މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ އަށް ދުވާލަކު 5،000 މީހުން ޒިޔާރަތްކުރި: އެމްއެމްއޭ
4 ޖުލައި 2026 - 06:57

މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯގެ ފުރަތަމަ ދުވަހު ގާތްގަނޑަކަށް 5،000 މީހުން ޒިޔާރަތްކޮށްފައިވާ ކަމަށް މަރުކަޒީ ބޭންކް އެމްއެމްއޭއިން ބުނެފި އެވެ.
މެންދުރު ޓީވީ އަށް މައުލޫމާތު ދެމުން އެމްއެމްއޭގެ ފައިނޭންޝަލް ސެކްޓަރ ޑިވެލޮޕްމަންޓްގެ މެނޭޖިން ޑައިރެކްޓަރު އިބްރާހިމް ޝައުގީ ވިދާޅުވީ މަރުކަޒީ ބޭންކް އިން ފައިނޭންޝިއަލް އެކްސްޕޯއެއް މި ބާއްވަނީ 10 އަހަރުގެ މެދުކެނޑުމަކަށް ފަހު ކަމަށެވެ. އެގޮތުން މާލީ ދާއިރާ އަށް އަމާޒުކޮށް އެންމެ ފަހުން އެކްސްޕޯއެއް ބާއްވާފައި ވަނީ 2017 ވަނަ އަހަރު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

Ad by Hajj Corporation
އެމްއޭއިން ބުނީ މި އެކްސްޕޯ މެދުވެރިކޮށް، މާލީ ދާއިރާގެ އާ ހިދުމަތްތައް ތައާރަފުކުރުމުގެ އިތުރުން ޒިޔާރާތްކުރާ ފަރާތްތަކަށް މާލީ ދާއިރާ އާ ގުޅުންހުރި ގިނަ މައުލޫމާތުތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި ސްޓޯލްތަކުން އަގު ބޮޑެތި އިނާމުތައް ލިބިގެންދާނެ ކަމަށް އެމްއޭއިން ބުނެ އެވެ. ތިން ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދާ މިއެކްސްޕޯ ނިމޭނީ މިރެ އެވެ. އެކްސްޕޯ ހުޅުވާފައި ހުންނާނީ ހަވީރު 3:00 އިން ފެށިގެން ރޭގަނޑު 10:00 ގެ ނިޔަލަށެވެ.
ޝައުގީ އިތުރަށް ވިދާޅުވި މިއަހަރުގެ އެކްސްޕޯ އަށް ބޮޑު ތަރުހީބެއް ލިބެމެމުން އަންނަ ކަމަށެވެ. މި އެކްސްޕޯގައި މާލީ ދާއިރާގެ ފަރާތްތަކުގެ އިތުރުން މަތީ ތައުލީމުދޭ ފަރާތްތައް ވެސް ބައިވެރިވެފައިވެ އެވެ. އަދި ތާފާތު ކެއުންބުއިމުގެ ސްޓޯލްތަކާއި ކުޑަކުދިންނަށް އަމާޒުކޮށް ކުޅޭ ސަރަހައްދެއްގެ އިތުރުން ސްޓޭޖް ހަރަކާތްތަކާއި ހަވާ އެރުވުން ވެސް މި އެކްސްޕޯއާ ގުޅިގެން ކުރިޔަށް ގެންގޮސްފައިވެ އެވެ.


