logo
Bank of Maldives

Bank of Maldives

ޚަބަރު

މިރެއާއި މާދަމާރޭ ހުޅުމާލޭގައި ހަވާއަރުވަނީ

އައިޝަތު އިނާޝާ
3 ޖުލައި 2026 - 07:15
މިރެއާއި މާދަމާރޭ ހުޅުމާލޭގައި ހަވާއަރުވަނީ

މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯގައި މިރޭ ހަވާ އަރުވަން ނިންމާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފްއިން ބުނިގޮތުގައި މިރޭ ހަވާއަރުވާނީ 22:00 ހާއިރު، ހުޅުމާލޭ އިރުމަތީ ފަރާތުގައި ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވިޔަފާރި އުސޫލުން ޕްރައިވެޓް އިވެންޓަކަށް ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން ކުރިއަށްގެންދާ މި ހަރަކާތް ކުރިއަށް ދާނީ 3 މިނެޓެއް ހާއިރު ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

އެމްއެމްއޭގެ މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ ބުރާސްފަތި ދުވަހު ފަށާފައިވާއިރު ހޮނިހިރު ދުވަހުގެ ނިޔަލަށް މި އެކްސްޕޯ ކުރިއަށްދާނެއެވެ. އެކްސްޕޯ މިއަދު ކުރިއަށް ދާނީ ކުޑަކުދީންނަށް ހާއްސަ ގިނަ ކަންތައްތަކެއް ހިމަނައިގެން ކުޑަކުދިންގެ ހަވީރަކާއެކުއެވެ. އަދި މިރެއާއި މާދަމާރޭ ހަވާ އަރުވަން ނިންމާފައިވާއިރު، ހަވާ އަރުވާނީ ރޭގަނޑު 10:00 ގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

މި އަހަރުގެ އެކްސްޕޯގެ މާލީ ދާއިރާގެ 30 އިދާރާއަކުން ބައިވެރިވެއެވެ. އެ އެކްސްޕޯ އާންމުންނަށް ހުޅުވާލެވިފައި ހުންނާނީ ކޮންމެ ދުވަހަކު ހަވީރު 3:00 އިން ރޭގަނޑު 10:00އަށެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ އެ ހަރަކާތަކީ ބޭންކުތަކާއި އިންޝުއަރެންސް ކުންފުނިތަކާއި ރެގިއުލޭޓަރީ އިދާރާތަކާއި މަތީ ތައުލީމު ފޯރުކޮށްދޭ ފަރާތްތަކުގެ އިތުރުން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކާ އާންމުން ގުޅުވައިދީ، މާލީ ހޭލުންތެރިކަމާއި އާ އީޖާދުތައް ކުރިއެރުވުމަށް ބާއްވާ ހަރަކާތެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިގްތިސާދު ތެރޭގައި ދައުރުވާ ފައިސާ މަދުކުރުމަށް އެމްއެމްއޭގެ މަނިޓަރީ ޕޮލިސީ އިތުރަށް ހަރުދަނާކޮށްފި ޚަބަރު | 20 ގަޑިއިރު ކުރިންގެއްލުނު މީހުން ހޯދަން ބޮޑު ސަރަހައްދެއް ބަލައިފިޚަބަރު | 21 ގަޑިއިރު ކުރިންފަވަރަ އާއި ޔޫޕީއައި ގުޅާލައިފި، ދެން ރާއްޖެއިން އިންޑިއާއަށް ސިކުންތުކޮޅެއް ތެރޭ ފައިސާ ޓްރާންސްފަރ ކުރެވޭނެޚަބަރު | 9 ދުވަސް ކުރިންމަސްދޯންޏަކުން ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިއްޖެޚަބަރު | 19 ދުވަސް ކުރިން