ބާޒާރުގައި 5 ރުފިޔާގެ ނޫޓު މަދުވުމުން އާ ސްޓޮކެއް ގެނެސްފި
14 އޮކްޓޯބަރު 2026 - 05:17

ފަސްރުފިޔާގެ ނޫޓުތައް ބާވެ ހަލާކުވުމާ ގުޅިގެން ބާޒާރުގައި ދައުރުވާ ފަސް ރުފިޔާގެ ނޫޓު ވަރަށް ބޮޑަށް މަދުވެފައިވުމާއެކު، ފަސް ރުފިޔާގެ ނޫޓުގެ އާ ސްޓޮކެއް ގެނެސްފިއެވެ.
މަރުކަޒީ ބޭންކް -- އެމްއެމްއޭ އިން މައުލޫމާތު ދިން ގޮތުގައި މި ނޫޓް ދައުރުކުރުމަށް ނިންމާފައިވަނީ މާދަމާއިން ފެށިގެންނެވެ.
.png&w=750&q=75)
Ad by Hajj Corporation
އެމްއެމްއޭ އިން ބުނި ގޮތުގައި އިގްތިސާދުގައި އުފެދޭ ނަގުދު ފައިސާގެ ޑިމާންޑާ އެއްވަރަށް ނޫޓު ފޯރުކޮށްދިނުމަށްޓަކައި އެ އޮތޯރިޓީން އަބަދު ވެސް ދަނީ މަސައްކަތް ކުރަމުންނެވެ.
ފަސް ރުފިޔާގެ ނޫޓަކީ ގިނަ އަދަދަކަށް އެ އޮތޯރިޓީން އާންމުންނާއި ވިޔަފާރިތަކަށް ދޫކުރާ ނޫޓެއް ކަމަށް އެމްއެމްއޭ އިން ބުންޏެވެ.
މަރުކަޒީ ބޭންކުން ބުނީ ފަސް ރުފިޔާގެ ސްޓޮކް އެމްއެމްއޭގައި މަދުވެފައިވަނީ ބާޒާރުކުރުމުގައި އާންމު ގޮތެއްގައި ބޭނުންކުރާ ނޫޓަކަށް އެ ނޫޓު ވާއިރު، ބޭންކުތައް މެދުވެރިކޮށް އެމްއެމްއޭއަށް ފަސް ރުފިޔާގެ ނޫޓު ޖަމާކުރާ މިންވަރު މަދުވުމުން ކަމަށެވެ.
އަލުން ގެނައި ފަސް ރުފިޔާގެ ނޫޓުގައިވާ ތާރީޚަކީ 31 ޖުލައި 2025، 6 ޞަފަރު 1447 އެވެ. އަދި ސޮއިކުރައްވާފައިވަނީ އެމްއެމްއޭގެ ގަވަރުނަރު އަހްމަދު މުނައްވަރެވެ.
އެމްއެމްއޭއިން ބުނި ގޮތުގައި މިއަދު ގެނައި ފަސް ރުފިޔާގެ ސްޓޮކަކީ އެ އޮތޯރިޓީން ރަންދިހަފަހެއް ނޫޓު ސީރީޒްގެ 5 ރުފިޔާ 2017ގައި ނެރުނު ފަހުން އޭގެ އާ ސްޓޮކެއް ގެނައި ފުރަތަމަ ފަހަރެވެ.
މާދަމާ ދައުރުކުރުމަށް ނެރޭ ފަސް ރުފިޔާގައި ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވާއިރު މި ނޫޓާއެކު މިހާރު ދައުރުވަމުންދާ 5 ރުފިޔާގެ ނޫޓު ވެސް ބޭނުންކުރާނެއެވެ.

-01.jpg&w=3840&q=75)
