logo
Bank of Maldives

Bank of Maldives

ޚަބަރު

ބޭނުން ކުރެވޭ ރިޒާވް އިތުރުވެ، ރަސްމީ ރިޒާވަށް ހެޔޮ ބަދަލެއް

މުޙައްމަދު އަފްރާޙް
19 އޭޕްރީލު 2026 - 10:52
ބޭނުން ކުރެވޭ ރިޒާވް އިތުރުވެ، ރަސްމީ ރިޒާވަށް ހެޔޮ ބަދަލެއް

ރާއްޖޭގެ ބޭނުން ކުރެވޭ ރިޒާވް އިތުރުވެ، ރަސްމީ ރިޒާވަށް ހެޔޮ ބަދަލެއް އައިސްފައިވާކަމަށް މަރުކަޒީ ބޭންކުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެމްއެމްއޭގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މިދިޔަ މާރިޗު މަހުގެ ނިޔަލަށް ބޭނުން ކުރެވޭ ރިޒާވް 400 މިލިޔަން ޑޮލަރަށް ވުރެ ވަނީ އިތުރުވެފައެވެ. އަދި ރަސްމީ ރިޒާވް ވަނީ އޭގެ ކުރީ މަހާއި އަޅާބަލާއިރު އިތުރުވެފައެވެ. އެގޮތުން މިދިޔަ ފެބްރުއަރީ މަހުގެ ނިޔަލަށް، ރަސްމީ ރިޒާވުގައި 1.27 ބިލިޔަން ރުފިޔާ ހުރިނަމަވެސް މާރިޗު މަހު މިއަދަދު އިތުރުވެ، 1.33 ބިލިޔަން ރުފިޔާއަށް އިތުރުވެފައިވާކަމަށް ތަފާސްހިސާބުން ދައްކައެވެ. މިއީ %4.7 ގެ ކުރިއެރުމެއް ކަމަށްވާއިރު، މިއީ ރަސްމީ ރިޒާވް މިހާތަނަށް އެންމެ މަތިވި ފަހަރު ވެސް މެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރަސްމީ ރިޒާވަށް ހެޔޮ ބަދަލެއް އައިސްފައިވާއިރު، ބޭނުން ކުރެވޭ ރިޒާވަށްވެސް ވަނީ އިތުރުވެފައެވެ. ބޭނުން ކުރެވޭ ރިޒާވު ގުނަނީ، ރަސްމީ ރިޒާވު އަދި ރަސްމީ ރިޒާވުގައި ނުހިމެނޭ އިންވެސްޓްމެންޓުގެ ގޮތުގައި ހުރި ބޭރުފައިސާގެ އަދަދުން، ކުރިއަށް އޮތް އަހަރު ދުވަހަށް ނުވަތަ އެއަށްވުރެ ކުރު މުއްދަތަށް ދައްކަން ޖެހޭ ބޭރުފައިސާގެ އިލްތިޒާމުތަކަށްވާ އަދަދު ކެނޑުމަށްފަހުއެވެ.

މިއީ ރިޒާވުން ވަގުތުން ބޭނުން ކުރަން ހުރި އަދަދެވެ. ފެބުރުވަރީ މަހުގެ ނިޔަލަށް ކުރު މުއްދަތަށް ދައްކަން ޖެހޭ ބޭރުފައިސާގެ އިލްތިޒާމުތަކަށްވާ އަދަދު ހުރީ، 1.03 ބިލިޔަން ޑޮލަރުގައެވެ. ރަސްމީ ރިޒާވް ހަރުދަނާވުމާއެކު ދައުލަތުގެ ބޭނުންކުރެވޭ ރިޒާވަށް ވަނީ ކުރިއެރުން ލިބިފައެވެ. މިދިޔަ ފެބުރުވަރީ މަހުގެ ނިޔަލަށް، ބޭނުން ކުރެވޭ ރިޒާވުގައި ހުރީ، 337 މިލިޔަން ޑޮލަރުގައެވެ. ނަމަވެސް މާރިޗު މަހުގެ ނިޔަލަށް މިއަދަދު 400 މިލިޔަން ޑޮލަރު ހުރަސްކޮށްފައިވެއެވެ. މާރިޗުގެ ނިޔަލަށް ބޭނުން ކުރެވޭ ރިޒާވުގައި ގާތް ގަނޑަކަށް، 409 މިލިޔަން ޑޮލަރު ހުރިއިރު، މިއީ %21.3 ގެ ކުރިއެރުމެކެވެ.

