logo
ޚަބަރު

އެމްޕީއެލް އިން މަސްވެރިންނާ ބައްދަލުކޮށްފި

އެމްޕީއެލް އިން މަސްވެރިންނާ ބައްދަލުކޮށްފި

އެމްޕީއެލްއިން މަސްވެރިންނާއެކު ބައްދަލުވުމެއް ބާއްވައިފިއެވެ.

މިރޭ އެމްޕީއެލް ހެޑް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި އެކުންފުނިންވަނީ މާލޭ ނޯތު ހާބަރަށް އިތުުރު ކުރެވުނު ބައިގައި މަސް ދޯނި ފަހަރަށް ހާއްސަކޮށް E ޒޯން އަދި F ޒޯން ނުވަތަ މިހާރުވެސް މަސް ދޯނި ފަހަރު ބޭނުންކުރާ ސަރަހައްދު ވަނީ ކަނޑައަޅައިފައިކަމުގެ މައުލޫމާތު ދީފައެވެ. މި ސަރަހައްދުން މަސްވެރި އުޅަނދުތަކުން އެއްވެސް ފީ އެއް ނަގާ ގޮތަށް ހަމަޖައްސާފައެއްނުވާކަމަށް އެމްޕީއެލްއިން ވަނީ މަސްވެރިންނަށް މައުލޫމާތުދީފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި ޒޯން H އަކީ ވަކިން ބޭރުން އަންނަ މަސް އުޅަދުފަހަރަށް ހާއްސަ 2 ޖާގައެއް ހުސްކޮށް ބާއްވާނެކަމަށް އެމްޕީއެލްއިން ވަނީ ބުނެފައެވެ. އަދި މި ޒޯން ތަކުގެ ތެރޭގައި ބިދޭސީނަށް ވިޔަފާރީ ކުރުމުގެ ހުއްދައެއް ނޯންނާނެ ކަމަށް ވެސް އެމްޕިއެލް އިން ވަނީ ބުނެފައެވެ. މީގެ އިތުރުން މި ޒޯން ތަކަށް މުދާ ވައްދާ ނަމަ އެކަމަށް ވެސް ފިޔަވަޅު އެޅޭނެ ކަން އެެމްޕީއެލްއިން ވަނީ ފާހަގަކޮށްފައެވެ.

އެމްޕީއެލްއިން ބުނެފައިވަނީ ނޯތް ހާބަރު ބަދަލުގެއްނާނި މަސްވެރިންނާ ބައްދަލުކޮށް އެ މީހުންގެ ހިޔާލު ހޯދައިފަކަމަށެވެ.

އަައިސް އަދި ތެޔޮ ހެޔޮ އަގެއްގައި މަސްވެރިންނަށް ލިބޭނެ ގޮތް ހަމަޖައްސާދެވޭތޯ ބަލަމުންދާކަން އެމްޕީއެލް އިން ވަނީ ފާހަގަކޮށްފައެވެ. އަދި ގިނަ މަސައްކަތްތައް އަންނަ އާދިއްތަ ދުވަހުން ފެށިގެން ބަދަލުގެނެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެމްޕީއެލްއިން ވަނީ ބުނެފައެވެ.

އަދި 2027 ވަނަ އަހަރާ ހަމައަށް ތޮއްޖެހުމުގެ މައްސަލައަށް ހައްލެއް ލިބޭނެ ކަން އެމްޕީއެލްއިން ފާހަގަކުރެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުޅުދުއްފުށީ ޕޯޓުގެ ހިދުމަތްތައް ފުޅާކުރުމަށް އެމްޕީއެލްއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި ޚަބަރު | 8 ދުވަސް ކުރިންފެރީގެ ހިދުމަތް ނުހުއްޓިދިނުމަށް އެމްޕީއެލުން 2 ސަރަޙައްދެއް ހަމަޖައްސައިފި ޚަބަރު | 12 ދުވަސް ކުރިންއެމްޕީއެލްއިން މިދިޔަ ހަފްތާގެ ތެރޭގައި 1500 އަށް ވުރެން ގިން ކޮންޓެއިނާ ހުސްކޮށްފިޚަބަރު | 16 ދުވަސް ކުރިންއެމްޕީއެލް އިން މަސްވެރިންނާ ބައްދަލުކޮށްފި ޚަބަރު | މަހެއް ކުރިން