logo
ޚަބަރު

ފެރީގެ ހިދުމަތް ނުހުއްޓިދިނުމަށް އެމްޕީއެލުން 2 ސަރަޙައްދެއް ހަމަޖައްސައިފި

އާމިނަތު ޝަފާ
21 އޯގަސްޓު 2025 - 17:01
ފެރީގެ ހިދުމަތް ނުހުއްޓިދިނުމަށް އެމްޕީއެލުން 2 ސަރަޙައްދެއް ހަމަޖައްސައިފި

މާލޭ އުތުރުފަރާތުގެ ލޯކަލް މާރުކޭޓުގެ އިރުމަތީ ތޮއްޓާއި އެއްގަމުތޮށި މަރާމާތުގެ މަސައްކަތް ކުރަމުން ދާތީ އެސަރަހައްދުން ހިދުމަތް ހޯދަމުންދިޔަ ދުވަހު ފެރީތަކަށް ހުއްޓުމެއްނެތި ޙިދުމަތް ދިނުމަށްޓަކައި އެމް.ޕީއެލް އިން 2 ސަރަހައްދެއް ހަމަޖައްސައިފިއެވެ.

އެމްޕީއެލްއިން ބުނީ އުތުރު ފަރާތުގެ ތޮށިތައް މަރާމާތުގެ މަސައްކަތް ނިމެންދެން 20 އޮގަސްޓް 2025 ވަނަ ދުވަހުން ފެށިގެން 19 ނޮވެމްބަރ 2025 ވަނަ ދުވަހުގެ ނިޔަލަށް ( 3 މަސްދުވަހުގެ މުއްދަތައް  ) އެމްޕީއެލްގެ ނޯތު ހާބަރުންނާއި ސައުތުވެސްޓް ހާބަރު (ޓީ ޖެޓީ) ން އެހިދުމަތް ލިބޭނެކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

3 މަސް ދުވަސް ހަމަވެ މަރާމަތުގެ މަސައްކަތް ނިމުމުން މި ދެ ހާބަރުން ހިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކަށް މި ދެ ހާބަރު ހިންގުމުގެ އުސޫލުގައިވާގޮތަށް ހިދުމަތް ފޯރުކޮށްދޭނެ ކަމަށްވެސް އެމްޕީއެލްއިން ވަނީ ބުނެފައެވެ.

އެމްޕީއެލްއިންވަނީ އިތުރު މައުލޫމާތު ބޭނުންވާނަމަ މާލޭ ނޯތު ހާބަރުގެ އޮޕަރޭޝަންސް ނަންބަރު 3006545 އަދި ޓީ ޖެޓީ އޮޕަރޭޝަންސް ނަންބަރު 3039644 އަށް ގުޅުމަށް އެދިފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުޅުދުއްފުށީ ޕޯޓުގެ ހިދުމަތްތައް ފުޅާކުރުމަށް އެމްޕީއެލްއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި ޚަބަރު | 7 ދުވަސް ކުރިންފެރީގެ ހިދުމަތް ނުހުއްޓިދިނުމަށް އެމްޕީއެލުން 2 ސަރަޙައްދެއް ހަމަޖައްސައިފި ޚަބަރު | 12 ދުވަސް ކުރިންއެމްޕީއެލްއިން މިދިޔަ ހަފްތާގެ ތެރޭގައި 1500 އަށް ވުރެން ގިން ކޮންޓެއިނާ ހުސްކޮށްފިޚަބަރު | 16 ދުވަސް ކުރިންއެމްޕީއެލް އިން މަސްވެރިންނާ ބައްދަލުކޮށްފި ޚަބަރު | މަހެއް ކުރިން