logo
Bank of Maldives

Bank of Maldives

ވިޔަފާރި

ދަޢުލަތުގެ ރަސްމީ ރިޒާވްގައި 717.9 މިލިއަން ޑޮލަރު

އެމްއެމްއޭ ހިންގާ އިމާރާތް
އެމްއެމްއޭ ހިންގާ އިމާރާތް

ރާއްޖޭގެ ރަސްމީ ރިޒާވްގައި މިހާރު ހުރީ 717.9 މިލިއަން ޑޮލަރު ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ -އެމްއެމްއޭއިން ބުނެފިއެވެ.

މަރުކަޒީ ބޭންކުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މިދިޔަ އެޕްރީލް މަސް ނިމުނުއިރު ދަޢުލަތުގެ ރަސްމީ ރިޒާވްގައި ހުރީ 717.9 މިލިއަން ޑޮލަރެވެ. މިއީ މާރިޗުމަހު ހުރި 1.3 ބިލިއަން ޑޮލަރާ އަޅާބަލާއިރު ދަށް އަދަދެއް ނަމަވެސް، ސަރުކާރުން ވަނީ ކޮންމެހެން ދައްކަންޖެހޭ ލޯނުތަކެއް މުއްދަތުގެ ތެރޭގައި ދެއްކުމަށް ރިޒާވުގެ ބޭނުންކޮށްފައެވެ.

ރަސްމީ ރިޒާވް ދަށަށް ދިޔައިރު އެޕްރީލް މަހު އެކަނިވެސް ސަރުކާރުން ވަނީ 924 މިލިއަން ޑޮލަރުގެ ބޭރުގެ ދަރަނި ދައްކާފައެވެ.

އެއީ އެޕްރީލް މަހުގެ ދެ ވަނަ ދުވަހު ދެއްކި 524 މިލިއަން ޑޮލަރުގެ ސުކޫކް އަދި އެޕްރީލް 23 ވަނަ ދުވަހު ދެއްކި އިންޑިއާގެ 400 މިލިއަން ޑޮލަރުގެ ސްވޮޕްއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޖުމްލަ ރިޒާވް ދަށަށް ދިއުމާއެކު ބޭނުން ކުރެވޭ ރިޒާވްވެސް މިހާރު ވަނީ ދަށަށް ގޮސްފައެވެ.

އެ ގޮތުން ރަސްމީ ރިޒާވް އާއި އެހެނިހެން ފޮރިން ކަރަންސީ އެސެޓްސްއިން ކުރު މުއްދަތުގެ ދަރަނި އުނިކުރުމުން އެޕްރީލް ނިމުނުއިރު ބޭނުންކުރެވޭ ރިޒާވްގައި ހުރީ 244.27 މިލިއަން ޑޮލަރެވެ.

މި އަހަރުގެ މާރިޗު މަސް ނިމުނުއިރު ބޭނުން ކުރެވޭ ރިޒާވްގައި ހުރީ 408 މިލިއަން ޑޮލަރެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ އަށް ދުވާލަކު 5،000 މީހުން ޒިޔާރަތްކުރި: އެމްއެމްއޭޚަބަރު | 8 ދުވަސް ކުރިންމިރެއާއި މާދަމާރޭ ހުޅުމާލޭގައި ހަވާއަރުވަނީޚަބަރު | 9 ދުވަސް ކުރިންމޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ އަށް ޒިޔާރަތްކޮށްގެން، ފައިސާގެ އިނާމުތަކާ އެކު، އަގު ބޮޑު ތި އިނާމުތަކެއް ދެނީޚަބަރު | 10 ދުވަސް ކުރިންދަޢުލަތުގެ ރަސްމީ ރިޒާވްގައި 717.9 މިލިއަން ޑޮލަރުވިޔަފާރި | 2 މަސް ކުރިން