logo
Bank of Maldives

Bank of Maldives

ވިޔަފާރި

އެމްއެމްއޭއިން ތަމްވީލް އިމްޕެކްޓް ޕިޗް ޗެލެންޖް ގެ ނަމުގައި މުބާރާތެއް އިއުލާނުކޮށްފި

ނުހާ އަޙްމަދު
16 އޯގަސްޓު 2025 - 10:37
އެމްއެމްއޭ ހިންގާ އިމާރާތް
އެމްއެމްއޭ ހިންގާ އިމާރާތް

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ތަމްވީލް އިމްޕެކްޓް ޕިޗް ޗެލެންޖް ގެ ނަމުގައި މުބާރާތެއް އިއުލާނުކޮށްފިއެވެ.

އެމްއެމްއޭއިން ބުނީ، މާލީ ހޭލުންތެރިކަމާއި އަދި ވަކިން ހާއްސަކޮށް ރާއްޖޭގެ އިސްލާމީ ފައިނޭންސްގެ ދާއިރާ ކުރިއެރުވުމުގެ މަގުސަދުގައި ބާއްވާ މި މުބާރާތުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ތަމްވީލް އިމްޕެކްޓް ޕިޗް ޗެލެންޖަކީ ދުޅަހެޔޮ މާލީ ނިޒާމަކާއި ދެމެހެއްޓެނިވި އިގްތިސާދީ ތަރައްގީގެ ޒަރީއާއިން މުޖުތަމައުތައް ބާރުވެރިކުރުވުމަށް އެމްއެމްއޭއިން ފަށަފައިވާ ތަމްވީލް ފިންލެޓް ފެސްޓިވަލުގެ ބައެކެވެ. މި ފެސްޓިވަލުގައި އިމްޕެކްޓް ޕިޗް ޗެލެންޖުގެ އިތުރުން 5 ހަރާކާތެއް ކުރިއަށްދާނެ ކަމަށް އެމްއެމްއޭއިން ވަނީ ބުނެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެތެރޭގައި، ފިންލެޓް ޗެލެންޖް، އިކޮންކުއެސްޓް ބަހުސް މުބާރާތް، ފިއުޗަރ ފައިނޭންސްގެ ނަމުގައި ބާއްވާ މަޒުމޫނު މުބާރާތް، ވެލިއުސް އެންޑް ވިޝަން އާޓް މުބާރާތުގެ އިތުރުން ކުރު ވީޑިއޯ ހެދުމުގެ މުބާރާތެއްވެސް ހިމެނޭނެ ކަމަށް އެމްއެމްއޭއިން ވަނީ ބުނެފައެވެ

އެމްއެމްއޭއިން ބުނީ، މި މުބާރާތުގައި ބައިވެރިވާ ފަރާތްތަކަށް މިހާރުގެ މާލީ ގޮންޖެހުންތަކަށް ހައްލުތައް އިލްމީ އަދި ދިރާސީ ނަޒަރަކުން ހިޔާލު ހުށަހެޅުމުގެ ފުރުސަތު ލިބިގެންދާނެކަމަށެވެ. އެގޮތުން ތަމްވީލް އިމްޕެކްޓް ޕިޗް ޗެލެންޖް ބެހިގެންވަނީ ދެ ގިންތިއަކަށްކަމަށާއި ފުރަތަމަ ގިންތި އަމާޒުކޮށްފައިވަނީ އިސްލާމީ ފައިނޭންސިން އަށް އައު ހައްލުތަކާއި ގުޅޭގޮތުންކަމަށް ވެސް އެމްއެމްއޭއިން ވަނީ ބުނެފައެވެ.

މި ގިންތި ހާއްސަކޮށްފައިވަނީ ޒުވާނުންނާއި، ސްޓާޓްއަޕްތަކާއި، ދަރިވަރުންނާއި، މުދައްރިސުންނާއި އަދި އިޖްތިމާއީ ވިޔަފާރިވެރިންނަށްކަމަށް ވާއިރު މިބައި ފަރުމާކުރެވިފައިވަނީ ޝަރީއާއާ އެއްގޮތްވާ ހައްލުތަކުގެ ޒަރީއާއިން މާލީ ނިޒާމު ވަރުގަދަކުރެވޭނެ ހިޔާލުތަކާއި ނަމޫނާތަކަށްކަމަށް އެމްއެމްއޭއިން ބުންޏެވެ.

