logo
Bank of Maldives

Bank of Maldives

ޚަބަރު

ބޭރު ފައިސާއިން ލިބުނު އާމްދަނީ 39 އިންސައްތަ އިތުރުވެއްޖެ

އައިމިނަތު މޫސާ
18 އޮކްޓޯބަރު 2025 - 11:11
މީރާގެ ސާރވިސް ސެންޓަރ
މީރާގެ ސާރވިސް ސެންޓަރ

މި އަހަރުގެ މިހާތަނަަށް ދައުލަތަށް ބޭރު ފައިސާއިން ލިބުނު އާމްދަނީ 39.1 އިންސައްތަ އިތުރުވެފައިވާކަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. 

މީރާގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން ސެޕްޓެންބަރުގެ ނިޔަލަށް މީރާއަށް 1.1 ބިލިއަން ޑޮލަރު ލިބިފައިވެއެވެ. 2024 ވަނަ އަހަރުގެ އެ މުއްދަތުގައި މީރާއަށް ލިބުނީ 804 މިލިއަން ޑޮލަރެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެހެންކަމުން މި އަހަރުގެ އެ މުއްދަތުގައި މީރާއަށް ލިބުނު އާމްދަނީ ނިމުނު އަހަރު ލިބުނު އާމްދަނީއަށްވުރެ 39.1 އިންސައްތަ އިތުރުވެފައިވެއެވެ. 

ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން އެންމެ ބޮޑު ކުރިއެރުމެއް ލިބިފައިވަނީ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީންނެވެ. އެގޮތުން މި އަހަރު ޓެކުހުގެ ގޮތުގައި ލިބުނު ބޭރު ފައިސާގެ އަދަދު 851.3 މިލިއަން ޑޮލަރަށް އަރާއިރު، ނިމުނު އަހަރުގެ އެ މުއްދަތުގައި ޓެކުހުގެ ގޮތުގައި ލިބުނީ 627.9 މިލިއަން ޑޮލަރެވެ. 

ޑިޕާޗަރ ޓެކުހުގެ ރޭޓުތައް މަތިކުރުމާއި، އާމްދަނީން ނަގާ ޓެކުހުގެ އުސޫލުތަކަށް ގެނެވުނު ބަދަލުތަކާ ގުޅިގެން، މި ދާއިރާތަކުން ލިބުނު އާމްދަނީވެސް ވަނީ ބޮޑުތަނުން އިތުރުވެފައެވެ. ޑިޕާޗަރ ޓެކުހުގެ ގޮތުގައި މި އަހަރު 90.9 މިލިއަން ޑޮލަރު ލިބިފައިވާއިރު، އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި 120.1 މިލިއަން ޑޮލަރު ލިބިފައިވެއެވެ.

އޭގެ އިތުރަށް ގްރީން ޓެކުހުގެ ރޭޓަށް ގެނައި ބަދަލާއެކު މި އަހަރު ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބުނު ބޭރު ފައިސާވެސް ވަނީ އިތުރުވެފައިވެއެވެ. އެގޮތުން ނިމުނު އަހަރު ގްރީން ޓެކުހުގެ ގޮތުގައި 52.7 މިލިއަން ޑޮލަރު ލިބުނު ނަމަވެސް މި އަހަރުގެ ސެޕްޓެންބަރުގެ ނިޔަލަށް 108.6 މިލިއަން ޑޮލަރު ގްރީން ޓެކުހުގެ ގޮތުގައި ލިބިފައިވެއެވެ. 

ގްރީން ޓެކުހުގެ ރޭޓަށް ގެނެވުނު ބަދަލާ ގުޅިގެން، މި އަހަރުގެ ސެޕްޓެންބަރުގެ ނިޔަލަށް 108.6 މިލިއަން ޑޮލަރު ލިބިފައިވާއިރު، ޓީޖީއެސްޓީގެ ގޮތުގައި 531.3 މިލިއަން ޑޮލަރު ލިބިފައިވެއެވެ. މީގެ އިތުރުން، ޓެކުސް ނޫން ގޮތްގޮތުން ލިބުނު އާމްދަނީވެސް 268 މިލިއަން ޑޮލަރަށް އަރާފައިވެއެވެ.

ދައުލަތަށް ލިބޭ ބޭރު ފައިސާގެ އާމްދަނީ އިތުރުވުމާ ގުޅިގެން، ދައުލަތުގެ ބޭރު ފައިސާގެ ރަސްމީ ރިޒާވް 130 އިންސައްތައަށް އިތުރުވެފައިކަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ މާލީ ހިސާބުތަކުން ދައްކައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މުދަލު ޒަކާތް: 10 މަސްތެރޭ 93 މިލިޔަން ރުފިޔާޚަބަރު | 23 ދުވަސް ކުރިންސެޕްޓެމްބަރުގެ ނިޔަލަށް 326 މިލިއަން ޑޮލަރުގެ މުދާ އެކްސްޕޯޓްކޮށްފިޚަބަރު | މަހެއް ކުރިންބޭންކިން ނިޒާމުގެ ތެރެއިން ގެދޮރު ގަތުމަށް ބޭނުންވާ ފައިސާ އަގުހެޔޮކޮށް ހޯދައިދިނުމަށް ފަންޑެއްޚަބަރު | މަހެއް ކުރިންބޭރު ފައިސާއިން ލިބުނު އާމްދަނީ 39 އިންސައްތަ އިތުރުވެއްޖެޚަބަރު | 2 މަސް ކުރިން