logo
Bank of Maldives

Bank of Maldives

ޚަބަރު

ޢީދު ބަންދުގައި ބޭންކުތައް ހުޅުވާނީ މިމަހު 28ގައި

އައިޝަތު ނަޝާ
17 މޭ 2026 - 17:38
ޢީދު ބަންދުގައި ބޭންކުތައް ހުޅުވާނީ މިމަހު 28ގައި

އަޟްޙާ އީދު ބަންދާއި ގުޅިގެން ބޭންކުތައް ހުޅުވާފައި ހުންނާނީ މިމަހުގެ 28 ވަނަ ދުވަހުކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމް.އެމް.އޭއިން ހާމަކޮށްފިއެވެ.

މިއަހަރުގެ އަޟްހާ ޢީދު ދުވަހުގެ މުނާސަބަތުގައި މިމަހުގެ 24އިން 30އަށް ސަރުކާރު ބަންދުވުމާގުޅިގެން ބޭންކިން ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28ވަނަ ދުވަހު ހެނދުނު 8:30އިން މެންދުރުފަހު 2:00އަށެވެ.

މިދުވަހު އާންމުންނަށް ވަކި ލާރިއާއި ނަގުދު ފައިސާ ދޫކުރުމަށް ހަމަޖެހިފައިނުވާތީ، މި ހިނގާ ހަފުތާގެ ތެރޭގައި އަޟުހާ ޢީދުގެ ބަންދުގައި ބޭނުންވާނެކަމަށް އަންދާޒާކުރެވޭ އަދަދަށް އެ އޮތޯރިޓީން ވަކި ލާރިއާއި ނަގުދު ފައިސާ ހޯއްދެވުމަށް އެމްއެމްއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

މިއަހަރުގެ ޙައްޖު ދުވަހަކީ މިމަހުގެ 26 ވަނަ ދުވަހެވެ. އަދި ޢީދު ބަންދާއި ގުޅިގެން މިމަހުގެ 30 ވަނަ ދުވަހާއި ހަމައަށް ސަރުކާރު ބަންދެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ އަށް ޒިޔާރަތްކޮށްގެން، ފައިސާގެ އިނާމުތަކާ އެކު، އަގު ބޮޑު ތި އިނާމުތަކެއް ދެނީޚަބަރު | 3 ގަޑިއިރު ކުރިންދަޢުލަތުގެ ރަސްމީ ރިޒާވްގައި 717.9 މިލިއަން ޑޮލަރުވިޔަފާރި | މަހެއް ކުރިންޢީދު ބަންދުގައި ބޭންކުތައް ހުޅުވާނީ މިމަހު 28ގައިޚަބަރު | މަހެއް ކުރިންކުނޑިކޮށްފައިވާ ފައިސާ ނޫޓުން އުފެއްދުންތައް ތައްޔާރުކުރުމުގެ މުބާރާތެއް އެމްއެމްއޭ އިން ހުޅުވާލައިފިޚަބަރު | 2 މަސް ކުރިން