އެގޮތުން އެމްއެމްއޭއިން ބުނީ، 18 އަހަރުން މަތީގެ ވަކިވަކި ފަރުދުންނާއި އަދި 3 މެމްބަރުންގެ ޓީމްތަކަށްވެސް މި ގިންތީގައި ބައިވެރިވެވެނެކަމަށާއި ނަމަވެސް މުބާރާތުގައި އެމްއެމްއޭގެ މުވައްޒަފުންނާއި އެމްއެމްއޭގެ ޕާޓްނަރުންނަކަށް ބައިވެރިއެއް ނުވެވޭނެކަމަށެވެ.

އެމްއެމްއޭއިން ވަނީ، މި ގިންތީން އިމްޕެކްޓް ޕިޗް ޗެލެންޖް ކާމިޔާބުކުރާ ފަރާތްތަކަށް 30،000 ރުފިޔާއާ ހަމައަށް ފައިސާގެ އިނާމު ދޭން ނިންމާފައެވެ. މީގެ އިތުރުން ފަންޑިންގ، މެންޓަރޝިޕް ފުރުސަތުތައް ލިބިދާނެކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ.

އެމްއެމްއޭއިންބުނީ، މި މުބާރާތުގެ ދެވަނަ ގިންތި އަމާޒުކޮށްފައިވަނީ "ދިރާސާއާއި ސިޔާސަތުގެ އަލީގައި ވަށައިޖެހޭ އިސްލާމިކް ފައިނޭންސް ނިޒާމެއް" މި މައުޟޫއަށްކަމަށެވެ. މި ބައި އަމާޒުކުރެވިފައިވަނީ ދިރާސާކުރާ ފަރާތްތަކާއި، ދާއިރާގެ ފަންނީ ތަޖުރިބާކާރުންނާއި އަދި މުއައްސަސާތަކަށްކަމަށް އެމްއެމްއޭއިން ބުންޏެވެ.

މީގެއިތުރުން އެމްއެމްއޭއިން ބުނީ، އިސްލާމިކް ފައިނޭންސްގެ ކުރިއެރުމާއި، ދެމެހެއްޓެނިވިކަމާއި އަދި އިޖްތިމާއީ އަސަރު އިތުރުކުރުމަށް ދިރާސާއާއި ސިޔާސަތުގެ މައްޗަށް ބިނާކޮށް ހުށަހެޅޭ ހުށަހެޅުންތައް ހިމެނޭކަމަށެވެ. އެމްއެމްއޭއިން ބުނީ، މި ބައިގައި އަލިއަޅުވާލެވޭ ދާއިރާތަކުގެ ތެރޭގައި މާލީ ހޭލުންތެރިކަން އިތުރުކުރުމުގެ ކެމްޕޭންތަކާއި، މުއައްސަސާތަކުގެ ގާބިލުކަން އިތުރުކުރުމާއި އަދި ސިޔާސަތު އެކުލަވާލުން ހިމެނޭކަމަށެވެ. އަދި މި ގިންތީގައި ބައިވެރިވާ ފަރާތްތައް ވާދަކުރާނީ ޖުމްލަ 100،000 ރުފިޔާގެ ފަންޑަކަށްކަމަށް ވެސް އެމްއެމްއޭއިން ވިދާޅުވިއެވެ.

އެމްއެމްއޭއިން ބުނީ، މި މުބަރާތުގެ ދެ ގިންތީގައިވެސް ދިވެހިންނާއި ބޭރުމީހުންނަށްވެސް ބައިވެރިވެވޭނެކަމަށާއި، ނަމަވެސް ބައިވެރިންގެ ހުށަހެޅުންތައް ދިވެހިރާއްޖޭގެ ހާލަތާ ގުޅޭ އަދި މުބާރާތުގެ މައުޟޫތަކާ އެއްގޮތްވާ ގޮތުގެ މަތިން ހުންނާންވާނެ ކަމަށެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބޭންކިން ނިޒާމުގެ ތެރެއިން ގެދޮރު ގަތުމަށް ބޭނުންވާ ފައިސާ އަގުހެޔޮކޮށް ހޯދައިދިނުމަށް ފަންޑެއްޚަބަރު | 10 ދުވަސް ކުރިންބޭރު ފައިސާއިން ލިބުނު އާމްދަނީ 39 އިންސައްތަ އިތުރުވެއްޖެޚަބަރު | 16 ދުވަސް ކުރިންއެސްބީއައި އިން ޑޮލަރު ލިމިޓު 150 އަށް ދަށް ކުރުމުން ދިމާވާ ދަތިތައް ހައްލު ކުރަނީޚަބަރު | 18 ދުވަސް ކުރިންއިގްތިސާދަށް ދުޅަހެޔޮކަން، ރަސްމީ ރިޒާވަށް ބޮޑު ކުރިއެރުމެއްޚަބަރު | 21 ދުވަސް ކުރިން