logo
ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލައި އެކަކު ގެއްލި ތިން މީހަކަށް އަނިޔާވެއްޖެBank of Maldives

Bank of Maldives

ކުޅިވަރު

ހޫދު އާއި އިސްމާޢީލް އޭސިއަން ސާފިން ޗެންޕިއަންޝިޕުގެ ތިންވަނަ ބުރަށް ދަތުރުކޮށްފި

އަބްދުﷲ ޣާނިމް
7 އޯގަސްޓު 2025 - 06:15
އޭސިއަން ޗެންޕިއަންޝިޕްގައި އިސްމާޢީލް ރަޝީދު (ސްމައިލީ) | ފޮޓޯ : ސިޑިބަރި
އޭސިއަން ޗެންޕިއަންޝިޕްގައި އިސްމާޢީލް ރަޝީދު (ސްމައިލީ) | ފޮޓޯ : ސިޑިބަރި

އިންޑިއާގެ ޓެމިލްނާޑޫގެ މަހާބަލީޕޫރަމްގައި ކުރިޔަށްދާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގައި ރާއްޖެ ތަމްސީލުކުރާ ސާފަރުންގެ ތެރެއިން، މެންސް އޯޕަން ކެޓަގަރީގައި ވާދަކުރާ ހޫދު އަޙްމަދު (ހޫބްސް) އާއި ޢިސްމާއިލް ރަޝީދު (ސްމައިލީ) މުބާރާތުގެ ތިންވަނަ ބުރުން ޖާގަ ހޯދައިފިއެވެ. މިއާއެކު ޖޫނިއާ މެންސް ކެޓަގަރީގައި ވާދަކުރާ ޔާސިން އަހުމަދު ނާޝިދު ވެސް ވަނީ ތިންވަނަ ބުރަށް ދަތުރުކޮށްފައެވެ.

މިއަދު ހެނދުނު ކުރިޔަށް ދިޔަ ހީޓުތަކުގައި ވާދަކޮށް ހޫދު ތިންވަނަ ބުރަށް ދަތުރުކުރީ 10.17 ޕޮއިންޓްގެ ސްކޯއަކުންނެވެ. އަދި އިސްމާއިލް ރަޝީދު މިއަދުގެ 2 ވަނަ ހީޓުގައި ވާދަކޮށް ތިންވަނަ ބުރަށް ދަތުރުކުރީ 9.70 ޕޮއިންޓްގެ ސްކޯއަކުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޖޫނިއާ މެންސް ކެޓަގަރީގައި ރާއްޖެ ތަމްސީލުކުރާ ޔާސިން އަހުމަދު ނާޝިދުވެސް ވަނީ މުބާރާތުގެ ތިންވަނަ ބުރުން ޖާގަ ހޯދާފައެވެ. ޖޫނިއާ ކެޓަގަރީގެ ފުރަތަމަ ބުރުގެ ހީޓުތައް އިއްޔެ ކުރިޔަށް ގެންގޮސްފައިވާއިރު، ޔާސިން ވާދަކުރީ 5 ވަނަ ހީޓުގައެވެ. މި ހީޓުގެ ދެވަނަ އަށް ޔާސިން ހޮވުނީ ހަތަރު ރާޅުން 11.73 ޕޮއިންޓްގެ ސްކޯއެއް ހޯދައިގެންނެވެ.

ޖޫނިއާ މެންސް ކެޓަގަރީގައި ދެން ރާއްޖެއިން ވާދަކުރާ އެތުލީޓުންނަކީ ޔޫސުފް ކަޔާން ހަމްދާން ޒަކީ އާއި ކަޔާން އަބުދުﷲ އަރީފްއެވެ. މި ދެ އެތުލީޓުން ވަނީ ރެޕޯ ބުރަށް ދަތުރުކޮށްފައެވެ. ފުރަތަމަ ބުރުގައި ޔޫސުފް ކަޔާން ވާދަކުރީ އެއްވަނަ ހީޓުގައެވެ. މި ހީޓު ކަޔާން ނިންމާލީ 11.10 ޕޮއިންޓްގެ ސްކޯއަކުންނެވެ. ކަޔާން އަބުދުﷲ އަރީފް ވާދަކުރީ ހަތަރުވަނަ ހީޓުގައެވެ. އޭނާ މި ހީޓު ނިންމާލީ 4.17 ޕޮއިންޓްގެ ސްކޯއަކުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނެޝަނަލް ޖޫނިއަރ ސަރފިންގ ޗެމްޕިއަންޝިޕް ނިންމާލައިފިކުޅިވަރު | ދުވަހެއް ކުރިންހޫދު އާއި އިސްމާޢީލް އޭސިއަން ސާފިން ޗެންޕިއަންޝިޕުގެ ތިންވަނަ ބުރަށް ދަތުރުކޮށްފިކުޅިވަރު | 3 މަސް ކުރިން