logo
MPL

MPL

ޚަބަރު

ލައިސަންސް ނެތި ބޭރު ފައިސާ މާރުކުރުމުގެ މުއާމަލާތްތައް ނުކުރުމަށް އެމްއެމްއޭއިން އިލްތިމާސްކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
9 ސެޕްޓެމްބަރު 2026 - 17:18
ލައިސަންސް ނެތި ބޭރު ފައިސާ މާރުކުރުމުގެ މުއާމަލާތްތައް ނުކުރުމަށް އެމްއެމްއޭއިން އިލްތިމާސްކޮށްފި

ދިވެހިރާއްޖޭގައި ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ނެތި އެފަދަ ވިޔަފާރިކުރާ ފަރާތްތަކާއެކު އެއްވެސް މުއާމަލާތެއް ނުކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެމްއެމްއޭއިން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، ދިވެހިރާއްޖޭގައި ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރި ކުރަންވާނީ އެ އޮތޯރިޓީން ދޫކުރާ ލައިސަންސެއް އޮވެގެންކަން ޤާނޫނު ނަންބަރު 32/2024 (ބޭރު ފައިސާއާބެހޭ ޤާނޫނު) އަދި މަނީ ޗޭންޖިންގ ވިޔަފާރިއާބެހޭ ގަވާއިދުގައި ވަނީ ސާފުކޮށް ބަޔާންކޮށްފައެވެ. ނަމަވެސް، ބައެއް ފަރާތްތަކުން ލައިސަންސް ނެތި ބޭރު ފައިސާ މާރުކުރުމުގެ މުއާމަލާތްތައް ކުރަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މަރުކަޒީ ބޭންކުން ބުނީ މިއީ ދިވެހިރާއްޖޭގެ ޤާނޫނުތަކުގެ ދަށުން ކުށެއް ކަމަށެވެ. އެހެންކަމުން އެއްވެސް ފަރާތަކުން އެމްއެމްއޭގެ ލައިސަންސް ނެތި ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރިކުރާ ފަރާތްތަކާއެކު އެފަދަ އެއްވެސް މުއާމަލާތެއް ނުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ދިވެހިރާއްޖޭގައި ބޭރުފައިސާ މާރުކުރުމުގެ ވިޔަފާރި ކުރުމުގެ ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކުގެ އަދާހަމަ ލިސްޓް އެ އޮތޯރިޓީގެ ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށް އެމްއެމްއޭއިން ބުނެއެވެ. އަދި މިހާތަނަށް ލައިސަންސް ދޫކުރެވިފައިވާ 59 ފަރާތެއްގެ މަޢުލޫމާތު ވަނީ އާންމުކޮށްފައެވެ.

އެހެންކަމުން، ބޭންކެއް ފިޔަވައި އެހެން ފަރާތަކާއެކު ބޭރު ފައިސާ މާރުކުރުމުގެ މުއާމަލާތެއް ކުރާނަމަ، އެ މުއާމަލާތް ކުރެވެނީ ލައިސަންސް ލިބިފައިވާ ފަރާތަކާއެކު ކަން ކަށަވަރުކޮށް، ޤާނޫނާއި ގަވާއިދާ އެއްގޮތަށް އަމަލުކުރުމަށް އެމްއެމްއޭއިން ވަނީ ހަނދާންކޮށްދީފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްއެމްއޭ ފިންލިޓް ފެސްޓިވަލްގެ އާޓް މުބާރާތުގައި ބައިވެރވުމުގެ ފުރުސަތު ހުޅުވާލައިފިޚަބަރު | 2 ދުވަސް ކުރިންއެމްއެމްއޭ ރިސާޗް ގްރާންޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިޚަބަރު | 13 ދުވަސް ކުރިންލައިސަންސް ނެތި ބޭރު ފައިސާ މާރުކުރުމުގެ މުއާމަލާތްތައް ނުކުރުމަށް އެމްއެމްއޭއިން އިލްތިމާސްކޮށްފިޚަބަރު | މަހެއް ކުރިންބޭންކަށް ޑޮލަރު މާރުނުކުރަނީ ރަހާ އާއި ސައުތު ޕާމް ރިސޯޓުންޚަބަރު | މަހެއް ކުރިން