logo
MPL

MPL

ވިޔަފާރި

ބޭރު ފައިސާ މާރުކުރުމުގެ ހުއްދަ އޮތް ފަރާތްތަކަށް ހާއްސަ ސިސްޓަމެއް

އަޙުމަދު ރަމީޒު
5 ނޮވެމްބަރު 2026 - 13:58
ބޭރު ފައިސާ މާރުކުރުމުގެ ހުއްދަ އޮތް ފަރާތްތަކަށް ހާއްސަ ސިސްޓަމެއް

އެމްއެމްއޭ އިން މަނީ ޗޭންޖިން ވިޔަފާރިކުރުމުގެ ލައިސަންސް ދީފައިވާ ފަރާތްތަކުގެ މަސައްކަތްތައް ޒަމާނީކޮށް ހަރުދަނާކުރުމުގެ ގޮތުން "މަނީ ޗޭންޖަރ ސިސްޓަމް" އިފްތިތާހުކޮށްފި އެވެ.

މި ސިސްޓަމް އިފްތިތާހުކޮށްދެއްވީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޑެޕިއުޓީ ގަވަރުނަރު އައިޝަތު އަސްނާ ހަމްދީއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއީ މަނީ ޗޭންޖިން ވިޔަފާރިކުރާ ފަރާތްތަކުގެ އިދާރީ އަދި އޮޕަރޭޝަނަލް މަސައްކަތްތައް ޑިޖިޓަލް ކުރުމަށް ފަރުމާކޮށްފައިވާ ޕްލެޓްފޯމެކެވެ.

އެމްއެމްއޭ އިން ބުނީ މި ސިސްޓަމްގެ ސަބަބުން، އިދާރީ މަސައްކަތްތައް އޮޓޮމޭޓްކުރެވި، އެމްއެމްއޭ އާއި ލައިސަންސް އޮންނަ ފަރާތްތަކާ ދެމެދު ކުރެވޭ މުއާމަލާތްތައް އަވަސްވެ ފަސޭހަކަމާއެކު ކުރެވިގެންދާނެ ކަމަށެވެ.

މުއާމަލާތްތައް ރިކޯޑްކުރުމަށާއި ރިޕޯޓްކުރުމަށް ވެސް ފަސޭހަވެގެންދާނެ ކަމަށް އެމްއެމްއޭ އިން ބުނެ އެވެ. އެ ގޮތުން މި ސިސްޓަމް މެދުވެރިކޮށް ގަވާއިދުން ފޮނުވަންޖެހޭ މައުލޫމާތުތައް ހިއްސާކުރުމުގެ އިތުރުން، ފައިސާ މާރުކުރުމުގެ މުއާމަލާތްތަކުގެ ރިޕޯޓުތައް ހުށަހެޅޭނެއެވެ. މީގެ ސަބަބުން މި ދާއިރާގެ ކަންކަން ސުޕަވައިޒްކޮށް ބެލެހެއްޓުމުގައި އިތުރު ފަސޭހަތަކެއް ލިބި މާލީ ދާއިރާ އިތުރަށް ހަރުދަނާވުމަށް މަގުފަހިވެގެންދާނެކަމަށް އެމްއެމްއޭއިން ދެކެ އެވެ.

ކުރިއަށް އޮތް ޑިސެމްބަރު އެއްވަނަ ދުވަހުން ފެށިގެން މަނީ އެކްސްޗޭންޖް ލައިސަންސް އޮންނަ ހުރިހާ ފަރާތްތަކަކުން ވެސް މުއާމަލާތްތައް ރެކޯޑްކޮށް ރިޕޯޓް ކުރުމަށް ބޭނުންކުރާނީ މަނީ ޗޭންޖަރ ސިސްޓަމް ކަމަށްވެސް އެމްއެމްއޭ އިން ބުންޏެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބޭރު ފައިސާ މާރުކުރުމުގެ ހުއްދަ އޮތް ފަރާތްތަކަށް ހާއްސަ ސިސްޓަމެއްވިޔަފާރި | 14 މިނިޓު ކުރިންބޭރު ފައިސާ މާރުކުރާ ކުންފުންޏެއް ޖޫރިމަނާކޮށް، ލައިސަންސް ހިފަހައްޓައިފިވިޔަފާރި | 17 ދުވަސް ކުރިންބާޒާރުގައި 5 ރުފިޔާގެ ނޫޓު މަދުވުމުން އާ ސްޓޮކެއް ގެނެސްފިވިޔަފާރި | 22 ދުވަސް ކުރިންބޭސްފަރުވާއަށް ދޫކުރާ 1،000 ޑޮލަރުގެ އުސޫލު ހަރުދަނާކޮށް، ޚާއްޞަ 6 ޤައުމަކަށް ކަނޑައަޅައިފިޚަބަރު | 23 ދުވަސް ކުރިން