logo
Bank of Maldives

Bank of Maldives

ޚަބަރު

އެމްއެމްއޭގެ ވެބްސައިޓަށް ދިމާވި މައްސަލަ ހައްލުކޮށް، ސެކިއުރިޓީ ވަރުގަދަކުރަނީ

މަރިޔަމް މާޙީ
9 މޭ 2026 - 15:22
އެމްއެމްއޭ ހިންގާ އިމާރާތް
އެމްއެމްއޭ ހިންގާ އިމާރާތް

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ރަސްމީ ވެބްސައިޓަށް ދިމާވި ޓެކްނިކަލް މައްސަލަތައް ހައްލުކޮށް، އަލުން އާންމު ހާލަތަށް ގެނެސްފިއެވެ.

މަރުކަޒީ ބޭންކުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އެމް.އެމް.އޭގެ ރަސްމީ ވެބްސައިޓަށް ދިމާވި ޓެކްނިކަލް މައްސަލަ މިހާރު ހައްލުކުރެވި، ވެބްސައިޓް އާންމު ހާލަތަށް ގެނެވިފައިވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން ވެބްސައިޓުގެ ޚިދުމަތްތައް މެދުކެނޑިފައި އޮތުމަށްފަހު، މިހާރު ވެބްސައިޓް މެދުވެރިކޮށް ބޭނުންވާ މައުލޫމާތުތައް ލިބޭނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމްއެމްއޭ އިން ބުނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބުތައް އިތުރަށް ދެނެގަތުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި މިފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމުގެ މަސައްކަތް، ޚިދުމަތްދޭ ފަރާތާ ގުޅިގެން ކުރަމުންދާ ކަމަށްވެސް އެ އިދާރާއިން ހާމަކުރިއެވެ.

View post on Twitter

ވެބްސައިޓް ޑައުންވާން މެދުވެރިވި ސީދާ ސަބަބެއް އެމްއެމްއޭ އިން ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް، ސަލާމަތީ ކަންކަން އިތުރަށް ހަރުދަނާކުރުމަށް އެ އިދާރާއިން ދަނީ އިސްކަންދެމުންނެވެ.

ދައުލަތުގެ މަރުކަޒީ ބޭންކުގެ ހައިސިއްޔަތުން، އެމްއެމްއޭގެ ވެބްސައިޓަކީ މާލީ އަދި އިގްތިސާދީ ގިނަ މައުލޫމާތުތަކެއް އާންމުންނަށް ފޯރުކޮށްދޭ މުހިންމު ވަސީލަތެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިގްތިސާދު ތެރޭގައި ދައުރުވާ ފައިސާ މަދުކުރުމަށް އެމްއެމްއޭގެ މަނިޓަރީ ޕޮލިސީ އިތުރަށް ހަރުދަނާކޮށްފި ޚަބަރު | 3 ދުވަސް ކުރިންފަވަރަ އާއި ޔޫޕީއައި ގުޅާލައިފި، ދެން ރާއްޖެއިން އިންޑިއާއަށް ސިކުންތުކޮޅެއް ތެރޭ ފައިސާ ޓްރާންސްފަރ ކުރެވޭނެޚަބަރު | 11 ދުވަސް ކުރިންމޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ އަށް ދުވާލަކު 5،000 މީހުން ޒިޔާރަތްކުރި: އެމްއެމްއޭޚަބަރު | މަހެއް ކުރިންމިރެއާއި މާދަމާރޭ ހުޅުމާލޭގައި ހަވާއަރުވަނީޚަބަރު | މަހެއް ކުރިން