logo
Bank of Maldives

Bank of Maldives

ޚަބަރު

23 އިންސައްތައިގެ ކުރިއެރުމަކާއެކު ރަސްމީ ރިޒާވުގައި 1.27 ބިލިޔަން ޑޮލަރަށް

މުޙައްމަދު އަފްރާޙް
11 މާރިޗު 2026 - 10:37
23 އިންސައްތައިގެ ކުރިއެރުމަކާއެކު ރަސްމީ ރިޒާވުގައި 1.27 ބިލިޔަން ޑޮލަރު

މިއަހަރުގެ ފެބުރުވަރީ މަހުގެ ނިޔަލަށް ދައުލަތުގެ ރަސްމީ ރިޒާވުގައި 1.27 ބިލިޔަން ރުފިޔާ އަށް އަރައިފިއެވެ.

މަރުކަޒީ ބޭންކް، އެމްއެމްއޭގެ ތަފާސްހިސާބުން ދައްކާގޮތުގައި މިދިޔަ މަހުގެ ނިޔަލަށް ރަސްމީ ރިޒާވުގައި ހުރީ 1.27 ބިލިޔަން ޑޮލަރެވެ. އަދި މިއަހަރު ފެށިގެންއައިސް ރަސްމީ ރިޒާވް، އެއް ބިލިޔަން ރުފިޔާ ހުރަސްކޮށްފައިވާއިރު، ޖަނަވަރީ މަހު 1.03 ބިލިޔަން ޑޮލަރު ރަސްމީ ރިޒާވުގައި ހުރިކަަމަށް ތަފާސްހިސާބުން ދައްކައެެވ. މިއީ %23 ގެ ކުރިއެރުމެއް ކަމަށް އެމްއެމްއޭގެ ތަފާސްހިސާބުތަކުން ވަނީ ދައްކާފައެވެ.

އެމްއެމްއޭ ގެ ތަފާސްހިސާބުން ދައްކާގޮތުގައި ބޭނުން ކުރެވޭ ރިޒާވަށްވެސް ވަނީ އިތުރުވެފައެވެ. ބޭނުން ކުރެވޭ ރިޒާވު ގުނަނީ، ރަސްމީ ރިޒާވު އަދި ރަސްމީ ރިޒާވުގައި ނުހިމެނޭ އިންވެސްޓްމެންޓުގެ ގޮތުގައި ހުރި ބޭރުފައިސާގެ އަދަދުން، ކުރިއަށް އޮތް އަހަރު ދުވަހަށް ނުވަތަ އެއަށްވުރެ ކުރު މުއްދަތަށް ދައްކަން ޖެހޭ ބޭރުފައިސާގެ އިލްތިޒާމުތަކަށްވާ އަދަދު ކެނޑުމަށްފަހުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއީ ރިޒާވުން ވަގުތުން ބޭނުން ކުރަން ހުރި އަދަދެވެ. ޖަނަވަރީ މަހުގެ ނިޔަލަށް ކުރު މުއްދަތަށް ދައްކަން ޖެހޭ ބޭރުފައިސާގެ އިލްތިޒާމުތަކަށްވާ އަދަދު ހުރީ، 1.03 މިލިޔަން ޑޮލަރުގައެވެ. މިއާއެކު ބޭނުންކުރެވޭ ރިޒާވުގައި ޖަނަވަރީ މަސް ނިމުނުއިރު، 337 މިލިޔަން ޑޮލަރު ހުރިކަމަށް ދައްކައެެވެ. މިއީ ބޭނުން ކުރެވޭ ރިޒާވު މީގެ 2 އަހަރު ކުރިން ހީނަރުވުމަށް ފަހު މިދިޔަ އަހަރުން ފެށިގެން އަންނަ ހެޔޮ ބަދަލާއެކު އައިސްފައިވާ ކުރިއެރުމެކެވެ. މިއަހަރުގެ ޖަނަވަރީ މަސް ނިމުނުއިރު ބޭނުންކުރެވޭ ރިޒާވުގައި ހުރީ 301.4 މިލިޔަން ޑޮލަރެވެ. އެހެން ކަމުން މިއީ %11.8 ގެ ކުރިއެރުމެކެވެ.

ރާއްޖޭގެ ރިޒާވް ހަރުދަނާވުމަށް މެދުވެރިވި އެއް ސަބަބަކީ ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެފައިވުންކަމަށްވާއިރު، މިިދިޔަ އަހަރު ޖެނުއަރީ މަހު އަމަލުކުރަން ފެށި ބޭރު ފައިސާގެ ޤާނޫނުން ރާއްޖެ އަންނަ ކޮންމެ ފަތުރުވެރިއަކަށް ބޮލަކަށް ޖެހޭ ނިސްބަތުން ބޭންކުތަކަށް ފަތުރުވެރިކަމުން ލިބޭ ބޭރުފައިސާ މާރު ކުރަން ޖެހެއެވެ. މިއާއެކު މިގޮތަށް މާރުކުރެވޭ ޑޮލަރުން އެއްބައި އަނބުރާ ބޭންކުތަކަށް އެމްއެމްއޭއިން ރީއެލޮކޭޓް ކުރެއެވެ. މި ބަދަލާއެކު ރާއްޖޭގެ ބޭންކުތަކުން ބޭރުގައި ފައިސާގެ ލިމިޓުތަކަށް މިދިޔަ އަހަރުތެރޭ ހަރުދަނާ ބަދަލުތަކެއް ވަނީ ގެނެސްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

23 އިންސައްތައިގެ ކުރިއެރުމަކާއެކު ރަސްމީ ރިޒާވުގައި 1.27 ބިލިޔަން ޑޮލަރުޚަބަރު | 2 ގަޑިއިރު ކުރިންރާއްޖޭގެ ރަސްމީ ރިޒަރވް ބިލިޔަނަކަށް ވުރެ މައްޗަށް!ވިޔަފާރި | 18 ދުވަސް ކުރިންއެމްއެމްއޭއިން ރޯދަ މަހު ބޭންކުތަކަށް ދޫކުރާ ޑޮލަރު އިތުރުކޮށްފިޚަބަރު | 21 ދުވަސް ކުރިން20 ރުފިޔާގެ އައު ސްޓޮކެއް ބާޒާރަށް ނެރެފިޚަބަރު | 24 ދުވަސް ކުރިން