logo
MPL

MPL

ވިޔަފާރި

ބޭރު ފައިސާ މާރުކުރާ ކުންފުންޏެއް ޖޫރިމަނާކޮށް، ލައިސަންސް ހިފަހައްޓައިފި

އަޙުމަދު ރަމީޒު
19 އޮކްޓޯބަރު 2026 - 06:06
މަރުކަޒި ބޭންކް އެމްއެމްއޭ
މަރުކަޒި ބޭންކް އެމްއެމްއޭ

މަނީ ޗޭންޖިން ވިޔަފާރިއާބެހޭ ގަވާއިދާ ހިލާފުވި ކުންފުންޏެއް 500،000 ރުފިޔާއިން ޖޫރިމަނާކޮށް ލައިސަންސް ހިފަހައްޓައިފި އެވެ.

މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ރޭ ބުނީ މަނީ ޗޭންޖިން ވިޔަފާރިއާ ބެހޭ ގަވާއިދާ ހިލާފުވުމުގެ ސަބަބުން "އެމް.އެސް.ފައިނޭންސް ކަރަންސީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑް" އަށް ސުޕަވައިޒަރީ ފިޔަވަޅެއްގެ ގޮތުން 500،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން އެ ކުންފުންޏަށް ދޫކޮށްފައިވާ މަނީ ޗޭންޖާ ލައިސަންސް ހިފަހައްޓާފައިވާ ކަމަށްވެސް އެމްއެމްއޭ އިން މައުލޫމާތު ދީފައިވެ އެވެ.

ބޭރު ފައިސާ ގަނެ ވިއްކުމުގެ މުއާމަލާތްތައް ކުރުމުގައި ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރުމަށް އެމްއެމްއޭ އިން ވަނީ ތަކުރާރުޮށް އިލްތިމާސްކޮށްފަ އެވެ.

އެމްއެމްއޭ އިން ބުނީ ގަވާއިދާ ހިލާފުވާ ފަރާތްތަކާމެދު އެ އޮތޯރިޓީ އާއި ތަންފީޒީ އިދާރާތައް ގުޅިގެން ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ބޭރު ފައިސާ ލިބުން ދަތި ކަމަށް ބުނާ މައްސަލަ ހައްލުކުރުމަށްޓަކައި ސަރުކާރާއި އެމްއެމްއޭއާ ގުޅިގެން ގެންދަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އަދި އެ ފިޔަވަޅުތަކުގެ ހެޔޮ ނަތީޖާ މިހާރު ދަނީ ފެންނަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބޭރު ފައިސާ މާރުކުރާ ކުންފުންޏެއް ޖޫރިމަނާކޮށް، ލައިސަންސް ހިފަހައްޓައިފިވިޔަފާރި | 4 ގަޑިއިރު ކުރިންބާޒާރުގައި 5 ރުފިޔާގެ ނޫޓު މަދުވުމުން އާ ސްޓޮކެއް ގެނެސްފިވިޔަފާރި | 5 ދުވަސް ކުރިންބޭސްފަރުވާއަށް ދޫކުރާ 1،000 ޑޮލަރުގެ އުސޫލު ހަރުދަނާކޮށް، ޚާއްޞަ 6 ޤައުމަކަށް ކަނޑައަޅައިފިޚަބަރު | 6 ދުވަސް ކުރިންޑޮލަރު އާމްދަނީ 1.2 ބިލިއަނަށްވިޔަފާރި | 6 ދުވަސް ކުރިން