logo
Bank of Maldives

Bank of Maldives

ޚަބަރު

ބޭންކިން ނިޒާމުގެ ތެރެއިން ގެދޮރު ގަތުމަށް ބޭނުންވާ ފައިސާ އަގުހެޔޮކޮށް ހޯދައިދިނުމަށް ފަންޑެއް

އާމިނަތު ޝަފާ
24 އޮކްޓޯބަރު 2025 - 09:50
ބޭންކިން ނިޒާމުގެ ތެރެއިން ގެދޮރު ގަތުމަށް ބޭނުންވާ ފައިސާ އަގުހެޔޮކޮށް ހޯދައިދިނުމަށް ފަންޑެއް

ބޭންކިން ނިޒާމުގެ ތެރެއިން ގެދޮރު ގަތުމަށް ބޭނުންވާ ފައިސާ އަގުހެޔޮކޮށް ހޯދައިދިނުމަށް ފަންޑެއް ޤާއިމުކޮށްފިއެވެ.

މި ފަންޑު ޤާއިމުކޮށްފައިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން މިހާރު ގެޒެޓުކޮށްފައިވާ އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިންގ ސްކީމާބެހޭ ގަވާއިދުގެ ދަށުންނެވެ.

 އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިންގ ސްކީމްގެ މައިގަނޑު މަގްސަދަކީ، ގްރޭޓަރ މާލެ ސަރަހައްދުގައި ގެދޮރު ގަތުމަށް ބޭނުންވާ ފައިނޭންސިންގ އަގުހެޔޮކޮށް ލިބޭނެ ގޮތް މަގުފަހިކޮށްދިނުމެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިންގ ސްކީމާ ބެހޭ ގަަވާއިދުގެ ބޭނުމަކީ ގެދޮރު ގަތުމަށް ބޭނުންވާ ފައިނޭންސިންގ، އިސްލާމިކް ފައިނޭންސިންގގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން އަގުހެޔޮކޮށް ލިބޭނެ ގޮތް ހަމަޖެއްސުމެވެ.

މި ގަވާއިދުގެ ދަށުން އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިންގ ސްކީމްގެ ފަންޑު ގާއިމުކުރެވިފައިވާއިރު މި ގަވާއިދުގައިވާގޮތުން އެމްއެމްއޭއިން ވަކިގޮތެއް ކަނޑަނާޅާ ހިނދަކު ކޮންމެ ބޭންކަކުން ވެސް، އެ ބޭންކަކަށް ލޯނާއި ދަރަނީގެ ގޮތުގައި ލިބެންޖެހޭ ޖުމުލަ ފައިސާގެ ތެރެއިން 10% (ދިހަ އިންސައްތަ) އާއި 15% (ފަނަރަ އިންސައްތަ) އާ ދެމެދުގެ އަދަދެއް، ފަންޑަށް ދޫކުރަންޖެހޭނެއެވެ.

ފަންޑުން ދޫކުރެވޭ ފައިނޭންސިންގ ފެސިލިޓީތައް:

  •  ޓައިޕް އޭ ފައިނޭންސިންގ ފެސިލިޓީ: ލީސް އެންޑިންގ ވިތް އޯނަރޝިޕް ފެސިލިޓީ
  • ޓައިޕް ބީ ފައިނޭންސިންގ ފެސިލިޓީ: އެންޑް-ޔޫޒަރ ފައިނޭންސިންގ ފެސިލިޓީ

މިއިްނ ކޮންމެ ބާވަތެއްގެ ފައިނޭންސިންގ ފެސިލިޓީއަށް ދޫކުރާނެ ފަންޑުގެ މިންވަރު އެމްއެމްއޭއިން ކަނޑައަޅަން ވާނެކަމަށް ބަޔާންކޮށްފައިވާއިރު ފަންޑުން ދޫކުރާ ފައިނޭންސިންގ ފެސިލިޓީގެ މުއްދަތަކީ މަދުވެގެން 25 (ފަންސަވީސް) އަހަރެވެ. ނަމަވެސް، ފެސިލިޓީ ނަގާ ފަރާތުން މި މުއްދަތަށްވުރެ ކުރު މުއްދަތެއް ހަމަޖައްސަން އެދި ހުށަހަޅައިފައިވާ ނަމަ، އެ މުއްދަތެއް ހަމަޖެއްސިދާނެކަމަށް ވަނީ ބަޔާންކޮށްފައެވެ.

ފައިނޭންސިންގ ފެސިލިޓީ ދޫކުރެވޭނެ ކަންކަމާއި އާންމު ޝަރުތުތައް:

  • ފަންޑުން ފައިނޭންސިންގ ފެސިލިޓީ ދޫކުރެވޭނީ ގެދޮރުވެރިކަމުގެ މިލްކުވެރިކަން ނެތް ފުރަތަމަ ފަހަރަށް ގެދޮރު ގަންނަ އަދި އޮތޯރިޓީން ކަނޑައަޅާ އިތުރު ޝަރުތުތައް ފުރިހަމަވާ މީހުންނަށެވެ.
  • ފަންޑުން ފައިނޭންސިންގ ފެސިލިޓީ ދޫކުރާނެ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާއި، ފައިނޭންސިންގ ފެސިލިޓީ ލިބުމަށް ޓަކައި ފުރިހަމަވާންޖެހޭ ޝަރުތުތަކާއި ކަންކަން އެމްއެމްއޭއިން ކަނޑައަޅާ އާންމުކުރާނެއެވެ.

އެއްވެސް ބޭންކަކުން ނުވަތަ ސްކީމް ހިންގާ އިދާރާއިން، މި ގަވާއިދާ ނުވަތަ އޮތޯރިޓީން އަންގާ އެންގުމަކާ ޚިލާފުވެއްޖެ ނަމަ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޤާނޫނުގެ 40 ވަނަ މާއްދާގައިވާ ގޮތަށް އެ ފަރާތެއް ޖޫރިމަނާ ކުރެވޭނެކަމަށް ގަވާއިދުގައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދަޢުލަތުގެ ރަސްމީ ރިޒާވްގައި 717.9 މިލިއަން ޑޮލަރުވިޔަފާރި | 13 ދުވަސް ކުރިންޢީދު ބަންދުގައި ބޭންކުތައް ހުޅުވާނީ މިމަހު 28ގައިޚަބަރު | 21 ދުވަސް ކުރިންކުނޑިކޮށްފައިވާ ފައިސާ ނޫޓުން އުފެއްދުންތައް ތައްޔާރުކުރުމުގެ މުބާރާތެއް އެމްއެމްއޭ އިން ހުޅުވާލައިފިޚަބަރު | މަހެއް ކުރިންއެމްއެމްއޭގެ ވެބްސައިޓަށް ދިމާވި މައްސަލަ ހައްލުކޮށް، ސެކިއުރިޓީ ވަރުގަދަކުރަނީޚަބަރު | މަހެއް ކުރިން