logo
Bank of Maldives

Bank of Maldives

ޚަބަރު

މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ އަށް ޒިޔާރަތްކޮށްގެން، ފައިސާގެ އިނާމުތަކާ އެކު، އަގު ބޮޑު ތި އިނާމުތަކެއް ދެނީ

އަޙުމަދު ރިޝާން
2 ޖުލައި 2026 - 08:24
މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯގައި ލިބޭ އިނާމުތަކުގެ ޕޯސްޓަރެއް. - ފޮޓޯ/ އެމްއެމްއޭ
މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯގައި ލިބޭ އިނާމުތަކުގެ ޕޯސްޓަރެއް. - ފޮޓޯ/ އެމްއެމްއޭ

މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ކުރިޔަށް ގެންދާ ފައިނޭންޝިއަލް އެކްސްޕޯ އަށް ޒިޔާރަތްކުރާ ފަރާތްތަކަށް އަގު ބޮޑު އިނާމުތަކެއް ލިބޭނެ އެމްއެމްއޭ އިން ބުނެފި އެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކްގައި ކުރިޔަށްދާ މި އެކްސްޕޯގައި ލިބޭ އިނާމުތަކަށް ބަލާއިރު، އެކްސްޕޯ އަށް ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް 25,000 ރުފިޔާގެ އިނާމެއް ދިނުމަށް ނިންމައިފި އެވެ.  މަރުކަޒީ ބޭންކުން ބުނީ އެކްސްޕޯ ކުރިއަށްދާ ކޮންމެ ދުވަހަކުވެސް ގިނަ އަދަދެއްގެ އިނާމުތަކެއް ގުރުއަތުން ހޮވޭ ފަރާތްތަކަށް ބެހުމަށް ނިންމާފައިވާ ކަމަށެވެ. އެކްސްޕޯ ކުރިޔަށްދާނީ މިއަދުން ފެށިގެން ތިން ދުވަހުގެ ނިޔަލަށެވެ. އަދި އެކްސްޕޯ ހުޅުވާފައި ހުންނާނީ ހަވީރު 3:00 އިން ފެށިގެން ރޭގަނޑު 10:00 ގެ ނިޔަލަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އެކްސްޕޯގައި ދިނުމަށް ހަމަޖެހިފައިވާ އިނާމުތަކުގެ ތެރޭގައި ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތަކާއި، ފައިސާގެ އިނާމުތައް ހިމެނެ އެވެ. އެކްސްޕޯ ކުރިޔަށްދާ ކޮންމެ ދުވަހަކު ޒިޔާރަތްކުރާ ފަރާތްތަކަށް، ފަސް އައިޕެޑާއި ދެ މެކްބުކް ނިއޯ އާއި ދެ އެޕަލް އިއާޕޮޑް ވެސް ގުރުން ހޮވޭ ފަރާތްތަކަށް ދިނުމަށް ނިންމާފައިވެ އެވެ.

މާލީ ދާއިރާގެ ގިނަ ފަރާތްތަކެއް އެކުވެގެން ބާއްވާ މި އެކްސްޕޯގައި ލިބޭ ފައިސޭގެ ގިފްޓް ކާޑުތަކަށް ބަލާއިރު، 5،000 ރުފިޔާގެ ތިން ގިފްޓް ކާޑާއި، 1،000 ރުފިޔާގެ 12 ގިފްޓް ކާޑަކާއި، 500 ރުފިޔާގެ 30 ގިފްޓް ކާޑު ދިނުމަށް ނިންމާފައިވެ އެވެ. މީގެ އިތުރުން ހޯރަފުށީ އަރައިކު ބީޗް ވިލެޖްގައި ދެ މީހަކަށް ތިން ރޭގެ ފުލްބޯޑު ޕެކޭޖެއް ވެސް މިއެކްސްޕޯގެ ގުރުން ހޮވޭ ފަރާތަކަށް ދިނުމަށް ނިންމާފައިވެ އެވެ. އެމްއެމްއޭ އިން ބުނީ މިފަދަ އިނާމުތަކެއް ދިނުމުގެ ބޭނުމަކީ މާލީ ދާއިރާއަށް މީހުން އޮންނަ ޝައުގުވެރިކަން އިތުރު ކުރުން ކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ އަށް ޒިޔާރަތްކޮށްގެން، ފައިސާގެ އިނާމުތަކާ އެކު، އަގު ބޮޑު ތި އިނާމުތަކެއް ދެނީޚަބަރު | 2 ގަޑިއިރު ކުރިންދަޢުލަތުގެ ރަސްމީ ރިޒާވްގައި 717.9 މިލިއަން ޑޮލަރުވިޔަފާރި | މަހެއް ކުރިންޢީދު ބަންދުގައި ބޭންކުތައް ހުޅުވާނީ މިމަހު 28ގައިޚަބަރު | މަހެއް ކުރިންކުނޑިކޮށްފައިވާ ފައިސާ ނޫޓުން އުފެއްދުންތައް ތައްޔާރުކުރުމުގެ މުބާރާތެއް އެމްއެމްއޭ އިން ހުޅުވާލައިފިޚަބަރު | 2 މަސް ކުރިން