logo
Bank of Maldives

Bank of Maldives

ޚަބަރު

ގޮއިދޫގައި ދަނޑުވެރިކަމުގެ ހާއްސަ ފެސިލިޓީއެއް

ޝަހްޒާ މުހައްމަދު
8 ސެޕްޓެމްބަރު 2025 - 06:00
  ގޮއިދޫގައި ދަނޑުވެރިކަމުގެ ހާއްސަ ފެސިލިޓީއެއް

ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ށ. ގޮއިދޫގައި ހާއްސަ މަރުކަޒެއް ގާއިމުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މި މަޝްރޫއަކީ ޔޫއެންޑީޕީ އާއި ޖަޕާނު ސަރުކާރުގެ އެހީތެރިކަމާއެކު، "ސާކް ސަރަޙައްދުގެ ކުދި ދަނޑުވެރިންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް، އަގު އިތުރުކުރުމުގެ ސިލްސިލާއަށް އަމާޒުކޮށްގެން ކުދި ދަނޑުވެރިކަމުގެ ވިޔަފާރިތައް ތަރައްޤީކުރުން" މަޝްރޫޢުގެ ދަށުން ކުރިއަށްގެންދެވޭ މަސައްކަތެއްކަމަށް އެ ވުޒާރާއިން ބުންޏެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ވުޒާރާއިން ހާމަކުރި ގޮތުގައި، ދަނޑުވެރިކަމުގެ ދާއިރާގައި ޒުވާނުންނާއި އަންހެނުންނަށް އިތުރު ފުރުސަތުތައް ހޯދައިދިނުމާއި، ބޭރުން އެތެރެކުރާ ތަކެއްޗަށް ބަރޯސާވުން މަދުކޮށް، ދެމެހެއްޓެނިވި ކާބޯތަކެތީގެ ނިޒާމުތައް ގާއިމުކުރުމަކީ ސަރުކާރުގެ މައިގަނޑު އަމާޒުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މި ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި ވުޒާރާއިން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވެސް ބުނެފައިވެއެވެ.

ގޮއިދޫގައި ޤާއިމުކުރެވޭ މި މަރުކަޒަކީ ދަނޑުވެރިކަމުން އުފައްދާ ތަކެއްޗަށް އަގުއިތުރުކޮށް، އައު އުފެއްދުންތައް ތައައްޔާރުކުރުމަށް ބޭނުންކުރެވޭނެ ވަސީލަތެކެވެ. މިފަދަ އުފެއްދުންތައް ކުރިއެރުވުމުގެ ސަބަބުން، ދިވެހި ދަނޑުބިންތަކުގައި ހައްދާ ކާބޯތަކެތީގެ ބާވަތްތައް ބައިނަލްއަޤްވާމީ ބާޒާރުތަކަށް ނެރުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށް އެވުޒާރާއިން ލަފާކުރެއެވެ.

މި މަރުކަޒުގެ ސަބަބުން ގޮއިދޫގެ ދަނޑުވެރިންނަށް އެމީހުންގެ އުފެއްދުންތަކަށް ހަމައަގު ލިބި، އާމްދަނީ އިތުރުވެގެންދާނެ ކަމަށް ދަނޑުވެރިކަމާބެހޭ ވުޒާރާއިން ބުނެފައިވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖޭގައި ފަތްކެޔޮ އާލާކުރުމަށްހާއްސާ ޕްރޮގްރާމެއް ފަށައިފިޚަބަރު | 6 ދުވަސް ކުރިން ށ. ގޮއިދޫ ކައުންސިލް އިދާރާއަށް ޑެލިވަރީ ކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާން ކޮށްފިޚަބަރު | 6 ދުވަސް ކުރިން ގޮއިދޫގައި ދަނޑުވެރިކަމުގެ ހާއްސަ ފެސިލިޓީއެއްޚަބަރު | 9 ދުވަސް ކުރިންނޮޅިވަރަމްގައި ދަނޑުވެރިކަމަށް ބޭނުންކުރާ ތަކެތި ވިއްކުމަށް ތަނެއް ގާއިމް ކުރަނީޚަބަރު | 23 ދުވަސް ކުރިން