ުހުސްވި ދެ މަހު 23.3 މިލިއަން އެމެރިކާ ޑޮލަރު އެމްއެމްއޭ އިން ބޭންކުތަކަށް ވިއްކައިފި
7 އޯގަސްޓު 2025 - 10:45

ހުސްވި ދެ މަހު 23.3 މިލިއަން އެމެރިކާ ޑޮލަރު އެހެން ބޭންކުތަކަށް ވިއްކާފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ބުނެފިއެވެ.
އެމްއެމްއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މިދިޔަ އަހަރު ފާސްކުރި ބޭރު ފައިސާގެ ޤަވާއިދާއި އޭގެ ޤާނޫނުގެ ދަށުން، އެ އަހަރުގެ އޮކްޓޫބަރު މަހުން މި އަހަރުގެ މޭ މަހުގެ ނިޔަލަށް ކޮންމެ ހަފްތާއަކު ބޭންކުތަކަށް މާރުކުރާ ފައިސާގެ ތެރެއިން 60 އިންސައްތަ އެމްއެމްއޭއަށް ވިއްކުމަށް ޤާނޫނުގެ ދަށުން އެކުލަވައިލާފައިވާ ސިޔާސަތުތަކުން ބޭންކުތަކަށް އަންގާފައިވާނެ ކަމަށެވެ.

Ad by Hajj Corporation
އަދި އެ ސިޔާސަތުގެ އިތުރުން، މި އަހަރުގެ ޖޫން މަހުން ފެށިގެން ކޮންމެ ހަފްތާއަކު ބޭންކުތަކުން އެ އޮތޯރިޓީއަށް ވިއްކަންޖެހޭ 60% ގެ އިތުރުން އިތުރު 30% ޤާނޫނުގެ ދަށުން އެމްއެމްއޭއަށް ވިއްކަންޖެހޭނެ ކަމަށް ކަނޑައަޅައި، ބޭންކުތަކުން އިތުރަށް މާރުކުރާ އެ 30% އަލުން އަނބުރާ ބޭންކުތަކަށް ކޮންމެ ހަފްތާއަކު އެމްއެމްއޭއިން ވިއްކަމުންދާ ކަމަށެވެ.
މި ބަދަލު ގެނައުމުގެ މައިގަނޑު މަޤްސަދަކީ ކޮންމެ ހަފްތާއަކު ބޭންކުތަކުން ވިއްކާ ބޭރު ފައިސާ މެދުވެރިކޮށް، މިހާރަށްވުރެ ހަރުދަނާ އަދި އިކުއިޓަބަލް ގޮތެއްގައި، ވިޔަފާރިތަކަށް ބޭނުންވާ ބޭރު ފައިސާ ބޭންކުތަކުން ހަމަޖައްސައިދިނުން ކަމަށް ވެސް ބޭންކުން ބުންޏެވެ.
މިއާއެކު، ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުގެ ބޭރު ފައިސާގެ އާމްދަނީގެ ޖުމްލަ އަދަދު ރާއްޖޭގެ ބޭންކަކަށް ޖަމާކުރުމަށާއި އޭގެ ވަކި މިންވަރެއް ރާއްޖޭގެ ބޭންކިން ނިޒާމަށް މާރުކުރުމަށް ޤާނޫނުން މިހާރު ލާޒިމުކުރާ ކަމަށް އެމްއެމްއޭ އިން ބުނެއެވެ.