20 ރުފިޔާގެ އައު ސްޓޮކެއް ބާޒާރަށް ނެރެފި
15 ފެބްރުއަރީ 2026 - 07:09

20 ރުފިޔާގެ ނޫޓުގެ ސްޓޮކް މަދުވުމާގުޅިގެން އަލުން ބާޒާރަށް ނެރެފިއެވެ.
އެމްއެމްއޭ އިން ނެރުނު ބަޔާނެއްގައި ބުނީ އެ އޮތޯރިޓީން ނެރެފައިވާ ރަން ދިހަފަހެއް ނޫޓު ސީރީޒްގެ ނޫޓުތަކުގެ ތެރެއިން 20 ރުފިޔާގެ ނޫޓުގެ ސްޓޮކް މަދުވުމުގެ ސަބަބުން މިއަދު އައު ސްޓޮކެއް ރާއްޖެއަށް ގެނެސްފައިވާ ކަމަށެވެ.

Ad by Hajj Corporation
ސްޓޮކް މަދުވުމުން ޗާޕްކޮށްގެން ނޫޓު ގެނައުމަކީ އަބަދުވެސް އެމްއެމްއޭއިން ކުރާ ކަމެކެވެ. އެގޮތުން ދައުރުވާ މިންވަރު މަދުވުވުމުން މި މަހު ކުރީކޮޅު އެމްއެމްއޭއިން ވަނީ 100 ރުފިޔާ ނޫޓުގެ އާ ސްޓޮކެއްވެސް ގެނެސްފައެވެ.
"ރަން ދިހަފަހެއް" ނޫޓު ސީރީޒަކީ ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން 2016 ވަނަ އަހަރު ތައާރަފުކުރި ނޫޓުތަކެކެވެ. ދިވެހި ރުފިޔާގެ އައު ނޫޓް ސީރީޒްގެ ނޫޓްތަކަކީ ކުރިން ބޭނުންކުރި ނޫޓް ސީރީޒްތަކުގެ ނޫޓްތަކާ ހިލާފަށް ރައްކާތެރި، ގެންގުޅެން ފަސޭހަ ޒަމާނީ ފައިސާ ނޫޓްތަކެކެވެ.


