logo
ޔޫރަޕުގައި ބާއްވަން ހަމަޖެހިފައިވާ 2028 ވަނަ އަހަރުގެ ވޯލްޑްކަް ބޮއިކޮޓްކުރަން ޔޫރަޕުގެ ހުރިހާ ޤައުމަކުން ނިންަމައިފިBank of Maldives

Bank of Maldives

ޚަބަރު

ފަވަރަ އާއި ޔޫޕީއައި ގުޅާލައިފި، ދެން ރާއްޖެއިން އިންޑިއާއަށް ސިކުންތުކޮޅެއް ތެރޭ ފައިސާ ޓްރާންސްފަރ ކުރެވޭނެ

އައިޝަތު އިނާޝާ
30 ޖުލައި 2026 - 14:55
ފަވަރަ އާއި ޔޫޕީއައި ގުޅާލައިފި، ދެން ރާއްޖެއިން އިންޑިއާއަށް ސިކުންތުކޮޅެއް ތެރޭ ފައިސާ ޓްރާންސްފަރ ކުރެވޭނެ

ރާއްޖޭގެ ޕޭމަންޓް ސިސްޓަމް "ފަވަރަ" އާއި އިންޑިއާގެ "ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް" (ޔޫޕީއައި) ގުޅާލައި، ސިކުންތުކޮޅެއްގެ ތެރޭގައި އިންޑިއާއަށް ފައިސާ ފޮނުވޭ ޚިދުމަތް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިފްތިތާޚްކޮށްފިއެވެ.

އެކަމަށްޓަކައި މިއަދު މަރުކަޒީ ބޭންކުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި މި ޚިދުމަތް ފައްޓަވައިދެއްވީ އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު އެވެ. މި ރަސްމިއްޔާތުގައި ރާއްޖޭގެ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމްގެ އިތުރުން އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަ ސަފީރު ޖީ. ބާލަސުބްރަމާނިއަން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރާއްޖޭގައި އަލަށް މި ޚިދުމަތް ފަށާފައިވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަދި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އާ އެކުގައެވެ. މި ދެ ބޭންކުގެ ކަސްޓަމަރުންނަށް މިހާރު އިތުރު އެޕްލިކޭޝަނެއް ބޭނުންކުރުމަކާ ނުލައި، ބޭންކުގެ މޮބައިލް އެޕް ނުވަތަ އިންޓަނެޓް ބޭންކިންގ މެދުވެރިކޮށް އިންޑިއާގެ ޔޫޕީއައި ބޭނުންކުރާ އެކައުންޓްތަކަށް ސީދާ ފައިސާ ފޮނުވޭނެއެވެ.

މި ނިޒާމުގެ ދަށުން ފައިސާ ފޮނުވާ ފަރާތުން ދިވެހި ރުފިޔާ ނުވަތަ އެމެރިކާ ޑޮލަރުން ފައިސާ ދެއްކުމުން، ފައިސާ ލިބޭ ފަރާތުގެ އިންޑިއާ ބޭންކު އެކައުންޓަށް ވަގުތުން ފައިސާ ޖަމާވާނީ އިންޑިއާ ރުޕީސް (އައިއެންއާރް) އިންނެވެ. މިއީ ރާއްޖޭގެ ބޭންކް އެކައުންޓަކުން ހަމަ އެބޭންކުގެ އެހެން އެކަންޓަކަށް ފައިސާ ފޮނުވުން ފަދަ ފަސޭހަ އަދި ރައްކާތެރި މުޢާމަލާތެއް ކަމަށް އެމްއެމްއޭއިން ހަމާކުރެއެވެ. 

މި ޚިދުމަތަކީ 24 ޖުލައި 2025 ގައި އެމްއެމްއޭ އާއި އިންޑިއާގެ ނޭޝަނަލް ޕޭމަންޓްސް ކޯޕަރޭޝަންގެ ބައިނަލްއަޤްވާމީ ގޮފި، އެންޕީސީއައި އިންޓަނޭޝަނަލް ޕޭމަންޓްސް ލިމިޓެޑް (އެންއައިޕީއެލް) އާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ފެށި ޚިދުމަތެކެވެ. މި މަޝްރޫޢަކީ އެމްއެމްއޭ، ޕޭމަންޓް މޯލްޑިވްސް، ރިޒާވް ބޭންކް އޮފް އިންޑިއާ، އެންއައިޕީއެލް އަދި ދެ ޤައުމުގެ ކަމާގުޅޭ މާލީ އިދާރާތަކުން ގުޅިގެން ކުރިއަށް ގެންދާ ޚިދުމަތެކެވެ. އަދި އެމްއެމްއޭއިން ފާހަގަކުރި ގޮތުގައި އެންއައިޕީއެލް އާއެކު ހެދުނު އެއްބަސްވުމުގެ ދަށުން މިފަދަ ޚިދުމަތެއް މިހާ އަވަހަށް ފެށިގެންދިޔަ ފުރަތަމަ ޤައުމަކީވެސް ދިވެހިރާއްޖެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަވަރަ އާއި ޔޫޕީއައި ގުޅާލައިފި، ދެން ރާއްޖެއިން އިންޑިއާއަށް ސިކުންތުކޮޅެއް ތެރޭ ފައިސާ ޓްރާންސްފަރ ކުރެވޭނެޚަބަރު | ގަޑިއިރެއް ކުރިންމޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ އަށް ދުވާލަކު 5،000 މީހުން ޒިޔާރަތްކުރި: އެމްއެމްއޭޚަބަރު | މަހެއް ކުރިންމިރެއާއި މާދަމާރޭ ހުޅުމާލޭގައި ހަވާއަރުވަނީޚަބަރު | މަހެއް ކުރިންމޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ އަށް ޒިޔާރަތްކޮށްގެން، ފައިސާގެ އިނާމުތަކާ އެކު، އަގު ބޮޑު ތި އިނާމުތަކެއް ދެނީޚަބަރު | މަހެއް ކުރިން