logo
MPL

MPL

ޚަބަރު

ސެޕްޓެމްބަރުގެ ނިޔަލަށް 326 މިލިއަން ޑޮލަރުގެ މުދާ އެކްސްޕޯޓްކޮށްފި

އައިޝަތު ނަޝާ
9 ނޮވެމްބަރު 2025 - 05:59
ސެޕްޓެމްބަރުގެ ނިޔަލަށް 326 މިލިއަން ޑޮލަރުގެ މުދާ އެކްސްޕޯޓްކޮށްފި

މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖެއިން މުދާ އެކްސްޕޯޓް ކުރި މިންވަރު އިތުރުވެއްޖެ އެވެ.

މަރުކަޒީ ބޭންކް , މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ޖެނުއަރީ އިން ސެޕްޓެމްބަރުގެ ނިޔަލަށް ރާއްޖެއިން 323.6 މިލިއަން ޑޮލަރުގެ މުދާ އެކްސްޕޯޓްކޮށްފައިވެ އެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓްކުރި 284 މިލިއަން ޑޮލަރުގެ މުދަލަށްވުރެ 39.6 މިލިއަން ޑޮލަރު އިތުރު އަދަދެކެވެ. މިއީ 13.9 އިންސައްތައިގެ އިތުރުވުމެކެވެ.

އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު މި އަހަރުގެ އެކްސްޕޯޓްގެ ތެރެއިން 211 މިލިއަން ޑޮލަރަކީ ރި-އެކްސްޕޯޓެވެ. އެ ގޮތުން 167.8 މިލިއަން ޑޮލަރުގެ ޖެޓް ފިއުލް ރި-އެކްސްޕޯޓްކޮށްފައިވެ އެވެ. މީގެ އިތުރުން 104.5 މިލިއަން ޑޮލަރުގެ މަހުގެ ބާވަތް އެކްސްޕޯޓްކޮށްފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމްއެމްއޭއިން ލަފާކޮށްފައިވާ ގޮުތުން، މި އަހަރު އިންފްލޭޝަން ރޭޓް ހުންނާނެ ކަމަށް ބެލެވެނީ 3.9 އިންސައްތައިގައެވެ. އަދި ރާއްޖޭގެ ރަސްމީ ރިޒާވް 705.1 މިލިއަން އެމެރިކާ ޑޮލަރުގައި ހުންނާނެ ކަމަށް އެމްއެމްއޭއިން ލަފާކޮށްފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްއެމްއޭ ފިންލިޓް ފެސްޓިވަލްގެ އާޓް މުބާރާތުގައި ބައިވެރވުމުގެ ފުރުސަތު ހުޅުވާލައިފިޚަބަރު | 2 ދުވަސް ކުރިންއެމްއެމްއޭ ރިސާޗް ގްރާންޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިޚަބަރު | 13 ދުވަސް ކުރިންލައިސަންސް ނެތި ބޭރު ފައިސާ މާރުކުރުމުގެ މުއާމަލާތްތައް ނުކުރުމަށް އެމްއެމްއޭއިން އިލްތިމާސްކޮށްފިޚަބަރު | މަހެއް ކުރިންބޭންކަށް ޑޮލަރު މާރުނުކުރަނީ ރަހާ އާއި ސައުތު ޕާމް ރިސޯޓުންޚަބަރު | މަހެއް ކުރިން