ރަސްމީ ރިޒާވަށް ކުރިއެރުން އައިސްފައިވާއިރު މާރިޗު މަހުގެ ނިޔަލަށް ހުރި މި އަދަދުތަކަކީ ރާއްޖެއިން މިހާތަނަށް ދައްކަން ޖެހެނު އެންމެ ބޮޑު ދަރަނި ކަމުގައިވާ 500 މިލިޔަން ޑޮލަރުގެ ސުކޫކް އަނބުރާ ދެއްކުމުގެ ކުރިން ހުރި އަދަދެވެ. ގާތްގަނޑަކަށް މުޅި 8.1 ބިލިޔަން ރުފިޔާ މި ދަރަނީ ދެއްކުމަށް ހޭދަކޮށްފައިވާއިރު، މި ދަރަނި ދެއްކުމަށް ތައްޔާރުވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. މި ދަރަނި އަދާކޮށްފައިވަނީ ސޮވެރިން ޑިވެލޮޕްމެންޓް ފަންޑާއި ދައުލަތުގެ ރިޒާވު ބޭނުންކޮށްގެން ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

ދަރަނި ދެއްކުމަށް ކުރި މަސައްކަތުގެ ތެރެއިން، މިދިޔަ އަހަރު ޖަނަވަރީ މަހު ބޭރު ފައިސާގެ އައު ޤާނޫނަކަށް ޢަމަލުކުރަން ވަނީ ފަށާފައެވެ. މި ޤާނޫނުގެ ދަށުން ފަތުރުވެރިކަމުން ރާއްޖެއަށް ވަންނަ އާމްދަނީގެ ތެރެއިން ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް ޖެހޭ ނިސްބަތުން ރާއްޖޭގެ ބޭންކުތަކަށް ޑޮލަރު މާރުކުރަން ޖެހެއެވެ. މި ޑޮލަރު ބޭންކުތަކުން މަރުކަޒީ ބޭންކަށް ވިއްކާއިރު، މަރުކަޒީ ބޭންކުން ޑޮލަރު ބޭންކުތަކަށް އަލުން ރީއެލޮކޭޓް ކުރެއެވެ. އަދި އޭގެއިން ބައެއް ރިޒާވް ހަރުދަނާ ކުރުމަށްވެސް ބޭނުން ކުރެއެވެ.

މީގެ އިތުރުން ސޮވެރިން އަދުގެ ސަރުކާރުން ހަވާލުވިއިރު ސޮވެރިން ޑިވެލޮޕްމެންޓް ފަންޑުގައި އެންމެ 2 މިލިޔަން ޑޮލަރު ހުއްޓާ އެއަދަދު 275 މިލިޔަން ޑޮލަރަށްވުރެ އިތުރުކޮށްފައިވެއެވެ. ސަރުކާރުން ވަނީ ސުކޫކް އަނބުރާ ދެއްކުމަށް އެސްޑީއެފްއިން 150 މިލިޔަން ޑޮލަރު ބޭނުން ކުރާނެކަން މީގެ ކުރިން ހާމަކޮށްފައެވެ.

ސަރުކާރުން ސުކޫކު މިމަހުގެ 2 ވަނަ ދުވަހު އަނބުރާ ދައްކާފައިވާއިރު، މި ދަރަނި އަދާކޮށްފައިވަނީ އިތުރު އެއްވެސް ދަރަންޏެއް ނުނަގައިކަން ސަރުކާރުން ފާހަގަކުރެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބޭނުން ކުރެވޭ ރިޒާވް އިތުރުވެ، ރަސްމީ ރިޒާވަށް ހެޔޮ ބަދަލެއްޚަބަރު | 2 ގަޑިއިރު ކުރިންދައުލަތުގެ އާމްދަނީއަށް 4.4 އިންސައްތައިގެ ކުރިއެރުމެއްޚަބަރު | 23 ދުވަސް ކުރިން23 އިންސައްތައިގެ ކުރިއެރުމަކާއެކު ރަސްމީ ރިޒާވުގައި 1.27 ބިލިޔަން ޑޮލަރުޚަބަރު | މަހެއް ކުރިންރާއްޖޭގެ ރަސްމީ ރިޒަރވް ބިލިޔަނަކަށް ވުރެ މައްޗަށް!ވިޔަފާރި | 2 މަސް ކުރިން