logo
Bank of Maldives

Bank of Maldives

ޚަބަރު

ބޭނުން ކުރެވޭ ރިޒާވަށް 10 މިލިޔަން ޑޮލަރުގެ ކުރިއެރުމެއް

ޝަހްޒާ މުހައްމަދު
14 އޯގަސްޓު 2025 - 03:57
އެމްއެމްއޭ ހިންގާ އިމާރާތް
އެމްއެމްއޭ ހިންގާ އިމާރާތް

މިދިޔަ މަސް ނިމުނުއިރު ބޭނުންކުރެވޭ ރިޒާވަށް 10 މިލިޔަން ޑޮލަރުގެ ކުރިއެރުމެއް ލިބިފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، ބޭނުންކުރެވޭ ރިޒާވް ޖުލައި މަހުގެ ނިޔަލަށް ވަނީ 213.22 މިލިޔަން ޑޮލަރަށް އަރާފައެވެ. މިއީ ޖޫން މަހާ އަޅާބަލާއިރު 5 އިންސައްތައިގެ ކުރިއެރުމެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނަމަވެސް، ރަސްމީ ރިޒާވަށް ބަލާއިރު، ޖުލައި މަހު ވަނީ ދަށްވެފައެވެ. ޖުލައި މަހު ރަސްމީ ރިޒާވުގައި ހުރީ 774.52 މިލިޔަން ޑޮލަރެވެ. މިއީ ޖޫން މަހާ އަޅާބަލާއިރު 6 އިންސައްތައިގެ ދަށްވުމެކެވެ. އަދި ކުރުމުއްދަތުގެ ބޭރުފައިސާގެ އިލްތިޒާމުތައްވެސް ވަނީ 688.24 މިލިޔަން ޑޮލަރަށް ދަށްވެފައެވެ.

ރާއްޖޭގެ ރިޒާވް ހަރުދަނާކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދެއެވެ. އެގޮތުން ބޭރުފައިސާގެ އައު ޤާނޫނުގެ ދަށުން ބޭންކުތަކަށް ލިބޭ ޑޮލަރުގެ 60 އިންސައްތަ ރިޒާވް ހަރުދަނާކުރުމަށް އެމްއެމްއޭއިން ބޭނުންކުރަމުންދެއެވެ. އަދި ބޭންކް އޮފް އިންޑިއާއާއެކު ސޮއިކޮށްފައިވާ 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕްއަކީވެސް ރިޒާވަށް ހެޔޮ ބަދަލެއް ގެނެސްދިން ކަމެއްކަމަށް އެމްއެމްއޭއިން ފާހަގަކުރެއެވެ.

ރިޒާވް ހަރުދަނާކުރުމަކީ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި އެމްއެމްއޭއިން ފާހަގަކުރެއެވެ. އަންނަ އަހަރު ރާއްޖެއިން 1 ބިލިޔަން ޑޮލަރަށްވުރެ ގިނަ އަދަދެއްގެ ދަރަނި ދައްކަންޖެހެއެވެ. އަދި ކްރެޑިޓް ރޭޓިން އެޖެންސީތަކުން ރާއްޖޭގެ ކްރެޑިޓް ރޭޓިން ކަނޑައެޅުމުގައި ރިޒާވަކީ މުހިންމު މިންގަނޑެއްކަމަށްވެސް އެމްއެމްއޭއިން ވަނީ ފާހަގަކޮށްފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބޭންކިން ނިޒާމުގެ ތެރެއިން ގެދޮރު ގަތުމަށް ބޭނުންވާ ފައިސާ އަގުހެޔޮކޮށް ހޯދައިދިނުމަށް ފަންޑެއްޚަބަރު | 10 ދުވަސް ކުރިންބޭރު ފައިސާއިން ލިބުނު އާމްދަނީ 39 އިންސައްތަ އިތުރުވެއްޖެޚަބަރު | 16 ދުވަސް ކުރިންއެސްބީއައި އިން ޑޮލަރު ލިމިޓު 150 އަށް ދަށް ކުރުމުން ދިމާވާ ދަތިތައް ހައްލު ކުރަނީޚަބަރު | 18 ދުވަސް ކުރިންއިގްތިސާދަށް ދުޅަހެޔޮކަން، ރަސްމީ ރިޒާވަށް ބޮޑު ކުރިއެރުމެއްޚަބަރު | 21 ދުވަސް ކުރިން