logo
Bank of Maldives

Bank of Maldives

ޚަބަރު

އެސްބީއައި އިން ޑޮލަރު ލިމިޓު 150 އަށް ދަށް ކުރުމުން ދިމާވާ ދަތިތައް ހައްލު ކުރަނީ

އައިމިނަތު މޫސާ
17 އޮކްޓޯބަރު 2025 - 06:55
އެސްބީއައި އިން ޑޮލަރު ލިމިޓު 150 އަށް ދަށް ކުރުމުން ދިމާވާ ދަތިތައް ހައްލު ކުރަނީ

ރާއްޖޭގައި ހުންނަ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް ޑޮލަރު ލިބުން ދަތިވެ، ބޭރަށް ފައިސާ ފޮނުވޭ ލިމިޓު ދަށްކުރުމުން، ރާއްޖޭގައި މަސައްކަތް ކުރާ އިންޑިއާގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ހައްލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން ބުނެފިއެވެ.

އެސްބީއައިގެ ރާއްޖޭގެ ބްރާންޗަށް ޑޮލަރު ލިބުން ދަތިވުމުގެ ސަބަބުން، އެ ބްރާންޗުން ނިންމީ މި މަހުގެ 25ވަނަ ދުވަހުން ފެށިގެން އިންޑިއާ ރައްޔިތުންނަށް ފޮނުވޭ ފައިސާ 400 އެމެރިކާ ޑޮލަރުން 150 ޑޮލަރަށް މަދުކުރުމަށެވެ. މިކަމާ ގުޅިގެން ރާއްޖޭގައި މަސައްކަތްކުރާ އިންޑިއާގެ ބައެއް ރައްޔިތުން ސޯޝަލް މީޑިއާގައި ވަނީ ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިކަމާ ގުޅިގެން އިންޑިއާ ހައިކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ، އެސްބީއައިގެ މި ނިންމުމާއެކު އެ ކޮމިޝަނުން އަންނަނީ އިންޑިއާ ރައްޔިތުންނަށް ދިމާވާނެ ދަތިތައް ހައްލުކުރުމާ ގުޅޭގޮތުން ދިވެހި ފޮރިން މިނިސްޓްރީއާއި ސަރުކާރާއި މަރުކަޒީ ބޭންކު އެމްއެމްއޭގެ އިތުރުން ކަމާ ގުޅުން ހުރި އިދާރާތަކާއެކީ މަޝްވަރާކުރަމުން ކަމަށެވެ. އަދި މި މައްސަލައަށް ހައްލެއް ހޯދުމަށް އެސްބީއައި އާއި ދިވެހިރާއްޖޭގެ ކަމާބެހޭ ފަރާތްތަށް ވަނީ މަޝްވަރާކޮށްފައި ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

އެ މަޝްވަރާތައް އަމާޒު ކޮށްފައިވާ އެއް ދާއިރާއަކީ ދާދި ފަހުން ރާއްޖެ އާއި އިންޑިއާއާ ދެމެދު ތައާރަފުކުރި ޔޫޕީއައި ހިދުމަތާއި ރޫޕޭ ކާޑު އަދި އިންޑިއާ ރުޕީސް އިން ރާއްޖޭގައި އެކައުންޓު ހުޅުވޭ އިންތިޒާމުތައް މެދުވެރިކޮށް، މި މައްސަލައަށް ހައްލެއް ހޯދުމެވެ.

އަދި މި ދަނޑިވަޅުގައި ހަރަދުތައް ދުރާލާ ރޭވުމަށާއި، ޑޮލަރުން މުސާރަ ދިނުމަށް، ވަޒީފާ ދޭ ފަރާތްތަކަށް ބާރު އެޅުމަށާއި، އެސްބީއައިގެ ރާއްޖެ ބްރާންޗުން ނިންމާ ނިންމުންތަކަށް ސަމާލުވުމުގެ އިތުރުން ރަސްމީ އިއުލާނުތަކަށް ސަމާލުވުމަށް ހައިކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

މި ނިންމުމާއެކު، ރާއްޖޭގައި ދިރިއުޅޭ އިންޑިއާ ރައްޔިތުންނާއި އެ މީހުންގެ އާއިލާތަކަށް ދިމާވާ ދަތިތައް ގަބޫލުކުރެވޭ ކަމަށްވެސް، ހައިކޮމިޝަނުގެ ބަޔާނުގައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްއެމްއޭގެ ވެބްސައިޓަށް ދިމާވި މައްސަލަ ހައްލުކޮށް، ސެކިއުރިޓީ ވަރުގަދަކުރަނީޚަބަރު | 2 ގަޑިއިރު ކުރިންފަވަރައިން މިދިޔަ އަހަރު ދައުރުކުރި ފައިސާގެ އަދަދު ދެ ގުނައަށް އިތުރުވެއްޖެޚަބަރު | ދުވަހެއް ކުރިންމޯލްޑިވްސް ފައިނޭންޝަލް ސެކްޓާ އެވޯޑްސް ތައާރަފްކޮށް، މި އަހަރު 7 އެވޯޑެއް ދޭން ނިންމައިފިޚަބަރު | 5 ދުވަސް ކުރިންއެމްއެމްއޭ އިން ބާއްވާ "ފައިނޭންޝަލް އެކްސްޕޯ" އަންނަ ޖޫން މަހު ބާއްވަނީޚަބަރު | 5 ދުވަސް ކުރިން