logo
Bank of Maldives

Bank of Maldives

ޚަބަރު

އެމްއެމްއޭ ރިސާޗް ގްރާންޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އަޙުމަދު ރަފީޢު
23 ސެޕްޓެމްބަރު 2026 - 16:28
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ

އެމްއެމްއޭ ރިސާޗް ފަންޑުން މިއަހަރުގެ ގްރާންޓަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

މި ފަންޑުގެ ދަށުން އިންޑިޕެންޑެންޓް ރިސާޗް ގްރާންޓާއި ފޮތް ލިޔުމުގެ ގްރާންޓަށް ޕްރޮޕޯސަލް ހުށަހެޅޭނެއެވެ. މި ގްރާންޓަށް ކަޑައަޅާފައިވާ ޖުމްލަ އަދަދަކީ 5 މިލިއަން ރުފިޔާއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމްއެމްއޭ ރީސާޗް ފަންޑް ޕޯޓަލް މެދުވެރިކޮށް ފަންޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަފައިވަނީ ކުރިއަށް އޮތް އޮކްޓޫބަރު 13 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ގްރާންޓްތަކުގެ މަގުސަދަކީ ޢިލްމީ ދިރާސާ އަދި ހެކިތަކަށް ބިނާކޮށް ސިޔާސަތު ކަނޑައެޅުމަށް އެހީތެރިވެދޭ ދިރާސާ ކަރުދާސް އަދި ފޮތް ލިޔުމަށް ހިތްވަރުދިނުމާއި، ވަކިން ޚާއްސަކޮށް ދިވެހިރާއްޖޭގެ އިގްތިޞާދީ އަދި މާލީ ހަމަޖެހުން ކުރިއެރުވުމަށް އީޖާދީ މަތީ ފެންވަރުގެ ދިރާސާތައް ކުރުމަށް ހިތްވަރުދިނުމެވެ.  

މި ފަންޑަށް އަމިއްލަ ފަރުދުންނަށާއި ތައުލީމީ އިދާރާތަކާއި ތިންކު ޓޭންކުތަކަށް ކުރިމަތިލޭވޭނެއެވެ. އެމްއެމްއޭއިން ބުނި ގޮތުގައި މި ފަންޑަށް ހުށަހަޅާ ޓީމުތައް ލީޑުކުރާ ފަރާތަކީ މާސްޓަރސް ޑިގްރީއެއް ނުވަތަ އެއަށް ވުރެ މަތީ ސަނަދެއް އޮތް ފަރުދަކަށް ވާންޖެހެއެވެ. އަދި ޕީއެޗްޑީ އޮންނަ ފަރާތްތަކުން މި ފަންޑަށް ކުރިމަތިލުމަށް އެ އޮތޯރިޓީން ހިތްވަރުދެ އެވެ.  

އެމްއެމްއޭއިން ބުނި ގޮތުގައި ރިސާޗް ގްރާންޓްގައި އެންމެ ބޮޑަށް ބަލާނީ އެމްއެމްއޭގެ މަގްސަދުތަކާއި ގައުމަށް އެންމެ ބޭނުންޖެހިފައިވާ ދާއިރާތަކަށެވެ. ނަމަވެސް އެހެން ދާއިރާތަކުންވެސް ރިސާޗް ގްރާންޓަށް ކުރިމަތިލެވޭނެއެވެ. އެ އޮތޯރިޓީން ފާހަގަކޮށްފައިވާ ބައެއް ދާއިރާތަކަކީ؛

·         އިގްތިޞާދީ ހަމަޖެހުން، މަނިޓަރީ ސިޔާސަތު، އަދި އިންފްލޭޝަން ޑައިނަމިކްސް

·         މާލީ ދާއިރާގެ ވިލުންވެރިކަން، ގާނޫނުތަކާއި، އީޖާދުތައް

·         ޑިޖިޓަލައިޒޭޝަން، ފިންޓެކް، އަދި މާލީ ބައިވެރިވުން

·         ފަތުރުވެރިކަމާއި ދެމެހެއްޓެނިވި އިޤްތިޞާދު

·         އިސްލާމީ މާލިއްޔަތާއި ދެމެހެއްޓެނިވި ތަރައްގީ

·         ވަޒީފާގެ ބާޒާރާއި ތަޢުލީމީ ދާއިރާ

·         ބޯހިޔާވަހިކަމާއި، އަރބަން ޑިވެލޮޕްމަންޓް އަދި ސްޕޭޝިއަލް އިކޮނޮމިކްސް

·         ސިއްޙީ ދާއިރާ، ދައުލަތުގެ ޚަރަދު، އަދި އިޖްތިމާއި ރައްކާތެރިކަން

އެމްއެމްއޭގެ ރިސާޗް ފަންޑަކީ 2024 ވަނަ އަހަރުގެ ޑިސެންބަރު މަހު އެ އޮތޯރިޓީގެ ރިސާޗް ކޮންފަރެންސްގައި އިފްތިތާޙް ކޮށްފައިވާ ފަންޑެކެވެ. މި ފަންޑުގެ ފުރަތަމަ ބުރު ހުޅުވާލާފައިވަނީ 2025 ވަނަ އަހަރެވެ. މިގޮތުން 2025 ވަނަ އަހަރު މި ފަންޑުގެ ދަށުން 6 ރިސާޗް ޕްރޮޕޯސަލް އަދި އެއް ފޮތް ގްރާންޓް އެވޯޑު ކޮށްފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްއެމްއޭ ރިސާޗް ގްރާންޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިޚަބަރު | ގަޑިއިރެއް ކުރިންލައިސަންސް ނެތި ބޭރު ފައިސާ މާރުކުރުމުގެ މުއާމަލާތްތައް ނުކުރުމަށް އެމްއެމްއޭއިން އިލްތިމާސްކޮށްފިޚަބަރު | 14 ދުވަސް ކުރިންބޭންކަށް ޑޮލަރު މާރުނުކުރަނީ ރަހާ އާއި ސައުތު ޕާމް ރިސޯޓުންޚަބަރު | މަހެއް ކުރިންގަވާއިދާ ޚިލާފުވެގެން ""އެކްސްޕްރެސް މަނީ އެކްސްޗޭންޖް " ގެ ލައިސަންސް ބާތިލްކޮށްފިޚަބަރު | މަހެއް ކުރިން