logo
Bank of Maldives

Bank of Maldives

ޚަބަރު

ކުނޑިކޮށްފައިވާ ފައިސާ ނޫޓުން އުފެއްދުންތައް ތައްޔާރުކުރުމުގެ މުބާރާތެއް އެމްއެމްއޭ އިން ހުޅުވާލައިފި

މަރިޔަމް މާޙީ
9 މޭ 2026 - 16:10
ކުނޑިކޮށްފައިވާ ފައިސާ ނޫޓުން އުފެއްދުންތައް ތައްޔާރުކުރުމުގެ މުބާރާތެއް އެމްއެމްއޭ އިން ހުޅުވާލައިފި

ބޭނުންކުރުން ހުއްޓާލާފައިވާ ނޫޓުތަކުގެ ކުނޑި ބޭނުންކޮށްގެން އުފެއްދުންތެރި ފަރުމާތަކާއި ހަނދާނީ ހަދިޔާ ތައްޔާރުކުރުމުގެ މުބާރާތެއް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ހުޅުވާލައިފިއެވެ.

"ކްރާފްޓެޑް ބައި ކަރަންސީ: ޝްރެޑެޑް ނޯޓްސް ރީއިމޭޖިންޑް" ގެ ނަމުގައި ކުރިއަށްގެންދާ މި މުބާރާތަކީ ފަންނުވެރިންނަށާއި، ފަރުމާކުރުންތެރިންގެ އިތުރުން ދަރިވަރުންނަށް ވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލާފައިވާ ފުރުސަތެއް ކަމަށް އެމްއެމްއޭ އިން ވަނީ ބުނެފައެވެ. އަދި މިއީ ބޭނުންކުރުން ހުއްޓާލައި ކުނޑިކޮށްލާފައިވާ ފައިސާ ނޫޓުތައް އުފެއްދުންތެރި ގޮތަކަށް ބޭނުންކުރުމަށް ބާރުއެޅުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެއް ކަމަށް ވެސް ބުންޏެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މުބާރާތާ ގުޅޭގޮތުން އެމްއެމްއޭ އިން ބުނީ، މުބާރާތުގައި އަމިއްލަ ގޮތުން ނުވަތަ ޓީމެއްގެ ގޮތުގައި ވެސް ބައިވެރިވެވޭނެ ކަމަށެވެ. މުބާރާތް ބަހާލެވިފައިވަނީ މައިގަނޑު ދެ ކެޓަގަރީއަކަށެވެ. އެއީ "ސުވެނިއާ ޑިޒައިން އެންޑް ޕްރޮޑަކްޝަން" އާއި "އާޓްވޯކް" ޑިޒައިން ކެޓަގަރީއެވެ.

ސުވެނިއާ ކެޓަގަރީގައި ބައިވެރިވާ ފަރާތްތަކުން ހުށަހަޅަންޖެހެނީ ފައިސާ ނޫޓުގެ ކުނޑި ބޭނުންކޮށްގެން އެމްއެމްއޭގެ ރަސްމީ ހަދިޔާގެ ގޮތުގައި ބޭނުންކުރެވޭނެ ފަދަ ތަކެއްޗެވެ. އަދި އާޓްވޯކް ކެޓަގަރީގައި ހުށަހަޅަންޖެހެނީ ފަންނީ ކުރެހުންތަކާއި ފަރުމާކުރުންތަކެވެ.

މި މުބާރާތުން ހޮވޭ އެންމެ މޮޅެތި އުފެއްދުންތައް މިއަހަރު ބާއްވާ "މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ" ގައި ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، މުބާރާތުގެ ވަނަވަނައަށް ހޮވޭ ފަރާތްތަކަށް ފައިސާގެ އިނާމު ދިނުމަށް ވަނީ ނިންމާފައެވެ. އެގޮތުން:

އެއްވަނަ އަށް ހޮވޭ ފަރާތަކަށް: 10,000 ރުފިޔާ
ދެވަނަ އަށް ހޮވޭ ފަރާތަކަށް: 5,000 ރުފިޔާ
ތިންވަނަ އަށް ހޮވޭ ފަރާތަކަށް: 3,000 ރުފިޔާ

ސުވެނިއާ ކެޓަގަރީން ވަނަވަނައަށް ހޮވޭ ފަރާތްތަކަށް، އެމްއެމްއޭއަށް ބޭނުންވާ ސުވެނިއާތައް އުފެއްދުމުގެ އެއްބަސްވުމެއްގެ ދަށުން މަސައްކަތް ކުރުމުގެ ރަނގަޅު ފުރުސަތެއް ވެސް ލިބިގެންދާނެ ކަމަށް އެމްއެމްއޭ އިން މައުލޫމާތު ދެއެވެ.

މި މުބާރާތުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން އެމްއެމްއޭގެ ވެބްސައިޓުގައިވާ އެޕްލިކޭޝަން ފޯމާއި ޕްރޮޕޯސަލް ފުރިހަމަކުރުމަށްފަހު، 14 މެއިގެ ރޭގަނޑު 11:59 ގެ ކުރިން currency.section@mma.gov.mv އަށް އީމެއިލް ކުރުމަށް އެމްއެމްއޭ އިން ވަނީ އެދިފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުނޑިކޮށްފައިވާ ފައިސާ ނޫޓުން އުފެއްދުންތައް ތައްޔާރުކުރުމުގެ މުބާރާތެއް އެމްއެމްއޭ އިން ހުޅުވާލައިފިޚަބަރު | 4 ގަޑިއިރު ކުރިންއެމްއެމްއޭގެ ވެބްސައިޓަށް ދިމާވި މައްސަލަ ހައްލުކޮށް، ސެކިއުރިޓީ ވަރުގަދަކުރަނީޚަބަރު | 5 ގަޑިއިރު ކުރިންފަވަރައިން މިދިޔަ އަހަރު ދައުރުކުރި ފައިސާގެ އަދަދު ދެ ގުނައަށް އިތުރުވެއްޖެޚަބަރު | ދުވަހެއް ކުރިންމޯލްޑިވްސް ފައިނޭންޝަލް ސެކްޓާ އެވޯޑްސް ތައާރަފްކޮށް، މި އަހަރު 7 އެވޯޑެއް ދޭން ނިންމައިފިޚަބަރު | 5 ދުވަސް ކުރިން