރިން އެދުނު ތަމްރީންތައް ފޯރުކޮށްދީފި

އާމިނަތު ޝަފާ
6 އޯގަސްޓު 2025 - 17:01
 ފުވައްމުލަކު ދަނޑުވެރިން އެދުނު ތަމްރީންތައް ފޯރުކޮށްދީފި

ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ،ގެ އަރިހުން ފުވައްމުލަކު ސިޓީގެ ދަނޑުވެރިން އެދުނު ތަމްރީންތައް، އެ ސީޓީގެ ދަނޑުވެރިންނަށް ހިންގައިފިއެވެ.

މިއަހަރުގެ މެއި މަހު ފުވައްމުލަކު ސިޓީއަށް ވަޒީރު ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެ ސިޓީގައި ދަނޑުވެރިކަން ކުރާ ފާރާތްތަކާއި ބައްދަލުކުރައްވައި، އެފަރާތްތަކުގެ ކަންބޮޑުވުންތައްވަނީ އަޑުއައްސަވާފައެވެ. އަދި ދަނދުވެރިކަމުގެ ދާއިރާއިން އިތުރަށް ކުރިޔަށް ދިއުމަށް ބޭނުންވާ ކަންކަންވެސް ވަނީ އައްސަވާފައެވެ. މި ބައްދަލުވުމުގައި ދަނޑުވެރިންގެ ކަންބޮޑުވުންތަކާއި، ކުރިޔަށް ދިއުމަށް ބޭނުންވާ އިތުރު އެހީތަށް މިނިސްޓަރާއި ހިއްސާކުރައްވާއި، ދަނޑުވެރިން އެދިފައިވާ އެއްކަމަކީ އެދާއިރާއިން ކުރިޔަށް ދިއުމަށް ފަންނީ މަޢުލޫމާތާއި އިތުރު ތަމްރީންބޭނުންވާކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެހެންކަމުން އެސިޓީގެ ދަނޑުވެރިން އެދުނު ފަދައިން ގަސްތަކަށް ޖެހޭ ބަލިތަކާއި، ބަލި ކޮންޓްރޯލް ކުރޭނެގޮތާއި، ޕެސްޓިސައިޑް އަދި ދަނޑުވެރިކަމުގައި ބޭނުންކުރާ ކެމިކަލް ރަނގަޅުގޮތުގައި ބޭނުންކުރާނެގޮތުގެ މަޢުލޫމާތު ދިނުމަށް މިވުޒާރާ އާއި ފުވައްމުލައް ސިޓީ ކައުންސިލާ ގުޅިގެން ދަނޑުވެރިކަމުގެ ތަމްރީން ޕްރޮގްރާމެއް ވަނީ ކާމިޔާބުކަމާއިއެކު ކުރިޔަށް ގެންގޮސްފައެވެ. މި ތަމްރީން ޕްރޮގްރާމްގައި އެ ސިޓީގެ ގިނަ އަދަދެއްގެ ދަނޑުވެރިން ބައިވެރިވެ، ތަމްރީންތައް ވަނީ ފުރިހަމަކޮށްފައެވެ.

ވުޒާރާގެ އަމާޒަކީ ރާއްޖޭގައި ދަނޑުވެރިކަން ފުޅާކޮށް، ކުރިއަރުވައި، އަމިއްލަ ފުދުންތެރިކަން އިތުރުކޮށް، ރާއްޖެއިން ބޭރުން އެތެރެކުރާ ކާނާގެ ބާވަތްތައް މަދުކޮށް، ދިވެހި އުފެއްދުންތައް އިތުރުކުރުމެވެ. އެހެންކަމުން އެކި ސަރަހައްދުތަކުގައި ދަނޑުވެރިނަށް ތަފާތު ތަމްރީން ޕްރޮގްރާމްތައް އަންނަނީ ހިންގަމުންނެވެ. މީގެ އިތުރުން މި ފަދަ ތަމްރީންތަކަށް ބޭނުންވާ ރަށްރަށުން އެކަމަށް އެދުމުން، މި ވުޒާރާއިން އަންނަނީ އެކަންކަން އިންތިޒާމް ކޮށްދެމުންމެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކާނާގެ ޔަޤީކަން ކަށަވަރު ކުރުމަށް ކާށިދޫގެ ބިމެއް ހަވާލުކޮށްފިޚަބަރު | 9 ދުވަސް ކުރިންއިޤްތިޞާދީ ގޮތުން ތަރައްޤީ ޙާޞިލުކުރުމުގައި ދަނޑުވެރިކަމުގެ ދައުރު ވަރަށް މުހިންމު: ޑރ މާރިޔާޚަބަރު | 22 ދުވަސް ކުރިންރާއްޖޭގައި ފަތްކެޔޮ އާލާކުރުމަށްހާއްސާ ޕްރޮގްރާމެއް ފަށައިފިޚަބަރު | 2 މަސް ކުރިން ގޮއިދޫގައި ދަނޑުވެރިކަމުގެ ހާއްސަ ފެސިލިޓީއެއްޚަބަރު | 2 މަސް ކުރިން