logo
MPL

MPL

ޚަބަރު

ބޭސްފަރުވާއަށް ދޫކުރާ 1،000 ޑޮލަރުގެ އުސޫލު ހަރުދަނާކޮށް، ޚާއްޞަ 6 ޤައުމަކަށް ކަނޑައަޅައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
13 އޮކްޓޯބަރު 2026 - 10:45
ބޭސްފަރުވާއަށް ދޫކުރާ 1،000 ޑޮލަރުގެ އުސޫލު ހަރުދަނާކޮށް، ޚާއްޞަ 6 ޤައުމަކަށް ކަނޑައަޅައިފި

އަމިއްލަ ޚަރަދުގައި ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށްދާ ދިވެހީންނަށް ބޭންކުތައް މެދުވެރިކޮށް ދޫކުރާ 1،000 އެމެރިކާ ޑޮލަރު، ދިވެހިން އާންމުކޮށް ބޭސްފަރުވާއަށް ދަތުރުކުރާ ޚާއްޞަ 6 ޤައުމަކަށް އެކަނި ދޫކުރާ ގޮތަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހަމަޖައްސައިފިއެވެ.

އެމްއެމްއޭއިން ހާމަކުރި ގޮތުގައި މި އުސޫލުގެ ދަށުން ޑޮލަރު ދޫކުރުމަށް ކަނޑައަޅާފައިވާ ޤައުމުތަކަކީ އިންޑިއާ، ސްރީލަންކާ، ތައިލެންޑް، މެލޭޝިއާ، ސިންގަޕޫރު އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އެވެ. މަރުކަޒީ ބޭންކުން ވިދާޅުވީ މި ބަދަލު ގެނައުމުގެ މައިގަނޑު މަޤްޞަދަކީ ބޭސްފަރުވާގެ ބޭނުންތަކަށް ފޯރުކޮށްދޭ ބޭރު ފައިސާއަކީ ސީދާ އެ ބޭނުމަށް ޚަރަދުކުރެވޭ ފައިސާކަން ކަށަވަރުކުރުން ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 2026 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް ބޭސްފަރުވާގެ ބޭނުންތަކަށް 41.1 މިލިޔަން އެމެރިކާ ޑޮލަރު ވަނީ ވިއްކާފައެވެ. މިއީ 2025 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ތިން ގުނަ އިތުރު އަދަދެކެވެ. މި އަދަދުގެ ބޮޑު ބައެއް ހިއްސާކުރަނީ އަމިއްލަ ޚަރަދުގައި ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށްދާ މީހުންނަށް ދޫކޮށްފައިވާ ބޭރު ފައިސާއެވެ.

އަމިއްލަ ޚަރަދުގައި ބޭސްފަރުވާއަށްދާ ފަރާތްތަކަށް 1،000 ޑޮލަރު ވިއްކަން ފެށީ 2025 ވަނަ އަހަރުގެ އޮގަސްޓް މަހުން ފެށިގެންނެވެ. އެމްއެމްއޭއިން ފާހަގަކުރި ގޮތުގައި އެ ނިންމުމާއެކު ބޭސްފަރުވާއަށް ޑޮލަރު ވިއްކި މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން ހިނގާ 2026 ވަނަ އަހަރުގެ ސެޕްޓެންބަރުގެ ނިޔަލަށް އެކަނިވެސް އަމިއްލަ ޚަރަދުގައި ފަރުވާއަށް ދިޔަ ފަރާތްތަކަށް 29.2 މިލިޔަން ޑޮލަރު ވިއްކާފައިވެއެވެ.

އަމިއްލަ ޚަރަދުގައި ދަތުރުކުރާ ފަރާތްތަކަށް ކުރިއެކޭ އެއްގޮތަށް ބޭންކުތައް މެދުވެރިކޮށް 1،000 ޑޮލަރު ދޫކުރަމުންދާއިރު، އާސަންދަ މެދުވެރިކޮށް ބޭސްފަރުވާއަށްދާ ފަރާތްތަކަށް ކަނޑައަޅާފައިވާ 2،000 ޑޮލަރު ކުރިއެކޭ އެއްގޮތަށް ލިބެމުންދާނެ ކަމަށްވެސް އެމްއެމްއޭއިން ވަނީ ވިދާޅުވެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބޭސްފަރުވާއަށް ދޫކުރާ 1،000 ޑޮލަރުގެ އުސޫލު ހަރުދަނާކޮށް، ޚާއްޞަ 6 ޤައުމަކަށް ކަނޑައަޅައިފިޚަބަރު | 2 ގަޑިއިރު ކުރިންއެމްއެމްއޭ ފިންލިޓް ފެސްޓިވަލްގެ އާޓް މުބާރާތުގައި ބައިވެރވުމުގެ ފުރުސަތު ހުޅުވާލައިފިޚަބަރު | 9 ދުވަސް ކުރިންއެމްއެމްއޭ ރިސާޗް ގްރާންޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިޚަބަރު | 20 ދުވަސް ކުރިންލައިސަންސް ނެތި ބޭރު ފައިސާ މާރުކުރުމުގެ މުއާމަލާތްތައް ނުކުރުމަށް އެމްއެމްއޭއިން އިލްތިމާސްކޮށްފިޚަބަރު | މަހެއް ކުރިން