ދުނިޔޭގެ އެންމެ މޮޅު ޒުވާން ކުޅުންތެރިންގެ ލިސްޓް އިޢުލާން ކޮށްފި، ޖެހިޖެހިގެން ދެއަހަރު ޔަމާލްއަށް ލިބުން ވަރަށް ގާތް
7 އޯގަސްޓު 2025 - 11:43

ފްރާންސް ފުޓްބޯޅައިން 2018 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ހޮވަމުންގެންދާ 21 އަހަރުން ދަށުގެ އެންމެ މޮޅުކުޅުންތެރިޔާ ނުވަތަ ކޮޕާ ޓްރޮފީ އެވޯޑަށް މިއަހަރު ނޮމިނޭޓްވި ކުޅުންތެރިންގެ ލިސްޓް އިޢުލާންކޮށްފިއެވެ. މީގެ އިތުރުން މި އަހަރު ފުރަތަމަ ފަހަރަށް އަންހެން ކުޅުންތެރިންނަށްވެސް މި އިނާމު ހުޅުވާލާފައިވާކަން ފާހަގަކުރެވެއެވެ.
21 އަހަރުން ދަށުގެ އެންމެ މޮޅު ފިރިހެން ކުޅުންތެރިއަށް ދެވޭ މި އިނާމަށް މި އަހަރު 10 ކުޅުންތެރިން ވަނީ ނޮމިނޭޓްކޮށްފައެވެ. މި ކުލުންތެރިންނަކީ:

Ad by Hajj Corporation
- ޑޫއޭ (ޕީއެސްޖީ | ފްރާންސް)
- ވިލިއަން އެސްޓެވާއޯ (ޗެލްސީ | ބްރެޒިލް)
- ޕައު ކުބާސީ (ބާސެލޯނާ | ސްޕެއިން)
- ލަމީން ޔަމާލް (ބާސެލޯނާ | ސްޕެއިން)
- ޑީން ހައުސެން (ރެއާލް މެޑްރިޑް | ސްޕެއިން)
- އައްްޔޫބް (ލިޔޯން | ފްރާންސް)
- ރޮޑްރީގޯ މޯރާ (ޕޯޓޯ | ޕޯޗުގަލް)
- ޖޮއާއޯ ނެވޭސް (ޕީއެސްޖީ | ޕޯޗުގަލް)
- ކެނާން ޔިލްޑިޒް (ޔުވެންޓަސް | ތުރުކިޔޭ)
- މައިލްސް ލުވިސް-ސްކެލީ (އާރސެނަލް | އިންގްލަންޑް)
މިއަހަރު މި އެވޯޑް އަށް ނޮމިނޭޓްވި ކުޅުންތެރިން
މިދިޔަ އަހަރު މި އެވޯޑް ހާސިލުކުރީ ބާސެލޯނާގެ ޒުވާން ކުޅުންތެރިޔާ ލަމީން ޔަމަލެވެ. އޭރު ޔަމާލް އަށް އެންމެ 17 އަހަރެވެ. މި އިނާމުގެ ތާރީހުގައި މީގެ ކުރިން މި އިނާމު ހާސިލުކޮށްފައިވާ ކޫލުންތެރިންނަކީ ކިލިއަން އެމްބާޕޭ، މަތައިސް ޑި ލިލިޓް، ޕެޑްރީ، ގަވީ އަދި ޖޫޑް ބެލިންގްހަމް އެވެ.
މިއަހަރުގައި ފްރާންސް ފުޓްބޯޅައިން ހޮވާ ދުނިޔޭގެ އެންމެ މޮޅުކުޅުންތެރިޔާގެ އެވޯޑްއަށް އެންމެ ވާދަކުރާ ލަމީން ޔަމާލް އަަށް މިއެވޯޑް ދެވަނަ ފަހަރަށް ލިބުމަކީ ވަރަށް ގާތުގައިވާކަމެކެވެ.
ރޭމަންޑް ކޯޕާގެ ނަމަށް ނިސްބަތްކޮށް ދެވޭ މި އިނާމަކީ 1958 ވަނަ އަހަރު ބެލޯން ޑީ އޯރ ހާސިލުކުރި ރިއަލް މެޑްރިޑް އަދި ފްރާންސްގެ ކުރީގެ ތަރި ރޭމަންޑް ކޯޕާގެ ހަނދާނުގައި ދެވޭ އިނާމެކެވެ. ގޯލްޑަން ބޯއި އިނާމާ ހިލާފަށް މި އިނާމު ހާސިލުކުރުމުގެ ފުރުސަތު ޔޫރަޕުން ބޭރުގެ ކުޅުންތެރިންނަށްވެސް ލިބިގެންވެއެވެ.
އަންހެން ކުޅުންތެރިންގެ ބަޔަށް މި އަހަރު 5 ކުޅުންތެރިން ވަނީ ނޮމިނޭޓްކޮށްފައެވެ.
މީގެ އިތުރުން މިއަހަރު ގެ އެންމެ މޮޅު ކީޕަރު ' ޔަޝިން ޓްރޮފީ' އަށް ނޮމިނޭޓްވި ފަރާތްތައްވެސް މިހާރު ވަނީ އިޢުލާން ކޮށްފައެވެ.
އެންމެ މޮޅު ކީޕަރުގެ މަޤާމް އަށް ނޮމިނޭޓްވި އަންހެން އަދި ފިރިހެން ކުޅުންތެރިންގެ ލިސްޓް
މިދިޔަ ސީޒަނުގެ އެންމެ މޮޅު ކޯޗަކަށް 5 ފަރާތެއް ވަނީ ނޮމިނޭޓް ވެފައެވެ. މިފަރާތްތަކަކީ:
- އެންޓޯނިއޯ ކޮންޓޭ (ނަޕޮލީ)
- ލުއިސް އެންރީކޭ (ޕީއެސްޖީ)
- ހާންސީ ފްލިކް (ބާސެލޯނާ)
- އެންޒޯ މަރެސްކާ (ޗެލްސީ)
- އަރނޭ ސްލޮޓް (ލިވަޕޫލް)
މިިދިޔަ ސީޒަނުގެ އެންމެ މޮޅުޓީމުގެ މަޤާމަށް ނޮމިނޭޓް ވެފައިވާ ޓީމުތަަކަކީ:
- ބާސެލޯނާ (ސްޕެއިން)
- ޕީއެސްޖީ (ފްރާންސް)
- ލިވަޕޫލް (އިންގްލަންޑް)
- ޗެލްސީ (އިންގްލަންޑް)
- ބޮޓަފޯގޯ (ބްރެޒިލް)
ސެޕްޓެމްބަރު މަހު ޕެރިހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ބެލަންޑިއޯ ގަލާގައި މި އިނާމުތައް ހަވާލުކުރެވޭނެއެވެ.